ފައިޓޯނިޔުޓްރިއެންޓްސް: ތަފާތު ކުލަތައް ކެއުމުގައި ހިމެނުމުގެ މުހިއްމުކަން

ތަފާތު އެކި ކުލަތަކުގެ މޭވާ އާއި ތަރުކާރީން ހަށިގަނޑަށް ބޮޑެތި ފައިދާތައް ލިއްބައިދޭ.--

ތަފާތު އެކި ކުލަތަކުގެ މޭވާ އާއި ތަރުކާރީން ހަށިގަނޑަށް ބޮޑެތި ފައިދާތައް ލިއްބައިދޭ.--

ތަފާތު އެކި ކުލަތައް ހިމެނޭ ކެއުންތަކުން ސިއްހަތު ރަނގަޅު، ދިގު އުމުރެއް އުޅެން މަގުފަހިވާނެކަން އެނގޭ ހެއްޔެވެ؟ ކުލަގަދަ މޭވާ އާއި ތަރުކާރީ ގައި ހިމެނޭ ފައިޓޯނިޔުޓްރިއެންޓްސްގެ ސަބަބުން ސިއްހަތު ވެސް އުޖާލާކޮށް ކުލަގަދަކޮށްދެ އެވެ. ފައިޓޯނިޔުޓްރިއެންޓްސްއަކީ ގަހަކަށް ބޭނުންވާ ކުލަތަކާއި، ރަހަތަކާއި ވަސްތައް ލިއްބައިދޭ މާއްދާ އެވެ. އަދި މިއީ ގަހުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ގުދުރަތީ މާހައުލުގައިވާ ބަލިތަކާއި، މާ ބޮޑަށް އަވި ދިނުން ފަދަ ކަންކަމުން ގަސްތައް ރައްކާތެރިކޮށްދޭ މާއްދާ އެކެވެ.

އިންސާނުން ޕްލާންޓް ފުޑް ކެއުމުން، އޭގައިވާ ފައިޓޯނިޔުޓްރިއެންޓްސްގެ އެހީގައި ކްރޯނިކް ނުވަތަ ދިގުދެމިގެންދާ ބޮޑެތި ބަލިތަކުން ރައްކާތެރިކޮށްދެ އެވެ. ފައިޓޯނިޔުޓްރިއެންޓްސްއިން ކެންސަރާ ދެކޮޅު އަދި ހިތުގެ ބައްޔާ ދެކޮޅު އަސަރުތަކެއް ހަށިގަނޑަށް ކޮށްދެ އެވެ. އެޕިޑެމިއޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި މޭވާ އާއި ތަރުކާރި ގިނައިން ކެއުމުން ކްރޯނިކް ބަލިތަކުގެ ނުރައްކާ ކުޑަވެ އެވެ. އެގޮތުން ހިތުގެ ބަލިތަކާއި ބައެއް ކަހަލަ ކެންސަރުތަކަށް ހުށަހެޅުމުގެ ފުރުސަތު ކުޑަވެ އެވެ.

އެމެރިކާގެ ކެންސާ ސޮސައިޓީން ލަފާދެނީ ކޮންމެ ދުވަހަކު ވެސް 2.5 ޖޯޑުގެ މޭވާ އާއި ތަރުކާރީ ކެއުމަށެވެ. އެމެރިކާއިން އެންމެ ފަހުން ނެރުނު ޑަޔަޓެރީ ގައިޑްލައިންގައި ލަފާދެނީ އެއަށް ވުރެ ވެސް އިތުރަށް ކެއުމަށެވެ. އެގޮތުން ކޮންމެ ދުވަހަކު 2.5 ޖޯޑު ތަރުކާރީ އަދި 2 ޖޯޑު މޭވާ 2000 ކެލޮރީގެ ޑަޔަޓެއްގައި ހިމެނުމަށް ލަފާދީފައި ވެ އެވެ.

Advertisement

ކާތަކެތި ކުލަގަދަ ކުރާނީ ކިހިނެއް؟

މިކަން ކުރުމަށް ވީހާވެސް ގިނައިން މޭވާ އާއި ތަރުކާރީ ކެއުމުގައި ހިމަނާށެވެ. ކޮންމެ ކުލަޔަކުން ވެސް ފޯރުކޮށްދެނީ މުޅިން ތަފާތު ސިއްހީ ފައިދާއެކެވެ. އަދި އެއް ކުލައަށް ވުރެ އަނެއް ކުލައިން ލިއްބައިދޭ ފައިދާ ހަށިގަނޑަށް ވަކިން ހާއްސަކޮށް މުހިއްމެއް ނުވެ އެވެ. ހުރިހާ ކުލައަކުން ލިބޭ ފައިދާ ހަމަހަމަކޮށް ބޭނުންވެ އެވެ. އެކި ކުލަތަކުގެ ބެލެންސްޑް ޑަޔަޓެއް މުހިއްމު ވަނީ އެހެންވެ އެވެ. ގިނައިން ހަށިގަނޑަށް ފައިޓޯނިޔުޓްރިއެންޓްސް ލިއްބައިދެނީ މޭވާ އާއި ތަރުކާރީގެ ތޮއްޓާއެކު ކެއުމުންނެވެ. އެއީ ފައިޓޯނިޔުޓްރިއެންޓްސް އެންމެ ގިނައިން ހިމެނެނީ ތޮށީގައި ކަމަށް ވާތީ އެވެ. އެހެންކަމުން މޭވާ އާއި ތަރުކާރީ ކެއުމުގައި ބޭނުން ކުރާއިރު ތޮށި ނުމަށާ ވޭތޯ ބަލާށެވެ.

ތިރީގައި އެވަނީ މޭވާ އާއި ތަރުކާރީގެ އެކި ކުލަތަކުން ލިއްބައިދޭ އެކި ފައިދާ އެވެ.

ރަތް ކުލަ: މިއީ ކެރޮޓެނޮއިޑް ލައިކޮޕީން މުއްސަނދި ތަކެއްޗެވެ. މިީގެން ޕްރޮސްޓޭޓް ކެންސަރާއި ލަންގް ޑިޒީޒްއާ ދެކޮޅަށް ރައްކާތެރިކަން ހޯދޭނެ އެވެ. މިި ލިބޭނީ ސްޓްރޯބެރީ، ކްރޭންބެރީ، ރާސްޕްބެރީ، ޓޮމާޓޯ، ޗެރީ، އާފަލު، ބީޓްސް، ކަރާ، ރަތް މޭބިސްކަދުރު، ރަތް މިރުސް އަދި ރަތް ފިޔާ ފަދަ ތަކެތިންނެވެ.

އޮރެންޖު އަދި ރީނދޫ: ބީޓާ ކްރިޕްޓޮތޭންކްސިން މިއީ ސެލްތަކުގެ ގުޅުން ބަދަހިކޮށް، ހިތުގެ ބައްޔާ ދުރުކޮށްދޭ ކަމަށް ބެލެވޭ އެއްޗެކެވެ. މި ލިބެނީ ކެރެޓު، ސްވީޓް ޕޮޓޭޓޯ، ރީނދޫ މިރުސް، އޮރެންޖު، ދޮންކެޔޮ، އަލަނާސި، އަނބު، ބަރަބޯ، އެޕްރިކޮޓް، ބަޓާނާ، ޕީޗް، މެލަން އަދި ކޯން ފަދަ ތަކެތިންނެވެ.

ފެހި ކުލަ: ކެންސަރް ބްލޮކް ކުރާ ކެމިކަލް ސަލްފޮރެފޭން، އައިސަޔަނޭޓް އަދި އިންޑޯލްސް ގިނައިން ހިމެނެ އެވެ. ސްޕިނެޗް، ކެބެޖް، ބްރަސެލްސް ސްޕްރައުޓް، ކިވީ ފްރުޓް، ކޮލާޑް ގްރީންސް، ގްރީން ޓީ، މިންޓް، ރޯޒްމެރީ، ސޭޖް، ތައިމް ބެސިލް ފަދަ ހާބްތަކުން މި ލިބޭނެ އެވެ.

ނޫ އަދި ދަނބު: އެންތޮސަޔަނިންސްގެ ނަން ދީފައިވާ ބާރުގަދަ އެންޓިއޮކްސިޑެންޓު މީގައި ހިމެނެ އެވެ. މުސްކުޅިވުން ލަސްކޮށްދީ ލޭ ގަނޑުވުން ދުރުކޮށް ހިތުގެ ސިއްހަތަށް މީގެ ފައިދާ ކުރެ އެވެ. ބްލޫބެރީ، ބްލެކްބެރީ، އެލްޑާބެރީ، މޭބިސްކަދުރު، ރެއިޒިން، ބަށި، ޕްލަމް، ފިގް، ޕްރޫންސް، ލެވެންޑާ، ދަނބު ކެބެޖް ފަދަ ތަކެތިން މި ލިބޭނެ އެވެ.

ހުދު އަދި މުށި: ފިޔާ އާއިލާގައި ހިމެނޭ އަލިސިންއަކީ ޓިއުމަރާ ދެކޮޅަށް މަސައްކަތް ކުރާ މާއްދާ އެކެވެ. ދެން މި ގްރޫޕުގައި ހިމެނޭ ތަކެތީގައި ފެލެވޮނޮއިޑް، ކުއޭސެތިން، ކޭމްޕްފެރޯލް ފަދަ އެންޓިއޮކްސިޑެންޓު އެކުލެވެ އެވެ. ފިޔާ، ކޯލިފްލާވާ، ގާލިކް، ލީކްސް، ޕާސްނިޕްސް، ރެޑިޝް މަޝްރޫމް ފަދަ ތަކެތިން މި ފައިދާތައް ލިބޭނެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox