ގައްދޫ ސްކޫލްގެ ޗެލެންޖް: މިފަހަރު ހުރިހާ ކުދިން ވެސް ފޮތިކަވަރު

ގައްދޫ ސްކޫލްގެ ޗެލެންޖް: މިފަހަރު ހުރިހާ ކުދިން ވެސް ފޮތިކަވަރު

އެހެން އަހަރު ތަކަށް ވުރެ މި އަހަރު، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ގދ ގައްދޫގައި ވަމުން އަންނަ ތައްޔާރީތައް ތަފާތެވެ. ފޮތް ލިސްޓުތައް ލިބުމާ އެކު އެ ރަށުގެ ބެލެނިވެރިންގެ މެދުގައި ހިފާފައި އޮތީ ފޮތްތަކަށް ފޮތިން އެކި ގޮތްގޮތަށް ކަވަރު ފެހުމުގެ ތަފާތު "ފޯރި" އެކެވެ. މިއީ، ކުރިން ބައެއް އެހެން ރަށްރަށުގައި ވެސް ބެލެނިވެރިންނާއި ދަރިވަރުން އަމިއްލަ ޝައުގުވެރިކަމަށް ކުރަމުން އަންނަ ކަމެކެވެ.

އެކަމަކު ގައްދޫ ސްކޫލުން މިކަން މިކުރަނީ ހާއްސަ ކެމްޕޭނެއްގެ ދަށުންނެވެ. މި ކެމްޕޭންގައި، ކުދިންގެ ފޮތްތަކުގައި ލާނީ ފޮއްޗާއި ކަރުދާހުގެ ކަވަރެވެ. ހާއްސަކޮށް ފޮތީގެ ކަވަރެވެ.

"މިއީ ޕްލާސްޓިކް މަދުކުރުމަށް ސްކޫލުން ބައިވެރިވެގެން އުޅޭ ޗެލެންޖެއްގެ ދަށުން ޕްލާސްޓިކް މަދު ކުރުމަށް ކުރާ މަސައްކަތުގެ ބައެއް. މިހާރު ވެސް ރަށުން ކުނީގެ ގޮތުގައި އުކާލާ ޕްލާސްޓިކް ފުޅި އެއްކޮށްގެން ހަ ވަރަކަށް ގޯނި ޕާލޭ މޯލްޑިވްސް އަށް މި އަހަރު ތެރޭގައި ފޮނުވައިފިން،" ސްކޫލްގެ ޕްރިންސިޕަލް، ފާތުމަތު ނާހިދާ ވިދާޅުވި އެވެ.

ޕާލޭ އަކީ ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ބޮޑު ނެޓްވޯކެކެވެ. ދާދި ފަހުން ޕާލޭ މޯލްޑިވްސް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ވަނީ ސްކޫލްތައް މެދުވެރިކޮށް ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ މައިލްސްޓޯންތަކެއް ހާސިލްކުރެވޭ ގޮތަށް "އެއާ ސްޓްރެޓެޖީ" ޗެލެންޖް ގެ ނަމުގައި ކެމްޕޭނެއް ލޯންޗުކޮށްފަ އެވެ. މި ޗެލެންޖުގައި ބައިވެރިވެގެން ސްކޫލްތަކުން ހާސިލްކުރާ ކޮންމެ މައިލްސްޓޯނަކަށް އިނާމުގެ ގޮތުގައި ސްކޫލަށް ބޭނުންވާ އިކުއިޕްމަންޓާއި މެޓީރިއަލް ހަދިޔާކުރާނެ އެވެ.

ނާހިދާ ވިދާޅުވީ، ގިނަ އަދަދަކަށް ބޭނުންކުރާ ސެލޯފިން ދޫކޮށްލަން ނިންމުމުން ކުރީ ކޮޅުގައި ބެލެނިވެރިންނާއި ކުދިންނަށް އުނދަގޫ ވެދާނެ ކަމަށެވެ. ނަމަވެސް މީގެ ސަބަބުން ދުރު ރާސްތާގައި ކުދިންނާއި ސްކޫލަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އާދައިގެ މޮނިޓަރު ފޮތެއްގައި ފޮތި ކަވަރެއް ލައްވާފައި
އާދައިގެ މޮނިޓަރު ފޮތެއްގައި ފޮތި ކަވަރެއް ލައްވާފައި

އާދައިގެ މޮނިޓަރު ފޮތެއްގައި ފޮތި ކަވަރެއް ލައްވާފައި

"ފުރަތަމަ ކަމަކީ މި ކަންކަން ރަނގަޅަށް ކުރުމުން ސްކޫލަށް ތަރައްގީ ލިބުމުގެ ފުރުސަތު އެބަ އޮތް. ދެވަނަ ކަމަކީ ކުދިންނަށް ރަނގަޅު އާދައެއްގެ ޕްރެކްޓިސް އަކަށް ވެސް މިކަން އެބަ ބަދަލުވޭ. ގިނަ ފަހަރަށް ފޮތުގައި ސެލޯފިން ލައްވާފައި ހުންނާތީ ފޮތުގެ ހައިޖީން އާއި ރީތިކަމަށް ކުދިން މާ ބޮޑަކަށް ސަމާލުކަމެއް ނުދޭ. އެކަމަކު ފޮތި ލެއްވީމަ ކުދިންނަށް އެނގޭނެ ހަޑި ވާ ކަން، އެހެންވީމަ ރީތގިކޮށް ގެންގުޅެން ބާރު އަޅަންޖެހޭ ކަން،" ނާހިދާ ވިދާޅުވި އެވެ.

ބެލެނިވެރިންނަށް ޗެލެންޖެއް، އެކަމަކު ތަރުހީބު އެބަ އޮތް

ރަށުގެ ބެލެނިވެރިން ސްކޫލާއި ޕްރިންސިޕަލްގެ ނިންމުމަށް ތާއީދެވެ. އެކަމަކު ގްރޭޑް ފަހަކުން ދަށުގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ހުރިހާ ފޮތެއްގައި ފޮތި ކަވަރު ބޭނުންކުރުމަކީ ކުޑަކުދިންނަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ.

"ވަރަށް ރަނގަޅު އިނީޝިއޭޓެއް. އެކަމަކު ގްރޭޑް އެކެއް ދޭއްގެ ކުދިންނަށް އެ ކަވަރުތައް ހަޑިކޮށްނުލައި ގެންގުޅެން އުނދަގޫވާނެ ވަރު ހިތަށް އަރަނީ. އެހެން ނޫން، ތަންކޮޅެއް ބޮޑެތި ކުދިންނަށް ހަމަ ވަރަށް ރަނގަޅު ޗެލެންޖެއް މިއީ." ނާސިހާ މުޣުނީ ބުންޏެވެ.

ޝަހުމީމާ ޑިޒައިންކޮށްފައިވާ ކަވަރުތަކެއް
ޝަހުމީމާ ޑިޒައިންކޮށްފައިވާ ކަވަރުތަކެއް

ޝަހުމީމާ ޑިޒައިންކޮށްފައިވާ ކަވަރުތަކެއް

އެކަމަކު ނާސިހާ ވެސް ހުރީ އާ ޗެލެންޖުގެ އަޖުމަބަލާލަން ބޭނުންވެފަ އެވެ. ޕްރައިމަރީގައި ކިޔަވަމުންދާ އޭނާގެ ދަރިފުޅަށް ވެސް އާ އަހަރުގެ ފޮތްތަކަށް ފޮތިން ކަވަރު ފަހާނެ ކަމަށް ބުންޏެވެ.

ފޮތްތަކަށް ކަވަރު ފަހައި ދިނުމުގައި އުޅޭ ޝަހުމީމާ ބުނީ މިހާރުވެސް ވަރަށް ގިނަ އޯޑަރު ލިބިފައިވާ ކަމަށެވެ. އޭނާ އަކީ ފޮތީގައި އެމްބްރޮއިޑް ވެސް ކުރާ މީހަކަށް ވާތީ ގިނަ ކަވަރު ތަކުގައި ކުއްޖާގެ ނަން އެމްބްރޮއިޑްކޮށް ޑިޒައިން ވެސް ކުރާ ކަމަށް ބުންޏެވެ.

"އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅު ކަމެއްހެން މިއީ. ސަބަބަކީ މި ކަވަރުތައް ހުންނަނީ ބާލީސް ނުވަތަ ވާހަކަ ފޮތްތަކުގެ ބޭރުގައި ހުންނަ ކަވަރު ގޮތަށް މުޅި ފޮތަށް ލެވޭ ގޮތަށް. ހަޑި ވީމަ ދޮވެވޭނެ. ކޮންމެ އަހަރަކަށް މުޅިން އާ ރީތި ކަވަރު ލެއްވުމުގެ ބަދަލުގައި ގިނަ އަހަރު ތަކަކަށް ކަވަރުތައް ބޭނުންކުރެވޭނެ. ރީ-ޔޫސް ކުރުމުގެ ރަނގަޅު އާދަޔަކާ ދިމާލަށް ބޮޑެތިވާ ކުދިންގެ ވިސްނުން ދީލާލެވޭނެ ކަހަލަ އިނީޝިއޭޓެއް މިއީ." ޝަހުމީމާ ބުންޏެވެ.

ކޮންމެއަކަސް މި ތަފާތު އާ ޗެލެންޖާ އެކު ގައްދޫގެ ބެލެނިވެރިންގެ މެދުގައި އާ އަހަރުގެ ޖޯޝު ވަރަށް ގަދަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox