އާތުރައިޓިސް: ކަށީގައި ރިހުން ކުޑަ ކުރަން ދިރިއުޅުމަށް ގެނެވޭނެ ބަދަލުތައް

ރާއްޖެ ބަލި ނުވަތަ އާތްރައިޓިސްއަކީ ގިނަ ދިވެހިންނަށް ދިމާވާ މައްސަލައެއް.--

ރާއްޖެ ބަލި ނުވަތަ އާތްރައިޓިސްއަކީ ގިނަ ދިވެހިންނަށް ދިމާވާ މައްސަލައެއް.--

ދިރިއުޅުމުގައި ވައްޓަފާޅި ބިނާ ކުރާ ގޮތުގެ ސަބަބުން ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރެ އެވެ. ރާއްޖެ ބަލި ނުވަތަ އާތުރައިޓިސް ހުންނަ މީހުންނަށް މިއީ ވިސްނަން ވަރަށް މުހިއްމު ކަމެކެވެ.

އާތުރައިޓިސްއަކީ ހަށިގަނޑުގެ ހުޅުތައް ދުޅަވުމާއެކު، މަޑުވުމަށް ދިމާވާ ހާލަތެކެވެ. މި ހާލަތުގެ މައިގަނޑު އަލާމާތްތަކަކީ ހުޅުތަކާއި ކަށީގައި ރިހުމެވެ. އުމުރުން ދުވަސް ވާ ވަރަށް ރިހުން ގޯސް ވެ އެވެ.

ނަމަވެސް އާތުރައިޓިސްއާ ގުޅިގެން ދިމާވާ ތަދުތަކާއި ރިހުންތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން މެނޭޖު ކުރެވިދާނެ ކަމެކެވެ. ތިރީގައި އެ ވަނީ އެގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.

Advertisement

އާތުރައިޓިސްގެ ރިހުން ކޮންޓްރޯލް ކުރަން ބަރުދަން މުހިއްމު

މުޅި ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ރަނގަޅު ބަރުދަނެއްގައި ދެމި ހުންނަން ޖެހެ އެވެ. ހަށިގަނޑުގެ ދުޅަހެޔޮކަމުގެ ތެރޭގައި ކަށިތަކާއި ހުޅުތަކުގެ ދުޅަހެޔޮކަން ހިމެނެ އެވެ. ބަރުދަން އިތުރުވުމުގެ ސަބަބުން ހުޅުތަކަށް އިތުރު ބުރަ އުފުލަން ޖެހުމަކީ އާތުރައިޓިސްގެ ރިހުން ގޯސް ކުރާނެ ކަމެކެވެ.

ކަސްރަތު ކުރުން: ގަވާއިދުން ކަސްރަތުކޮށް، ރަނގަޅު ބަރުދަނެއްގައި ދެމިހުރުމުން ރިހުންތައް ކޮންޓްރޯލް ކުރެވޭނެ އެވެ.

ދުޅަހެޔޮ ޑަޔަޓެއް ގެންގުޅުން: ލޯ ފެޓް، ލޯ ކެލޮރީ ކާ އެއްޗެހި ހިޔާރު ކުރާށެވެ. ގިނަ ތަރުކާރީ އާއި މޭވާ ހިމެނޭ ގޮތަށް ކެއުންތައް ރާވާށެވެ.

ވިޓަމިން ސީ ގިނަކުރުން: ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑަށް ދިމާވާ ދުޅަވުމުގެ މައްސަލައަށް ވިޓަމިން ސީއަކީ ރަނގަޅު އެއްޗެކެވެ.

ސްޓްރެސްގެ ސަބަބުން އާތްރައިޓިސްގެ ރިހުމަށް ކުރާ އަސަރު

ކަށިތަކާއި ހުޅުހުޅުގައި ރިހުމުގެ ސަބަބުން ސްޓްރެސްވެ، ޑިޕްރެސްވުމަކީ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް މިފަދަ ޝުއޫރުތަކުގެ ސަބަބުން އެ ރިހުންތައް އިތުރަށް ގޯސްވުމަކީ ވެދާނެ ކަމެކެވެ.

ޗުއްޓީއެއް ނެގުން: ސްޓްރެސް ލެވެލް މެނޭޖު ކުރުމަށް ޗުއްޓީއެއް ނެގުން ފަދަ ކަމެއް ކުރެވިދާނެ އެވެ. ނަމަވެސް ޗުއްޓީގައި ވެސް ގަވާއިދުން ބޭސް ކައި، ކަސްރަތު ކުރުމަށް ސަމާލުކަން ދޭން ޖެހެ އެވެ.

ޝުއޫރުތައް ލިޔުން: ސްޓްރެސްވުން ފަދަ ކަމެއް ދިމާވާ ނަމަ އެ ވާހަކަތައް ހާމަ ކުރާށެވެ. ޑަޔަރީ ނުވަތަ ބްލޮގެއްގެ ސިފައިގައި މިކަން ކުރެވިދާނެ އެވެ.

އަރާމު ކުރުން: ކޮންމެ ރެއަކު މަދުވެގެން އަށް ގަޑިއިރު ނިދި އަދި ގަވާއިދުން ދުވާލު ގަޑީގައި އަރާމު ކުރުމަކީ ސްޓްރެސް ފިލުވަން އެހީވެދޭނެ ކަމެކެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox