ފޮޓޯ އިން ތިޔަ ފެންނަނީ ސ. މީދޫ އަށް އުފަން ރަމްޒީ ހުސައިން (ރައްމު) އޭނާގެ ބިޔަ ޑްރެގަން ފްރުޓު ދަނޑުގައި ހުރެގެން ނަގާފައިވާ ފޮޓޯ އެކެވެ. ރަމްޒީ އަކީ ރާއްޖޭގައި ތަފާތު ފެންވަރެއްގައި އަދި އެހާމެ ފުޅާމިނެއްގައި ދަނޑުވެރިކަން ކުރާ ޒުވާނެކެވެ. އޭނާގެ ސާޅީހަކަށް ހާސް އަކަ ފޫޓު ބިމުގައި 400 ޑްރެގަން ފްރުޓު ގަހާއި ފެޝަން ފްރުޓާއި ހައިބްރިޑް ފޭރު ހައްދަ އެވެ.
މި އާޓިކަލް ގައި މި ހިމަނާލަނީ ރަމްޒީއާއެކު ކުރި އިންޓަވިއުގެ ސުވާލާއި ޖަވާބެވެ. ބޭނުމަކަށް ވީ މި ފުރުސަތުގައި ރަމްޒީގެ ފަރާތުން މި މަސައްކަތެއް އެނގެން ބޭނުންވާ ކޮންމެ މީހަކަށް ވީ އެންމެ ގިނައެއްކޮށް މައުލޫމާތު، ލިޔުމުގައި ހިމެނުމެވެ.
އެކަމަކު އޭގެ ކުރިން ރަމްޒީގެ ދެތިން ވާހަކައެކެވެ.
ރަމްޒީ އަކީ ރާއްޖޭގެ 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ސީނިއާ ލެވެލްގައި ކްލަބް ވެލެންސިއާ އާއި އައިއެފްސީ އަށް ވެސް ކުޅުނެވެ. އޭނާ އަކީ ގްރެފިކްސް ޑިޒައިނިން ކިޔަވައިގެން ހުރި މޮޅު ޑިޒައިނަރެކެވެ. އެފްރިކަން ބަޓްލާ ކޯސް ހަދައިގެން ގިނަ އަހަރުތަކަކަށް ބަޓްލަރެއްގެ ވަޒީފާ ވެސް އަދާކުރި އެވެ.
ދަނޑުވެރިކަމުގެ އިލްމަށް ބަލާނަމަ، ޖަޕާނުން ހަ މަސް ދުވަހުގެ ދަނޑުވެރިކަމުގެ ޓްރެއިނިން ކޯހެއް ފުރިހަމަ ކުރި އެވެ.

މި ހުރިހާ އިލްމީ އަދި ފަންނީ ތަޖުރިބާ އާއި އެކު ދަނޑުވެރިކަމުގެ ތެރެއަށް ވަދެ، 37 އަހަރުގެ މި ޒުވާނާ ލިޔަމުން އެދަނީ ދަނޑުވެރިކަމުގެ އިންގިލާބީ އާ ބާބެކެވެ.

ރަމްޒީގެ ޑްރެގަން ފުރުޓް ދަނޑު 2019 ވަނަ އަހަރު: މިހާފރު މި ދަނޑު މިއަށްވުރެ އެތައް ތަނެއް ތަފާތު
އަދަދު: ދަނޑު ހައްދަން ހިޔާލު އައި ހިސާބުން އެންމެ ފުރަތަމަ ކުރީ ކޮން ކަމެއް؟ ކިހާ ވަރެއްގެ އިންވެސްޓްމަންޓެއް ކުރަން ޖެހުނުތަ؟
ރައްމު: އެންމެ ފުރަތަމަ ވެސް، ކައުންސިލަށް ގުޅައިގެން ބެލީ ކިހާ ވަރެއްގެ ބިމެއްތޯ ލިބޭނީ. ބެލި އިރު 20،000 އަކަފޫޓުގެ ބިމެއް ކޮންމެ މީހަކަށް ވެސް ލިބޭ. އެހެންވީމަ، ގްރެފިކްސް ޑިޒައިން ދަންނާތީ ބިން ކުރެހީ. ދެން އިންޑިއާގެ ދަނޑުވެރި ޖަމިއްޔާ އަކަށް ގުޅައިގެން ބެލީ އެމީހުން ޑްރެގަން ފްރުޓު ހައްދަނީ ކިހިނެއްތޯ. ކިހާ ވަރެއްގެ ޖާގައެއްގަ ތޯ. ގަސް ހައްދާއިރު ދެ ގަސް ދޭތެރޭގެ ދުރުމިން ބަހައްޓަންޖެހޭ ވަރާއި މި ހުރިހާ އެއްޗެއް އަހައި ހޯދައިގެން އެމީހުންގެ އިރުޝާދާ އެކު ދަނޑު ކުރެހީ. ދެން ކައުންސިލުން ދިން ބިން އެއްކޮށް ސާފުކޮށްފަ ވަށައިގެން ފެންސު ޖަހާފަ އެއްކަލަ ކުރެހުމާ އެއްގޮތަށް، ފީތާ އަޅައިގެން ޕޮއިންޓު ޖަހާފަ ދަނޑު ތަރައްގީކުރަން ފެށީ.
ދަނޑުގައި ފެންސު ޖެހުމުން ފެށިގެން ގޮސް، ފާމް ހައުސް އިމާރާތްކުރުމާއި، ދަނޑަށް ކަރަންޓު ދިނުމާއި، ދެ ކުލައިގެ ޑްރެގަން ފްރުޓު ކުރިތައް ގެނައުމާއި، ގަސްތަކަށް ސަޕޯޓްދޭން ޖަހަންޖެހޭ ކޮންކްރީޓް ޕިލާސްތައް ހަދައިގެން ދަނޑު ހައްދަން ފަށަން ޖުމްލަ 280،000 ރުފިޔާ ވަރު ހަރަދުވީ.
އަދަދު: ރަމްޒީ ހައްދަން ނިންމީ އާންމުކޮށް ރާއްޖޭގައި މީހުން ނުހައްދާ އެއްޗެއް. އެއީ ޑްރެގަން ފުރުޓް. ކިހާ ވަރަކަށް ވިސްނާފަ ޑްރެގަން ފުރުޓް ހައްދަން ނިންމީ؟
ރައްމު: ދަނޑުވެރިކަން ކުރުމުގެ ހިޔާލު އައި ހިސާބުން، ރާއްޖޭގެ ފިނިހޫނުމިނާއި އަންނަ ބަދަލުތަކާއި މި ހުރިހާ ކަންތައްތަކެއް ގޫގުލްގައި ވަރަށް ބޮޑަށް ރިސާޗް ކުރުމަށްފަހު، އާންމުކޮށް މީހުން ނުހައްދާ ބާވަތެއް ހައްދަން ޑްރެގަން ފްރުޓު ހިޔާރު ކުރީ. ސަބަބަކީ، ރާއްޖޭގެ ޓެމްޕަރޭޗަރަށް އެންމެ ރަނގަޅަށް ސަވައިވާނެ އެއް ގަހަކީ މިއީ ކަމަށްވާތީ. އަނެއްކާ ޕެސްޓިސައިޑް ނުވަތަ އިންސެކްޓިސައިޑް ފްރީ އެއްޗަކަށް ޑްރެގަން ފުރުޓް އެބަވޭ. އެހެންވީމަ، ސަތޭކަ ޕަސެންޓް އޯގަނިކް ކޮށް ހެއްދިދާނެ އެއްޗަކަށް ވާތީ.

އަދަދު: ރަމްޒީގެ ތަޖުރިބާއިން އަހަރެމެންނަށް ޑްރެގަން ފުރުޓާ ބެހޭ ދެތިން އެއްޗެއް ބުނެދެވިދާނެތަ؟
ރައްމު: ޑްރެގަން ފްރުޓު ގަހަކީ ކެކްޓަސް ފެމެލީ އެއްޗެއް. އެއީ ފެން މަދުން ބޭނުންވާ ޑެސާޓް ޓްރީއެއް. މިއަކީ ބްރާންޗް ތަކެއް ހުންނަ އެއްޗެއް. މި ބްރާންޗްތައް ޖެހެނީ ވަކި ހިސާބަކަށް ގޮއްސަ ގްރެވިޓީ އަށް ފޯލްވާން. އެހެންވީމަ އަހަރެމެންގެ ދަނޑުގައި ޕިލާސްތައް ޑިޒައިން ކޮށްފަ މި ހުންނަނީ ބިމުން މައްޗަށް ފަސް ފޫޓަށް. ފަސް ފޫޓު މަތީގައި މި އިންނަނީ ބޭނުންކޮށްފަ ޓަޔަރު ހަރުކޮށްފަ. ދެން ފުރަތަމަ އިންދާ ކުރި، އެރީމަ ބުރިކޮށްލަނީ. ގާތްގަނޑަކަށް ހަ އިންޗި ރިންގަށް ވުރެ މައްޗަށް ހުންނަ ގޮތަށް ބުރިކޮށްލީމަ ދެން އެއިން ނިކުންނަ ކުރިތައް ރިންގުގެ މައްޗަށް ފޯލްވެގެން މިބާ ދިމާލަށް ދިގުވާނީ. އެހެންވީމަ ބިމާ ދިމާލަށް ކުރިތައް ތިރިވާން ފެށީމަ ކުރީގެ ކޮޅަށް ގަހުގައި ހުންނަ ހުރިހާ ފެންތަކެއް ޖަމާވަނީ. ޖަމާވީމަ، އެ ޑްރެގަން ފްރުޓު ގަހަށް މަޖުބޫރު އެބަވޭ ފެން ގިނަވާ ވަރަކަށް ފެން ބޭރުކުރަން ފްލާވާ ބަޑްސް ނެރެން. ބަޑްސް ނެރުނީމަ އެ ބަޑްސް މިވަނީ ފުރުޓަށް.

ރައްމުގެ ދަނޑުގައި ހުރި ޑްރެގަން ފުރުޓް ގަސްތަކެއް: މިއީ 50 އަހަރަށް މޭވާ ދޭ ގަހެއް
ދެން ދަނޑުގައި ޑްރެގަން ފްރުޓު ގަސް، ކުރި އިންދައިގެން އިތުރުކުރުމުގައި މި އޮންނަ ގޮތަކީ، މައި ގަހުން އެތިކޮޅެއް ނަގައިގެން ކުރި ރޯކޮށްލައިގެން ހެއްދިއްޖިއްޔާ ނުވަ މަހާއި ދޮޅު އަހަރާ ދޭތެރޭގައި މޭވާ ލިބޭނެ. ދެން ކޮންމެ ހާވެސްޓަކަށް ފަހު ގަސް ކޮށާލާނެ އަނެއްކާވެސް އާ ކުރިތަކެއް ފަޅުވަން.
އަދަދު: ޑްރެގަން ފްރުޓު ހައްދަން ތިފެށި މަސައްކަތް މިހާރު ދަނީ ކިހިނެއް؟ ރާއްޖޭގައި ނަމަ، މިއީ ބަރޯސާ ވެވޭ ވަރުގެ ނަފާއެއް ހޯދިދާނެ ބާވަތެއް ތަ؟
ރަމްޒީ: މީގެ މުހިއްމު ތަންކޮޅަކީ، މިއީ 90 ހެލްތު ބެނެފިޓްސް ހުރި އެއްޗެއް. ދެން، ފަސް ތަރީގެ ރިސޯޓެއްގެ ބުފޭ އެއް ފުރިހަމަ އެއް ނުވާނެ ޑްރެގަން ފްރުޓު ނެތި އެެއް. ޑްރެގަން ފްރުޓަކީ އެގްޒޯޓިކް، އެންމެ އެކްސްޕެންސިވް ފްރުޓު މިވަގުތު ހުރި. ރާއްޖޭގެ މާކެޓުގައި މި އުޅެނީ 120 އަށް 500 ގުރާމް އެވްރެޖްކޮށް. ކިލޯއެއް 250 ވަރަކަށް ރުފިޔާ އަށް.
އެހެންވީމަ ކާމިޔާބީ އަކީ ފައިސާގެ ނަފާގެ ގޮތުގައި ބަލާނަމަ، ރަމްޒީގެ ދަނޑުގައި ހުރި 400 ގަހުން ފުރަތަމަ ހާވެސްޓުގައި ކެނޑި ކޮންމެ މޭވާއެއްގައި ބަރުދަނުގައި 500 ގްރާމް ހުރި. ގަހަކުން ގާތްގަނޑަކަށް 20 ކިލޯގެ މޭވާ ލިބޭނެ.

ރައްމުގެ ދަނޑުގައި އިންސާފައިވާ ފެޝަން ފުރުޓް ގަސްތައް
އަދަދު: ޑްރެގަން ފްރުޓުގެ ދަނޑުވެރިކަން އެހެންވީމަ ވަރަށް ކާމިޔާބު، އިތުރު ބާވަތްތަކެއް ވެސް ހައްދަންތަ؟
ރައްމު: ޑްރެގަން ފްރުޓު ހައްދާފަ، ފުރަތަމަ ހާވެސްޓު ލިބުނީމަ، ހިތަށް އެރީ އިތުރު އެއްޗަކަށް ދާން. އެހެންވެ، 10،000 އަކަ ފޫޓު އިތުރުކޮށްލައިގެން އެ ބިމުގައި މި ފެށީ ފެޝަން ފްރުޓު ހައްދަން. ލާޖް ސްކޭލް ކޮށް ރަށުގައި ނުކުރާތީ ބޮޑަށް. ފެޝަން ފްރުޓު ފާމް ފެށިތާ މިހާރު އަހަރެއް މިވަނީ. މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 ކިލޯ އަށްވުރެ ގިނައިން ހާވެސްޓު ކުރަން. އެއީ ހަފްތާ އަކު ގާތްގަނޑަކަށް 20 ކިލޯ. އަހަރެމެން މި ހައްދަނީ ތިން ވައްތަރެއްގެ ފެޝަން ފްރުޓު. އެއީ ޕާޕުލް ފެޝަން ފުރުޓާއި ރަތާއި ރީނދޫ.


މި ކުލައިގެ ފެޝަން ފުރުޓަކީ ރާއްޖޭގައި އާންމުކޮށް ގައްދާ ބާވަތެއް ނޫން. މިއީ އާންމުކޮށް ފެންނަ ފުރުޓަށްވުރެ ކުދި ފޮނިކަން ގަދަ ވައްތަރެއް
އަދަދު: ރައްމުގެ ދަނޑުވެރިކަން ތަފާތުވާ ގޮތާއި ރައްމުގެ ނަޒަރުގައި ލާޖް ސްކޭލް ދަނޑުވެރިކަން ރާއްޖެއަށް އަންނަން މިހާ ލަސްވި ސަބަބެއް ބުނެދީބަލަ؟
ރައްމު: 100 ޕަސެންޓް އޮގަނިކްކޮށް މި ހައްދާ ހުރިހާ ބާވަތެއް ވެސް މި ހައްދަނީ. ދެން އޮތީ ލާޖް ސްކޭލްގައި ނުކުރާ ވާހަކަ. އަސްލު މަސައްކަތް ބުރަވީމަ ކަންނޭނގެ ނުވަނީ. މިސާލަކަށް އަހަރެމެން މި ހާވެސްޓުކުރާ ކޮންމެ ފެޝަން ފުރުޓަކީ ނުވަތަ ކޮންމެ މަލަކީ ހޭންޑް ޕޮލިނޭޓް ކުރާ މަލެއް. އެހެންވީމަ އެއީ ވަރަށް މަސައްކަތް. އެވަރަށް މަސައްކަތް ކުރަން ބޭނުންވާ މޯޓިވޭޝަން ނެތީމަ ނުކުރަނީ އޭ ބުނެވޭނީ. ސަބަބަކީ ރާއްޖޭގެ ފަހުގައި ވަރަށް ގިނަ ބާވަތްތަކެއް ހެއްދޭ. ފަހަރެއްގައި ވެދާނެ ރިސާޗް އެއްޗެހި ހަދަން ނޭނގޭތީ ކަމަށް ވެސް. އާންމުކޮށް ދަނޑުވެރިކަމުގައި މި އުޅުނީ ދުވަސްވީ މީހުން.
ދެން އޮތް އަނެއް ކަމަކީ، މިއަދު ރަމްޒީ ޑްރެގަން ފްރުޓު ހައްދާތީ އެބަ އެނގޭ މީގެއިން ބޮޑު ނަފާ އެއް ވާކަން. ފަސޭހައިން ހެއްދޭ އެއްޗެއް ކަން. އެކަމަކު އެއްވެސް މީހަކު ބޭނުމެއް ނުވޭ، އާ އެކްސްޕެރިމެންޓެއް ކޮށްގެން އާ ޕްރޮޑަކްޓެއް ނެރެން. އެ ރިސްކު ނަގަން ބޭނުން ނުވާތީ އަސްލު ދަނޑުވެރިކަން ފުޅާ ނުވަނީ.

ރައްމުގެ ދަނޑުގައި ހުރި ފަމް ހައުސް: މިތަން ވެސް ހަދާފައިވަނީ ޒަމާނީކޮށް، ސޯލާ ޕެނަލް އާއި ކަރަންޓު ވެސް ލައިގެން، ހިތްހަމަޖައްސާލައިގެން އުޅެވޭ ގޮތަށް
އަދަދު: ތިބުނީ އަތުން ޕޮލިނޭޓް ކުރަންޖެހޭ ވާހަކަ. ކޮންމެ މަލެއް އަތުން ޕޮލިނޭޓްކުރުމަކީ ކުރަންޖެހޭ ކަމެއްތަ؟
ރައްމު: މިހާރު އެގޮތަށް އެކަން ކުރަންޖެހެނީ. އަޅުގަނޑަށް ލަފާ ވަނީ ގަސްތަކަށް ބޭސް ޖަހާތީ ޕޮލިނޭޓްކުރަން އަންނަ ސޫފިތައް މަރުވެ އޭގެ އާބާދީ މަދުވަނީހެން. ސަބަބަކީ މިހާރު ޕޮލިނޭޓްކުރާ ސޫފި އެވަރަކަށް ނުފެނޭ.
ކުރިން ބުނެފި، ރައްމު ހައްދަނީ ސަތޭކަ ޕަސެންޓް އޮގަނިކް ބާވަތްތަކޭ. އޭގެ މާނައަކީ ކޮބާ؟
ރައްމު: ސަތޭކަ ޕަސެންޓް އޮގަނިކް ކުރުމުގެ މާނައަކީ ގަސް ހައްދަން އެއްވެސް ކެމިކަލެއް ބޭނުން ނުކުރަން. ހަމަ އެކަނި މި ބޭނުންކުރަނީ ގެރި ގުޔާއި ފެން. ދޭތެރެއަކުން މާ ހޫނު ގަދަވީމަ މުޅި ގަހަށް ވާ ގޮތަށް ފެން ސްޕްރޭ ކޮށްލަނީ. ވާގޮތަކީ އެއަށް އެހާ ޓޮލަރޭޓް ނުވާ ޓެމްޕަރޭޗާ [34 ޑިގްރީ]، އެއީ ގަހަށް ތަންކޮޅެއް ހޫނުމިނެއް. އެހެންވީމަ މި ހަދާ ގޮތަކީ މިސްޓު ކޮށްލަނީ.
![ފޮޓޯ އިން ތި ފެންނަ ނީ ސ މީދޫ އަށް އުފަން ރަމްޒީ ހުސައިން (ރައްމު) އޭނާގެ ބިޔަ ޑްރެގަން ފުރުޓް ދަނޑުގައި ހުރެގެން ނަގާފައިވާ ފޮޓޯ އެކެވެ. ރަމްޒީ އަކީ ރާއްޖޭގައި ތަފާތު ލެވެލެއްގައި ލާޖް ސްކޭލް ދަނޑުވެރިކަން ކުރާ ޒުވާނެކެވެ. އޭނާގެ ސާޅީހަކަށް ހާސް އަކަ ފޫޓު ބިމުގައި 400 ޑްރެގަން ފުރުޓް ގަހާއި ފެޝަން ފުރުޓާއި ހައިބްރިޑް ފޭރު ހައްދަ އެވެ.
މި އާޓިކަލް ގައި އަހަރެމެން މި ހިމަނާލަނީ ރަމްޒީ އާއި އެކު ކުރި އިންޓަވިއުގެ ސުވާލާއި ޖަވާބެވެ. ބޭނުމަކަށް ވީ މި ފުރުސަތުގައި ރަމްޒީގެ ފަރާތުން މި މަސައްކަތެއް އެނެގެން ބޭޏުންވާ ކޮންމެ މީހަކަށް ވީ އެންމެ ގިނައެއްކޮށް މައުލޫމާތު އާޓިކަލް ގައި ހިމެނުމެވެ.
އެކަމަކު އޭގެ ކުރިން ރަމްޒީގެ ދެތިން ވާހަކަ އެވެ.
ރަމްޒީ އަކީ ސްކޫލް ދައުރުން ފެށިގެން 20 އަހަރާ ހަމައަށް ގައުމީ ފުޓްބޯޅައިގެ 16 އަހަރުން ދަށާއި 19 އަހަރުން ދަށަށް ކުޅުނު ކުޅުންތެރިއެކެވެ. ރާއްޖެއިން ބޭރުގައި ވެސް ކުޅުނެވެ. ކްލަބް ވެލެންސިއާ އާއި އައިއެންސީ އަށް ވެސް ކުޅުނެވެ. އޭނާ އަކީ ގްރެފިކްސް ޑިޒައިނިން ކިޔަވައިގެން ހުރި ޑިޒައިނަރެކެވެ. އެފްރިކެން ބަޓްލާ ކޯސް ހަދައިގެން ގިނަ އަހަރުތަކަކަށް ބަޓްލަރެއްގެ ވަޒީފާ އަދާކުރި އެވެ.
ދަނޑުވެރިކަމުގެ އިލްމަށް ބަލާނަމަ، ޖަޕާނުން ހަ މަސް ދުވަހުގެ ދަނޑުވެރިކަމުގެ ޓްރެއިނިން ކޯހެއް ފުރިހަމަ ކުރި އެވެ.
މި ހުރިހާ އިލްމީ އަދި ފަންނީ ތަޖުރިބާ އާއި އެކު ދަނޑުވެރިކަމުގެ ތެރެއަށް ވަދެ، 37 އަހަރުގެ މި ޒުވާނާ ލިޔަމުން އެދަނީ ދަނޑުވެރިކަމުގެ އިންގިލާބީ އާ ބާބެކެވެ.
އަދަދު: ދަނޑު ހައްދަން ހިޔާލު އައި ހިސާބުން އެންމެ ފުރަތަމަ ކުރީ ކޮން ކަމެއް. ކިހާ ވަރެއްގެ އިންވެސްޓްމަންޓެއް ކުރަން ޖެހުނުތަ؟
ރައްމު: އެންމެ ފުރަތަމަ ވެސް، ކައުންސިލަށް ގުޅައިގެން ބެލީ ކިހާ ވަރެއްގެ ބިމެއްތޯ ލިބޭނީ. ބެލި އިރު 20،000 އަކަފޫޓުގެ ބިމެއް ކޮންމެ މީހަކަށް ވެސް ލިބޭ. އެހެންވީމަ، ގްރެފިކްސް ޑިޒައިން ދަންނާތީ ބިން ކުރެހީ. ދެން އިންޑިއާގެ ދަނޑުވެރި ޖަމިއްޔާ އަކާށް ގުޅައިގެން ބެލީ އެމީހުން ޑްރެގަން ފުރުޓް ހައްދަނީ ކިހިނެއްތޯ، ކިހާ ވަރެއްގެ ޖާގައެއްގަ ތޯ. ގަސް ހައްދާއިރު ދެ ގަސް ދޭތެރޭގެ ދުރުމިން ބަހައްޓަންޖެހޭ ވަރާއި މި ހުރިހާ އެއްޗެއް އަހައި ހޯދައިގެން އެމީހުންގެ އިރުޝާދާ އެކު ދަނޑު ކުރެހީ. ދެން ކައުންސިލުން ދިން ބިން އެއްކޮށް ސާފުކޮށްފަ ވަށައިގެން ފެންސު ޖަހާފަ އެއްކަލަ ކުރެހުމާ އެއްގޮތަށް، ފީތާ އަޅައިގެން ޕޮއިންޓު ޖަހާފަ ދަނޑު ތަރައްގީކުރަން ފެށީ.
ދަނޑުގައި ފެންސު ޖެހުމުން ފެށިގެން ގޮސް، ފާމް ހައުސް އިމާރާތްކުރުމާއި، ދަނޑަށް ކަރަންޓު ދިނުމާއި، ދެ ކުލައިގެ ޑްރެގަން ފުރުޓް ކުރިތައް ގެނައުމާއި، ގަސްތަކަށް ސަޕޯޓްދޭން ޖަހަންޖެހޭ ކޮންކްރީޓް ޕިލާސް ތައް ހަދައިގެން ދަނޑު ހައްދަން ފަށަން ޖުމްލަ 280،000 ރ ވަރު ހަރަދުވީ.
އަދަދު: ރަމްޒީ ހައްދަން ނިންމީ އާންމުކޮށް ރާއްޖޭގައި މީހުން ނުހައްދާ އެއްޗެއް. އެއީ ޑްރެގަން ފުރުޓް. ކިހާ ވަރަކަށް ވިސްނާފަ ޑްރެގަން ފުރުޓް ހައްދަން ނިންމީ؟
ރައްމު: ދަނޑުވެރިކަން ކުރުމުގެ ހިޔާލު އައި ހިސާބުން، ރާއްޖޭގެ ފިނިހޫނުމިނާއި އަންނަ ބަދަލުތަކާއި މި ހުރިހާ ކަންތައްތަކެއް ގޫގުލްގައި ވަރަށް ބޮޑަށް ރިސާޗް ކުރުމަށްފަހު، އާންމުކޮށް މީހުން ނުހައްދާ ބާވަތެއް ހައްދަން ޑްރެގަން ފުރުޓް ހިޔާރު ކުރީ. ސަބަބަކީ، ރާއްޖޭގެ ޓެމްޕަރޭޗަރަށް އެންމެ ރަނގަޅަށް ސަވައިވާނެ އެއް ގަސް މިއީ. އަނެއްކާ ޕެސްޓިސައިޑް ނުވަތަ އިންސެކްޓިސައިޑް ފްރީ އެއްޗަކަށް ޑްރެގަން ފުރުޓް އެބަވޭ. އެހެންވީމަ، ސަތޭކަ ޕަސެންޓް އޯގަނިކް ކޮށް ހެއްދިދާނެ އެއްޗަކަށް ވާތީ.
އަދަދު: ރަމްޒީގެ ތަޖުރިބާއިން އަހަރެމެންނަށް ޑްރެގަން ފުރުޓާ ބެހޭ ދެތިން އެއްޗެއް ބުނެދެވިދާނެތަ؟
ރައްމު: ޑްރެގަން ފުރުޓް ގަހަކީ ކެކްޓަސް ފެމެލީ އެއްޗެއް. އެއީ ފެން މަދުން ބޭނުންވާ ޑެސާޓް ޓްރީ އެއް. މިއަކީ ބްރާންޗް ތަކެއް ހުންނަ އެއްޗެއް. މި ބްރާންޗް ތައް ޖެހެނީ ވަކި ހިސާބަކަށް ގޮއްސަ ގްރެވިޓީ އަށް ފޯލްވާން. އެހެންވީމަ އަހަރެމެންގެ ދަނޑުގައި ޕިލާސްތައް ޑިޒައިން ކޮށްފަ މި ހުންނަނީ ބިމުން މައްޗަށް ފަސް ފޫޓަށް. ފަސް ފޫޓު މަތީގައި މި އިންނަނީ ބޭނުންކޮށްފަ އެއްލައިލާ ސައިކަލު ޓަވަރެއް ހަރުކޮށްފަ. ދެން ފުރަތަމަ އިންދާ ކުރި، އެރީމަ ބުރިކޮށްލަނީ. ގާތްގަނޑަކަށް ހަ އިންޗި ރިންގަށް ވުރެ މައްޗަށް ހުންނަ ގޮތަށް ބުރިކޮށްލީމަ ދެން އެއިން ނިކުންނަ ކުރިތައް ރިންގުގެ މައްޗަށް ފޯލްވެގެން މިބާ ދިމާލަށް ދިގުވާނީ. އެހެންވީމަ ބިމާ ދިމާލަށް ކުރިތަށް ފޯލްވާން ފެށީމަ ކުރީގެ ކޮޅަށް ގަހުގައި ހުންނަ ހުރިހާ ފެންތަކެއް ޖަމާވަނީ. ޖަމާވީމަ، އެ ޑްރެގަން ފުރުޓް ގަހަށް މަޖުބޫރު އެބަވޭ ފެން ގިނަވާ ވަރަކަށް ފެން ބޭރުކުރަން ފްލާވާ ބަޑްސް ނެރެން. ބަޑްސް ނެރުނީމަ އެ ބަޑްސް މިވަނީ ފުރުޓަށް.
ދެން ދަނޑުގައި ޑްރެގަން ފުރުޓް ގަސް، ކުރި އިންދައިގެން އިތުރުކުރުމުގައި މި އޮންނަ ގޮތަކީ، މަދަ ޕްލާންޓުން ބްރާންޗެއް ނަގައިގެން ކުރި ރޯކޮށްލައިގެން ހެއްދިއްޖިއްޔާ ނުވަ މަހާއި ދޮޅު އަހަރާ ދޭތެރޭގައި މޭވާ ލިބޭނެ. ދެން ކޮންމެ ހާވެސްޓަކަށް ފަހު ގަސް ކޮށާލާނެ އަނެއްކާވެސް އާ ކުރިތަކެއް ފަޅުވަން.
އަދަދު: ޑްރެގަން ފުރުޓް ހައްދަން ތިފެށި މަސައްކަތް މިހާރު ދަނީ ކިހިނެއް؟ ރާއްޖޭގައި ނަމަ، މިއީ ބަރޯސާ ވެވޭ ވަރުގެ ނަފާއެއް ހޯދިދާނެ ބާވަތެއް ތަ؟
ރަމްޒީ: މީގެ މުހިއްމު ތަންކޮޅަކީ، މިއީ 90 ހެލްތު ބެނެފިޓްސް ހުރި އެއްޗެއް. ދެން، ފަސް ތަރީގެ ރިސޯޓެއްގެ ބުފޭ އެއް ފުރިހަމަ އެއް ނުވާނެ ޑްރެގަން ފްރުޓް ނެތި އެެއް. ޑްރެގަން ފުރުޓަކީ އެގްޒޯޓިކް، އެންމެ އެކްސްޕެންސިވް ފުރުޓް މިވަގުތު ހުރި. ރާއްޖޭގެ މާކެޓުގައި މި އުޅެނީ 120 އަށް 500 ގުރާމް އެވްރެޖްކޮށް. ކިލޯއެއް 250 ވަރަކަށް ރުފިޔާ އަށް.
އެހެންވީމަ ކާމިޔާބީ އަކީ ފައިސާގެ ނަފާގެ ގޮތުގައި ބަލާނަމަ، ރަމްޒީގެ ދަނޑުގައި ހުރި 400 ގަހުން ފުރަތަމަ ހާވެސްޓުގައި ކެނޑި ހުރިހާ މޭވާއެއްގައި ބަރުދަނުގައި 500ގ ހުރި. ގަހަކުން ގާތްގަނޑަކަށް 20 ކިލޯގެ މޭވާ ލިބޭނެ.
އަދަދު: ޑްރެގަން ފުރުޓް ގެ ދަނޑުވެރިކަން އެހެންވީމަ ވަރަށް ކާމިޔާބު، އިތުރު ބާވަތްތަކެއް ވެސް ހައްދަންތަ؟
ރައްމު: ޑްރެގަން ފުރުޓް ހައްދާފަ، ފުރަތަމަ ހާވެސްޓު ލިބުނީމަ، ހިތަށް އެރީ އިތުރު އެއްޗަކަށް ދާން. އެހެންވެ، އިތުރަށް 10،000 އަކަ ފޫޓު އިތުރުކޮށްލައިގެން އެ ބިމުގައި މި ފެށީ ފެޝަން ފުރުޓް ހައްދަން. ލާޖް ސްކޭލް ކޮށް ރަށުގައި ނުކުރާތީ ބޮޑަށް. ފެޝަން ފުރުޓް ފާމް ފެށިތާ މިހާރު އަހަރެއް މިވަނީ. މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 ކިލޯ އަށްވުރެ ގިނައިން ހާވެސްޓު ކުރަން. އެއީ ހަފްތާ އަކު ގާތްގަނޑަކަށް 20 ކިލޯ. އަހަރެމެން މި ހައްދަނީ ތިން ވައްތަރެއްގެ ފެޝަން ފުރުޓް. އެއީ ޕާޕުލް ފެޝަން ފުރުޓާއި ރަތާއި ރީނދޫ.
އަދަދު: ރައްމުގެ ދަނޑުވެރިކަން ތަފާތުވާ ގޮތާއި ރައްމުގެ ނަޒަރުގައި ލާޖް ސްކޭލް ދަނޑުވެރިކަން ރާއްޖެއަށް އަންނަން މިހާ ލަސްވި ސަބަބެއް ބުނެދީބަލަ!
ރައްމު: 100 ޕަސެންޓް އޮގަނިކް ކޮށް ރަމްޒީ މި ހައްދާ ހުރިހާ ބާވަތެއް ވެސް މި ހައްދަނީ. ދެން އޮތީ ލާޖް ސްކޭލްގައި ނުކުރާ ވާހަކަ. އަސްލޖު މަސައްކަތް ބުރަވީމަ ކަންނޭނގެ ނުވަނީ. މިސާލަކަށް އަހަރެމެން މި ހާވެސްޓުކުރާ ކޮންމެ ފެޝަން ފުރުޓަކީ ނުވަތަ ކޮންމެ މަލަކީ ހޭންޑް ޕޮލިނޭޓް ކުރާ މަލެއް. އެހެންވީމަ އެއީ ވަރަށް މަސައްކަތް. އެވަރަށް މަސައްކަތް ކުރަން ބޭނުންވާ މޯޓިވޭޝަން ނެތީމަ ނުކުރަނީ އޭ ބުނެވޭނީ. ސަބަބަކީ ރާއްޖޭގެ ފަހުގައި ވަރަށް ގިނަ ބާވަތްތަކެއް ހެއްދޭ. ފަހަރެއްގައި ވެދާނެ ރިސާޗް އެއްޗެހި ހަދަން ނޭނގޭތީ ކަމަށް ވެސް. އާންމުކޮށް ކުރުން ދަނޑުވެރިކަމުގައި މި އުޅުނީ ދުވަސްވީ މީހުން.
ދެން އޮތް އަނެއް ކަމަކީ، މިއަދު ރަމްޒީ ޑްރެގަން ފުރުޓް ހައްދާތީ އެބަ އެނގޭ މީގެއިން ބޮޑު ނަފާ އެއް ވާކަން. ފަސޭހައިން ހެއްދޭ އެއްޗެއް ކަން. އެކަމަކު އެއްވެސް މީހަކު ބޭނުމެއް ނުވޭ، އާ އެކްސްޕެރިމެންޓެއް ކޮށްގެން އާ ޕްރޮޑަކްޓެއް ނެރެން. އެ ރިސްކު ނަގަން ބޭނުން ނުވާތީ އަސްލު ދަނޑުވެރިކަން ފުޅާ ނުވަނީ.
އަދަދު: ތިބުނީ އަތުން ޕޮލިނޭޓް ކުރަންޖެހޭ ވާހަކަ. ކޮންމެ މަލެއް އަތުން ޕޮލިނޭޓްކުރުމަކީ ކުރަންޖެހޭ ކަމެއްތަ؟
ރައްމު: މިހާރު އެގޮތަށް އެކަން ކުރަންޖެހެނީ. އަޅުގަނޑަށް ލަފާ ވަނީ ގަސްތަކަށް ބޭސް ޖަހާތީ ޕޮލިނޭޓްކުރަން އަންނަ ސޫފިތައް މަރުވެ އޭގެ އާބާދީ މަދުވަނީހެން. ސަބަބަކީ މިހާރު ޕޮލިނޭޓްކުރާ ސޫފި އެވަރަކަށް ނުފެނޭ.
ކުރިން ބުނެފި، ރައްމު ހައްދަނީ ސަތޭކަ ޕަސެންޓް އޮގަނިކް ބާވަތްތަކޭ. އޭގެ މާނައަކީ ކޮބާ؟
ރައްމު: ސަތޭކަ ޕަސެންޓް އޮގަނިކް ކުރުމުގެ މާނައަކީ ގަސް ހައްދަން އެއްވެސް ކެމިކަލެއް ބޭނުން ނުކުރަން. ހަމަ އެކަނި މި ބޭނުންކުރަނީ ގެރި ގުޔާއި ފެން. ދޭތެރެއަކުން މާ ހޫނު ގަދަވީމަ މުޅި ގަހަށް ވާ ގޮތަށް ފެން ސްޕްރޭ ކޮށްލަނީ. ވާގޮތަކީ އެއަށް އެހާ ޓޮލަރޭޓް ނުވާ ޓެމްޕަރޭވާ [34 ޑިގްރީ] އަށް އެއީ ގަހަށް ތަންކޮޅެއް ހޫނު މިނެއް. އެހެންވީމަ މި ހަދާ ގޮތަކީ މިސްޓު ކޮށްލަނީ.
އަދަދު: ރައްމުގެ ދަނޑުވެރިކަމުން މުސްތަގްބަލް ސަލާމަތްކުރެވޭކަން ގަބޫލުކުރަންތަ؟
ރައްމު: ޔެސް. މިސާލަކަށް، ފެޝަންފުރުޓަށް އިންވެސްޓު ކުރީ މި ނިމިގެން ދިޔަ މަހު [އޮގަސްޓު] ތޭރަ ވަނަ ދުވަހު. 88،000 ރުފިޔާގެ އިންވެސްޓެއް ފެޝަންފުރުޓަށް ކުރީ، މިހާރު މިއަދާ ހަމައަށް ފެޝަންފުރުޓުން ރަމްޒީ މެންނަށް ލިބިފަ އެބައިން 315،000 ރުފިޔާ ފެޝަންފުރުޓުން އެކަނި. އެހެންވީމަ އެއް އަހަރު ތެރޭގަ އިންވެސްޓްމެންޓް ކަވާ ވެފަ ފައިދާ ވެސް ލިބިއްޖެ. ދެން، ގަހަށް ބަލަންޏާ، ގަހަކީ 5 އަހަރުގެ ގަހެއް. އެގަހުން ފަސް އަހަރު ވަންދެން ފުރުޓް ލިބިލިބި ހުންނާނެ.
ޑްރެގަން ފުރުޓް ގަހަށް ބަލަންޏާ އެއީ 50 އަހަރަށް މޭވާ ދޭނެ ގަހެއް.
އަދަދު: އާންމުކޮށް ދަނޑުވެރިން އުފައްދާ އެއްޗެހި ވިއްކުމަށް ދަތު ކުރިމަތިވާ ވާހަކަ އިވޭ. ރައްމުގެ ތަޖުރިބާ ކިޔައިދީބަލަ.
ރައްމު: ކޮވިޑުގެ ފަހުން މި ވީ ގޮތަކީ ކައިތރީ އޮތް ތިން ރިސޯޓްވެސް ހުއްޓުމަކަށް އައި. އެކަމަކު ވެސް ރަމްޒީމެން އަތޮޅުގެ ބޮޑު ތިން ރެސްޓޯރަންޓަކަށް ފެޝަންފުރުޓް އެބަ ފޯރުކޮށްދެން. ގާތްގަނޑަކަށް ބުނަންޏާ ހަފްތާއަކު 20 ކިލޯ ކޮންމެ ތަނަކަށް ވެސް އެބަ ނަގާ. ގާތްގަނޑަކަށް އެއަށްވުރެ ގިނައިން ވެސް ނަގާ. ޗުއްޓީތަކުގައި 100 ކިލޯ ވެސް ހަފްތާއަކު ނަގާފާނެ.
އަދަދު: މިހާ މަންފާއެއް އޮތް ކަމެއްގައި ޒުވާނުންގެ ޝައުގުވެރިކަން ނެތުމުގެ ސަބަބެއް ކަމަށް ރައްމު ދެކެނީ ކޮން ކަމެއް؟
ޒުވާނުން ބޭނުންވަނީ އީޒީ މަނީ މޭކިން. އެކަމަކު މިކަހަލަ މަސައްކަތްތައް ކިހާ ސަޅި. ރަމްޒީ އަށް ބަލާ ނަމަ އަމުރު ކުރާނެ ބޮސް އެއް ނެތް. އަމިއްލަ މިނިވަންކަމާ އެކު އަމިއްލަ މަސައްކަތް އެބަ ކުރެވޭ. ބޭނުން އިރަކު ނިދަންވީ، ބޭނުން އިރަކު މަސައްކަތް ކުރަންވީ. އެހެންވީމަ ހަގީގަތުގައި ޒުވާނުން މިކަހަލަ ކަންކަމަށް އިުންވެސްޓު ކުރީމަ، މާ ބޮޑަށް ވެސް ކުރިއަރާނެ. ތަން ވެސް ކުރިއަރައި ތިޔާގި ވާނެ.
އަދަދު: މިހާރު ދެން އަނެއްކާވެސް އިތުރު ބާވަތެއް ހދެއްދުމުގެ ހިޔާލެއް ނެތްތަ؟ ދެން ހައްދާނީ ކޮން ބާވަތެއް؟
ރައްމު: ފެޝަންފުރުޓާއި ޑްރެގަން ފުރުޓް ކާމިޔާބުވީމަ، މިހާރު އިތުރު 10،000 އަކަ ފޫޓު ހޯދައިގެން އެތަނުގައި މި އިންދަނީ ހައިބްރިޑް ފޭރު. ހައިބްރިޑްގެ މާނަ އަކީ ގަސް ހުންނާނީ ވަރަށް ތިރިކޮށް އަވަހަށް މޭވާ ދޭނެ.
ހައިބްރިޑް ގަސް މި އުފައްދާ ގޮތަކީ، ފުރަތަމަ މި ހައްދަނީ ކުޑަ ގަހެއް އެ ގަސް ހައްދައިގެން މި ގެންދަނީ ފޮދިފަ އިންނަ ގަހެއްގެ ކުރި. ގެނެސް ޅަ ގަހުގެ ބުޑު ގަނޑާއި ދުވަސްވީ ގަހުގެ ކުރި އެއްކޮށް ގްރާފްޓުކޮށްލަނީ. އެހެން ހެދީމަ މި ވާ ގޮތަކީ އިންނާނީ ޅަ ބުޑަކުން ފޯދިފަ އިންނަ ގަހެއް.
އަދަދު: ރައްމުގެ ފިއުޗާ ޕްލޭންސް ކިޔައިދީބަލަ. ހަމަ ޔަގީނުން ވެސް ތިއީ ތަފާތު މީހެއް!
މިހާރު ރަމްޒީ ވިސްނައިގެން މި ހުރީ ގާތްގަނގަކަށް ބުނަންޏާ 3.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ޕްރޮޕޯސަލް ހަދައިގެން ފަންޑު މެނޭޖްކޮށްގެން އެއަށް ދާން ވެގެން ވިސްނައިގެން. ޕްރޮޕޯސަލްގައި ހިމެނޭގޮތުން ވެއްޖިއްޔާ މި އަންނަނީ 20،000 އަކަ ފޫޓު ފުރާ، ޕޮލިކާބޮނޭޓް ގްރީން ހައުސްތަކެއް. އެތަނުގައި މި އިންނަނީ ދުވާލަކު ޓަނެއްގެ ފެން އުފައްދާ އާރްއޯ ޕްލާންޓެއް. ވަށައިގެން މި ހުންނަނީ ޕޮލިކާބަން ޝީޓް. އެއަށް މި ބޭނުންވަނީ އޮޓޮމެޓިކް ސިސްޓަމްތަލެއް. ކޯލިން ސިސްޓަމާއި ގޭތެރޭގެ ޓެމްޕަރޭޗާ ހިފަހައްޓާ ސިސްޓަމް، ޕްލަސް އެއަށް މި ލަނީ އޮޓޯ ޕޮޓްސް. އޭގައި އިންނާނެ ސްމާޓް ވޭލް އެއް. އެޭގެއިން ގަހަށް ބޭނުންވާ ވަރަށް ފެން ނަގާނީ. އެހެންވީމަ މި ޕްރޮޖެކްޓް ކާމިޔާބު ވެއްޖެ ނަމަ މުޅިން އެހެން ލެވެލް އެއްގައި މިކަން ކުރެވިދާނެ](https://pub-07a432be37e2460d9c5bb3f82ac51713.r2.dev/posts/file_ezu8ql.jpg)
އަދަދު: ރައްމުގެ ދަނޑުވެރިކަމުން މުސްތަގްބަލް ސަލާމަތްކުރެވޭކަން ގަބޫލުކުރަންތަ؟
ރައްމު: ޔެސް. މިސާލަކަށް، ފެޝަން ފްރުޓަށް އިންވެސްޓު ކުރީ މި ނިމިގެން ދިޔަ އަހަރުގެ އޮގަސްޓު 13 ވަނަ ދުވަހު. 88،000 ރުފިޔާގެ އިންވެސްޓެއް ފެޝަން ފްރުޓަށް ކުރީ، މިހާރު މިއަދާ ހަމައަށް ފެޝަން ފްރުޓުން ރަމްޒީމެންނަށް ލިބިފަ އެބައިން 315،000 ރުފިޔާ. އެހެންވީމަ އެއް އަހަރު ތެރޭގަ އިންވެސްޓްމެންޓް ކަވާ ވެފަ ފައިދާ ވެސް ލިބިއްޖެ. ދެން، ގަހަށް ބަލަންޏާ، ގަހަކީ 5 އަހަރުގެ ގަހެއް. އެގަހުން ފަސް އަހަރު ވަންދެން ފްރުޓު ލިބިލިބި ހުންނާނެ.
ޑްރެގަން ފްރުޓް ގަހަށް ބަލަންޏާ އެއީ 50 އަހަރަށް މޭވާ ދޭނެ ގަހެއް.

ފެޝަންފުރުޓް ހާވެސްޓެއް: ކޮންމެ ހަފްތާ އަކު ވިއްސަކަށް ކިލޯ ރައްމުގެ ދަނޑުން ލިބޭ
އަދަދު: އާންމުކޮށް ދަނޑުވެރިން އުފައްދާ އެއްޗެހި ވިއްކުމަށް ދަތިތައް ކުރިމަތިވާ ވާހަކަ އިވޭ. ރައްމުގެ ތަޖުރިބާ ކިޔައިދީބަލަ؟
ރައްމު: ކޮވިޑުގެ ފަހުން މި ވީ ގޮތަކީ ކައިރީ އޮތް ތިން ރިސޯޓްވެސް ހުއްޓުމަކަށް އައި. އެކަމަކު ވެސް ރަމްޒީމެން އަތޮޅުގެ ބޮޑު ތިން ރެސްޓޯރަންޓަކަށް ފެޝަން ފްރުޓު އެބަ ފޯރުކޮށްދެން. ގާތްގަނޑަކަށް ބުނަންޏާ ހަފްތާއަކު 20 ކިލޯ ކޮންމެ ތަނަކަށް ވެސް އެބަ ނަގާ. އެއަށްވުރެ ގިނައިން ވެސް ނަގާ. ޗުއްޓީތަކުގައި 100 ކިލޯ ވެސް ހަފްތާއަކު ނަގައިފާނެ.
އަދަދު: މިހާ މަންފާއެއް އޮތް ކަމެއްގައި ޒުވާނުންގެ ޝައުގުވެރިކަން ނެތުމުގެ ސަބަބެއް ކަމަށް ރައްމު ދެކެނީ ކޮން ކަމެއް؟
ޒުވާނުން ބޭނުންވަނީ އީޒީ މަނީ މޭކިން. އެކަމަކު މިކަހަލަ މަސައްކަތްތައް ކިހާ ސަޅި. ރަމްޒީ އަށް ބަލާ ނަމަ އަމުރު ކުރާނެ ބޮސް އެއް ނެތް. އަމިއްލަ މިނިވަންކަމާ އެކު އަމިއްލަ މަސައްކަތް އެބަ ކުރެވޭ. ބޭނުން އިރަކު ނިދަންވީ، ބޭނުން އިރަކު މަސައްކަތް ކުރަންވީ. އެހެންވީމަ ހަގީގަތުގައި ޒުވާނުން މިކަހަލަ ކަންކަމަށް އިންވެސްޓު ކުރީމަ، މާ ބޮޑަށް ވެސް ކުރިއަރާނެ. ތަން ވެސް ކުރިއަރައި ތިޔާގި ވާނެ.
އަދަދު: މިހާރު ދެން އަނެއްކާވެސް އިތުރު ބާވަތެއް ހެއްދުމުގެ ހިޔާލެއް ނެތްތަ؟ ދެން ހައްދާނީ ކޮން ބާވަތެއް؟
ރައްމު: ފެޝަން ފްރުޓާއި ޑްރެގަން ފްރުޓު ކާމިޔާބުވީމަ، މިހާރު އިތުރު 10،000 އަކަ ފޫޓު ހޯދައިގެން އެތަނުގައި މި އިންދަނީ ހައިބްރިޑް ފޭރު. ހައިބްރިޑްގެ މާނަ އަކީ ގަސް ހުންނާނީ ވަރަށް ތިރިކޮށް އަވަހަށް މޭވާ ދޭނެ.

ހައިބްރިޑް ގަސް މި އުފައްދާ ގޮތަކީ، ފުރަތަމަ މި ހައްދަނީ ކުޑަ ގަހެއް. ދެން މި ގެންދަނީ ފޯދިފަ ހުންނަ ގަހެއްގެ ކުރި. ގެނެސް ޅަ ގަހުގެ ބުޑު ގަނޑާއި ދުވަސްވީ ގަހުގެ ކުރި އެއްކޮށް ގްރާފްޓުކޮށްލަނީ. އެހެން ހެދީމަ މި ވާ ގޮތަކީ އިންނާނީ ޅަ ބުޑަކުން ފޯދިފަ އިންނަ ގަހެއް.
އަދަދު: ރައްމުގެ ފިއުޗާ ޕްލޭންސް ކިޔައިދީބަލަ؟ ހަމަ ޔަގީނުން ވެސް ތިއީ ތަފާތު މީހެއް!
މިހާރު ރަމްޒީ ވިސްނައިގެން މި ހުރީ ގާތްގަނގަކަށް ބުނަންޏާ 3.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ޕްރޮޕޯސަލް ހަދައިގެން ފަންޑު މެނޭޖްކޮށްގެން އެއަށް ދާން ވެގެން ވިސްނައިގެން. ޕްރޮޕޯސަލްގައި ހިމެނޭ ގޮތުން ވެއްޖިއްޔާ މި އަންނަނީ 20،000 އަކަ ފޫޓު ފުރާ، ޕޮލިކާބޮނޭޓް ގްރީން ހައުސްތަކެއް. އެތަނުގައި މި އިންނަނީ ދުވާލަކު ޓަނެއްގެ ފެން އުފައްދާ އާރްއޯ ޕްލާންޓެއް. ވަށައިގެން މި ހުންނަނީ ޕޮލިކާބަން ޝީޓް. އެއަށް މި ބޭނުންވަނީ އޮޓޮމެޓިކް ސިސްޓަމްތަކެއް. ކޯލިން ސިސްޓަމާއި ގޭތެރޭގެ ޓެމްޕަރޭޗާ ހިފަހައްޓާ ސިސްޓަމް، ޕްލަސް އެއަށް މި ލަނީ އޮޓޯ ޕޮޓްސް. އޭގައި އިންނާނެ ސްމާޓް ވޭލް އެއް. އޭގެއިން ގަހަށް ބޭނުންވާ ވަރަށް ފެން ނަގާނީ. އެހެންވީމަ މި ޕްރޮޖެކްޓް ކާމިޔާބު ވެއްޖެ ނަމަ މުޅިން އެހެން ލެވެލް އެއްގައި މިކަން ކުރެވިދާނެ.










