ދުނިޔޭގެ ރޭންކިންގައި މަގާމު ދަމަހައްޓަން ދީމާ ޔޫރަޕްގެ މުބާރާތަކަށް

Aug 3, 2021, 11:16 AM
ދުނިޔޭގެ ރޭންކިންގައި މަގާމު ދަމަހައްޓަން ދީމާ ޔޫރަޕްގެ މުބާރާތަކަށް

ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ދުނިޔޭގެ ރޭންކިން ކުރީގައި އޮތް ގިނަ ކުޅުންތެރިން ވާދަކުރާ މުބާރާތެއްގައި ވާދަކުރަން ޔޫރަޕަށް ދިއުމުގެ ފުރުސަތު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ހަމަޖައްސައިދީފި އެވެ.

ދިމާ ވާދަކުރާނީ އަންނަ މަހު 18-22 އަށް ޕޯޗުގަލްގައި ބާއްވަން ނިންމާފައިވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި އެވެ. މި ފަދަ މުބާރާތްތަކަކީ ބައިނަލްއަގުވާމީ ގޮތުން ބަލާއިރު، ލެވަލް މަތި މުބާރާތެއް ކަމަށްވާއިރު، މި މުބާރާތުން ދީމާ އަށް ރަނގަޅު ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

ދީމާ އަށް މީގެ ކުރިން ވެސް ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ލިބުނެވެ. އެކަމަކު ކޮވިޑް-19ގެ ހާލަތު ހުރި ގޮތުން އޭނާ އެ މުބާރާތުގައި ވާދަކުރަނުކުރެ އެވެ.

ޕޯޗުގަލްގައި އަންނަ މަހު ބާއްވާ ދުނިޔޭގެ ފެންވަރުގެ މުބާރާތުގައި ދީމާ ކުޅޭނީ 15 އަހަރުން ދަށުގެ ކެޓަގަރީގަ އެވެ. އެ ކެޓަގަރީން ފުރުސަތު ލިބިފައިވަނީ ދުނިޔޭގެ ރޭންކިން އަށް ބަލާއިރު، އެންމެ މޮޅު 30 ކުޅުންތެރިންނެވެ.

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ)، މިއަދު "އަދަދު" އަށް ވިދާޅުވީ މިއީ ދީމާގެ ކުރިއެރުމަށް ބަލާއިރު ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށެވެ.

16 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ދުނިޔޭގެ ރޭންކިންގެ އެންމެ ގަދަ 15 ކުޅުންތެރިން.

ދީމާ، 13، ވަނީ މިދިޔަ އޭޕްރީލް މަހު ނެރުނު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ ރޭންކިންގެ 15 އަހަރުން ދަށުގެ ބައިން އަށް ވަނަ އަށް ޖެހިލައިފަ އެވެ. އޭރު ސީނިއާ ކެޓަގަރީ އަށް ބަލާއިރު 17 އަހަރުން ދަށުގެ ބައިން ދީމާ ވަނީ ދުނިޔޭގެ 41 ވަނަ އަށް އަރައިފަ އެވެ. އެކަމަކު، އެންމެ ފަހުން ނެރުނު ރޭންކިންގައިވާ ގޮތުން ދީމާ އޮތީ 15 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 11 ވަނައިގަ އެވެ. އަދި 17 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 53 ވަނައިގަ އެވެ.

ރޭންކިންގައި ކުރިއަރަން ދީމާ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އޭޝިއާގައި ބާއްވަން ނިންމި ގިނަ މުބާރާތްތަކެއް ކޮވިޑް-19ގެ ސަބަބުން ފަސްކުރަން ޖެހުމުންނެވެ. އޭގެ ތެރޭގައި މި މަސް ތެރޭގައި މާލޭގައި ބާއްވަން ނިންމި ދެ މުބާރާތް ވެސް ހިމެނެ އެވެ.

ޕޯޗުގަލް ކުޅޭ މުބާރާތަށް ފަހު ދެން ދީމާ ވާދަކުރަން ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހު އޮމާންގައި ބާއްވާ މުބާރާތެއްގަ އެވެ.

ޔޫތު މިނިސްޓްރީ އާއި ސަރުކާރުގެ ހަރަދުގައި ރާއްޖޭން ބޭރުން ދީމާގެ ތަމްރީންތައް ކުރިއަށްގެންދަން އެކި ގައުމުތަކުން ފުރުސަތު ހޯދައިދެ އެވެ. އެ ގޮތުން މީގެ ކުރިން ވެސް ބައިނަލްއަގުވާމީ މުބާރާތްތަކާ ދިމާކޮށް ދީމާ ވަނީ ރާއްޖޭން ބޭރުން ރަނގަޅު ޓްރެއިނިންތަކެއް ފުރިހަމަކޮށްފަ އެވެ.

2019 ވަނަ އަހަރުގެ އައިއޯއައިޖީން ހޯދި ރަން ވަނަތައް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި ޓީޓީ ތަރި ދީމާ.

ދީމާ އަށް ގިނަ ފުރުސަތުތައް ހޯދައިދޭން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ދީމާގެ ޓްރެއިނިންތައް މިހާރު ސްރީލަންކާގައި ކުރިއަށް ގެންދަނީ ވެސް ސަރުކާރުން ހަމަޖައްސައިދިން ތަނެއްގަ އެވެ. އެއީ ލަންކާގެ ސޯސަންވިލާގައި ރަނގަޅު ފެންވަރަކަށް ތައްޔާރު ކޮށްފައިވާ ޓްރެއިނިން ފްލޯއެއްގަ އެވެ.

ސްރީލަންކާގެ ކުރީގެ ކެޕްޓަން ރޯހަންގެ ކޯޗުކަމުގައި މިހާރު ޓްރެއިނިން ކުރިއަށް ގެންދަމުން އަންނަ ދީމާ އަކީ ކާމިޔާބީ އަށް ބަލާއިރު މި ވަގުތު ވެސް ރާއްޖޭގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އެތުލީޓެކެވެ.

ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެ އަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފަ އެވެ. އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox