ކޮވިޑުގައި "ކޮޓެޖް ކޯ" އަށް ކީ މަރުހަބާ އަދިވެސް އެ ފޯރީގައި

ކޮޓެޖް ކޯ ސްޓައިލްގެ ކާޑިގަންއަކާއި ޖީންސްއެއްގައި އޭންޖަލް. -- ފޮޓޯ: އޭންޖަލް ޝުޖާއު/ އިންސްޓަގްރާމް

ކޮޓެޖް ކޯ ސްޓައިލްގެ ކާޑިގަންއަކާއި ޖީންސްއެއްގައި އޭންޖަލް. -- ފޮޓޯ: އޭންޖަލް ޝުޖާއު/ އިންސްޓަގްރާމް

ކޮވިޑް 19 އާ އެކު ނިކަން ތަފާތު ކަންތައްތަކެއް އަހަރެމެންގެ ތެރެއަށް ތައާރަފްވެއްޖެ އެވެ. އެއް އިރެއްގައި އޮތީ ގޭގައި ތިބެގެން އެންމެން ގަސް އިންދުމެވެ. ދެން އައީ އެންމެން ބޯ ކޮށި ދުވަސްވަރެކެވެ. މިހާރު މިއޮތީ އަނެއްކާވެސް ފެޝަންގެ އާ ޓްރެންޑް އެކެވެ. ވަކި އުމުރެއް ނެތި މިހާރު ކޮންމެ މީހަކަށްވެސް އެންމެ ކަމުދަނީ "ކޮޓެޖް ކޯ" އެވެ.

ކޮޓެޖު ކޯއަކީ 2010 ވަނަ އަހަރުގެ ތެރޭގައި ޓީނޭޖް އުމުރުގެ ކުދިންނާއި އަދި ޒުވާން ފުރައިގެ މެދުގައި މަގުބޫލުވެގެން ދިޔަ އެސްތެޓިކް ސްޓައިލް އެކެވެ. ރޫރަލް އަދި ކަންޓްރީ ސައިޑް ދިރިއުޅުން ރަމްޒުކޮށްދޭ މި ސްޓައިލަށް ކޮޓެޖް ކޯގެ ނަން ދިނީ 2018 ވަނަ އަހަރު ޓަމްބްލާ އިންނެވެ.

Advertisement

އެއްބަޔަކު މި ސްޓައިލް ސިފަކުރަނީ ވަރަށް މުސްކުޅި- ޒަމާނީ ސްޓައިލެއްގެ ގޮތުގަ އެވެ. މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ކޮޓެޖް ކޯއަށް ލިބިގެންދިޔައިރު ގިނައަދަދެއްގެ ހޮލީވުޑް ސެލެބްރިޓީޒް ވެސް ވަނީ މި ސްޓައިލްގައި ފެނިގެން ގޮސްފަ އެވެ. އަދި ޓޭލާ ސްވިފްޓްގެ އެންމެ ފަހުގެ އަލްބަމް "ފޯކްލޯ" އިން ވެސް މި ސްޓައިލްގެ އަސަރު ވަރަށް ބޮޑަށް ފެނިގެންދެ އެވެ. ނުވިތާކަަށް މިފަހުން އެންމެންގެ ޝައުގުވެރިކަން ހުއްޓުނު ނެޓްފްލިކްސް ސީރީޒް "ބްރިޖަޓަން" އިން މުޅީން ވެސް ފެނިގެންދިޔައީ ހަމަ ކޮޓެޖް ކޯގެ ފަރުމާތަކެވެ.

ކޮންމެއަކަސް މިފަހަކުން މިހާ ބޮޑު މަގުބޫލުކަމެއް މި ސްޓައިލަށް ލިބިގެންދިޔަ ސަބަބެއް ކަމުގައިވެފައިވަނީ ކޮވިޑް 19 އާ އެކު އައި ކަރަންޓީން ދިރިއުޅުމާއި ލޮކްޑައުން އެވެ. ކޮވިޑުގެ ކުރިން އަހަރެމެން އުޅެމުން އައި ބިޒީ ދިރިއުޅުމުން އެކަހެރިވެ، ހަމަޖެހުމާއި މަޑުމައިތިރިކަން ދިރިއުޅުމަށް އައިއިރު، އަހަރެމެންގެ ހެދުން އެޅުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް މިކަމުގެ އަސަރުތައް ކުރި އެވެ.

އަރާމު މަޑުމަޑު ކުލަތަކާއި، ކުދި މާމެލާމެލީގެ ޕްރިންޓްތަަކާއި އަދި އަތުން ވިޔެފައި ހުންނަ ކާޑިގަން އާއި ޖެކެޓް ފަދަ ތަކެތި ހިމެނޭ ކޮޓެޖް ކޯގެ ހެދުންތައް ދިވެހި ބްލޮގްތަކުންނާއި ސޯޝަލް މީޑިއާއިން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

މަޝްހޫރު ފެޝަން ޑިޒައިނަރު މުނާލް ޝުޖާއު (އޭންޖަލް ޝުޖާއު) ގެ އިންސްޓަގްރާމުން ވެސް ކޮޓެޖް ކޯގެ ދެތިން ޕޯސްޓެއް ފެނިގެންދިޔައިރު އޭނާ ބުނެފައިވަނީ ފިޔާތޮށި، ނޫ އަދި ރީދޫ ގެ މި ކޮމްބިނޭޝަން އިން އޭނާ ގެންގޮސްދެނީ ދުރުހިސާބެއްގައިވާ ކޮޓަން ކޭންޑީގެ ދުނިޔެއަކަށް ކަމަށެވެ.

"މިއީ ސެމީ ފޯމަލް ލުކް އަކަށް ގެނެސްފައި އިން ޓްވިސްޓެއް. ނޯމަލްކޮށް މި ލައިއުޅޭ ގަމީހެއްގެ މަތިން ބޭނުންކޮށްފައި އެވަނީ ވިޔެފައި އިން ވެސްޓެއް. ފަހަރެއްގައި ހީވެދާނެ ރާއްޖެ ކަހަލަ ތަނަކަށް ވެސްޓްއަކީ މާ ބޮޑުވަރޭ. އެހެން ހީވިއަސް، އޭސީ ގައި މަސައްކަތްކުރާނަމަ މިއީ ވަރަށް ރަނގަޅު ޗޮއިސް އެއް،" އޭންޖަލް ބުންޏެވެ.

ޒަމާނީ ފެޝަންއާއި ޓްރެންޑްތަކަށް ލޯބިކުރާނަމަ އަދިވެސް ކޮޓެޖް ކޯ ޓްރައިނުކޮށް ދޫކޮށްލާކަށް ލަހެއް ނުވެ އެވެ. ފެޝަން ޑިޒައިނަރު އާއިޝަތު ހަޒްމަތު އާގިލް (ނޯނި) ބުނިގޮތުގައި ކޮޓެޖް ކޯގެ މައިގަނޑު ހިޔާލަކީ ވީހާވެސް ގަޔަށް ދޫކޮށް، އަރާމުކޮށް ހެދުން އެޅުމެވެ. މިގޮތުން އެންމެ މަގުބޫލު އެއް ސްޓައިލަކީ ނެޕް ޑްރެސް އެވެ. ގަޔަށް ދޫކޮށް ހުންނަ މި ހެދުން ތަކުގައި ލޭސް އާއި ރަފްލްސް ކްރޮޗެޓް، ސްމޮކިން އަދި ބައެއް ފަހަރު އެމްބްރޮއިޑަރީ ވެސް ވެސް ބޭނުންކޮށްފައި ހުރެ އެވެ. މިފަދަ ގިނަ ރީތި ހެދުންތަކެއް މިފަހުން މޭކަޕް އާޓިސްްޓް ދީއްކޮ އޭނާގެ ފީޑްގައި ޕޯސްޓްކޮށްފައިވެ އެވެ.

ދެން އެންމެ ގިނައިން މި ސްޓައިލްގައި ފެނިގެންދާ އެއްކަމަކީ ތަފާތު އެކި ޕްރިންޓްތަކުގެ ފޮއްޗެވެ. ސްޕޮޓެޑް ނޫނީ އެކި މޭވާތަކުގެ ޕްރިންޓާއި ރެޓްރޯ ސްޓައިލަކަށް ގޮޅި ޖަހާފައިވާ ފޮއްޗާއި ކުދި މާޖެހި ފޮއްޗަކީ މުޅީންވެސް ކޮޓެޖް ކޯ ރަމްޒުކޮށްދޭ ޑިޒައިންތަކެވެ. މިފަދަ ފޮތިތައް ޕަފީ ސްލީވްސް އާއި ކުދި ރޫ ލީ ނުވަތަ ރަޗިން ޑީޓެއިލްސް އާއެކީ ލުމުން ވަަރަށް ފުރިހަމަވާނޭ ކަމަށް ވެސް ނޯނި ބުންޏެވެ.

"މަޑު އެއާރީ ކުލަތަކާއި އަޅުގަނޑުމެން މި ކިޔާ އާތް ޓޯންސް ތައް ކޮޓެޖް ކޯގައި ފެނިގެންދާނެ. އެއިން އެ ދައްކައިދެނީ ގާޑްނިން އާއި ވުޑަން ޑީޓެއިލްސް އަދި ފެންގަނޑުތަކާއި ގުދުރަތީ ދިރިއުޅުން. މި ސްޓައިލްގެ އެންމެ ހާއްސަ އަނެއްކަމަކީ މީގައި ވަރަށް ބޮޑަށް މިސްޓްރީ އާއި ފެންޓަސީ ވެސް ހިމެނޭކަން. އެހެންވީމަ އެކި ގޮތްތައް އެކްސްޕެރިމެންޓް ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް މި ސްޓައިލް ވަރަށް ކަމުދޭ،" ނޯނި ބުންޏެވެ.

މޮޑެލް އީޝާ އަހްމަދު ގެ ފީޑުން ފެންނަ މި އައުޓްފިޓަކީ ނޯނި ބުނާގޮތުގައި އެޑިޓޯރިއަލް ލުކް އަަކަށް އެންމެ ކަމުދާނެ އެއް ލުކް އެވެ. ކޮމްފީ ޓީޝާޓަކާ އެކު ޓިއާޑް ޕެޒަންޓް ސްޓައިލްގެ މިޑީ ސްކާޓްއަކީ ކުއިކް ޝީކް ލުކްއަކަށް ވާނެ އެވެ.

ނޯނިގެ ހިޔާލުގައި ކޮޓެޖް ކޯގެ އެކި ހެދުންތަކާއި އެކު އެކްސެސަރީޒްގެ ގޮތުގައި ސްޓްރޯ ހެޓްސް އާއި ސްޓްރޯ ބޭގްސް އަދި ޕާލް ނޫނީ ބީޑެޑް ނެކްލަސް ބޭނުންކުރެވޭނެ އެވެ.

ފަހުގެ ޚަބަރު

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

Newsletter

Get the latest news delivered straight to your inbox