ރައީސް ސޯލިހު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންފި

ރައީސް ކުޅުދުއްފުށީގައި: މިއީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވި ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅު -  ފޮޓޯ: ރައީސް އޮފީސް

ރައީސް ކުޅުދުއްފުށީގައި: މިއީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވި ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅު - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ކުޅުދުއްފުށީ ސިޓީއަށް މިއަދު ވަޑައިގެންފި އެވެ.

ކުޅުދުއްފުށީން ރައީސް ސޯލިހަށް މަރުހަބާ ދަންނަވާފައިވަނީ އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ.

ރައީސް މިއަދު އެ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަނުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލައްވާނެ އެވެ. އަދި، އެ ސިޓީ ބައެއް އެހެން ތަންތަނަށް ވެސް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

Advertisement

ކުޅުދުއްފުށީ ހޮސްޕިޓަލަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ތަރައްގީ ކުރަމުން ގެންދާ ހޮސްޕިޓަލެކެވެ. އަދި، ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރަން ވެސް ސަރުކާރުން ނިންމާފައިވެ އެވެ.

ރައީސް ސޯލިހު ކުޅުދުއްފުއްޓަށް ކުރައްވާ މި ދަތުރުފުޅަކީ އެ ރަށް ސިޓީއަކަށް ބަދަލުކުރި ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ކޮވިޑުގެ ސަބަބުން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް މަޑުޖައްސަވާލެއްވުމަށްފަހު، ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވަނީ ހދ. ކުޅުދުއްފުއްޓަށާއި އެ އަތޮޅުގެ ހަނިމާދޫގެ އިތުރުން ކުމުންދޫއަށެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ ތިން ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ރައީސް ބައްދަލު ކުރައްވާނެ އެވެ. އަދި އެ ރަށްރަށުގެ ސަރުކާރު މުއައްސަސާތަކަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.

މިދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެ ކަނބަލުން މާލެ ވަޑައިގަތުމަށް ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox