ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސަައްކަތް ހަވާލުނުކުރި ސަަބަބު މުއިއްޒު ސާފުކޮށްދެއްވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް: ފްލެޓް ލިބުނު މީހުންނަށް މި ހިނގާ ޖުލައި މަހުގެ ތެރޭގައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: ހުސެއިން ޝަޔާޙް/އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް: ފްލެޓް ލިބުނު މީހުންނަށް މި ހިނގާ ޖުލައި މަހުގެ ތެރޭގައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: ހުސެއިން ޝަޔާޙް/އަދަދު

ކުރީގެ ސަރުކާރުން ޗައިނާގެ ކުންފުންޏާ ހިޔާ ފްލެޓްތައް އަޅަން ހަވާލުކުރިއިރު ފިނިޝިން މަސައްކަތް ނުހިމެނީ، ހުރިހާ މަސައްކަތެއް ނިންމާފައި ހަވާލުކުރާ ފްލެޓްތަކަށް ވެރިފަރާތުން ގެންނަ ބަދަލުތަކުގެ ސަބަބުން ކޮންޓްރެކްޓަރާއި ޑިވެލޮޕަރާ މެދު ވެވޭ އެއްބަސްވުން ބާތިލުވާން މެދުވެރިވާތީ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނަވައިގެން ފެށި ހިޔާ މަޝްރޫއުގެ އޮރިޖިނަލް ސްކޯޕްގެ ތެރޭގައި ފިނިޝިން މަސައްކަތް ނުހިމަނަ އެވެ. އޭރުގެ ސަރުކާރާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވިސްނީ އިތުރު ލޯނެއް ނަގައިގެން ފިނިޝިން މަސައްކަތް ނިންމާށެވެ. އަދި ސަރުކާރު ބަދަލުވީ ފަހުން މި ސަރުކާރުގައި ވެސް ފުރަތަމަ ގެންގުޅުނީ މި ވިސްނުމެވެ.

ނަމަވެސް އެކި ސަބަބުތަކާ ހުރެ އެޗްޑީސީއަށް މި ލޯނު ނުނެގި ގިނަ ދުވަސްވުމާއި ފްލެޓްތައް ހަވާލުކުރުން ލަސްވާ ކަމުގެ ޝަކުވާތަކާ ހެދި މި ސަރުކާރުން ނިންމީ އެ މަސައްކަތް ނުކޮށް ކުރިން އެއްބަސްވެވިފައި އޮތް މިންވަރަށް ނިންމައި ފްލެޓްތައް އަވަހަށް ހަވާލުކުރާށެވެ.

Advertisement

ފިނިޝިން ހަވާލުނުކުރީ މާޒީގެ ތަޖުރިބާގެ އަލީގައި

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ހަވާލު ނުކުރަން ނިންމި ސަބަބާ ގުޅޭގޮތުން މުއިއްޒު "އަދަދު"އަށް ވިދާޅުވީ ކުރީގެ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުން ފްލެޓަށް ބަދަލު ގެނައުމާ ގުޅިގެން ފްލެޓްތައް މަރާމާތުކުރަން ކޮންޓްރެކްޓަރުން އިންކާރުކޮށް އެއްބަސްވުން ބާތިލުކުރަން ޖެހިފައިވާ ކަމަށެވެ.

އެއްބަސްވުންތައް ބާތިލުވަނީ މި ބަދަލުތަކަކީ ކޮންޓްރެކްޓްރާ ޑިވެލޮޕަރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ޑިފެކްޓް ލަޔަބަލިޓީ ނުވަތަ އިމާރާތަށް ލިބޭ ގެއްލުމަށް ޒިންމާވުމާ ގުޅޭ މާއްދާގައި ބުނާ މުއްދަތުގެ ތެރޭގައި، ފްލެޓަށް ބަދަލު ގެނައުން މަނާކޮށްފައި އޮންނާތީ އެވެ.

"ވަރަށް ގިނަ މީހުން ފްލެޓް ލިބުނީމަ ފްލެޓަށް އެބަ ބަދަލުތައް ގެނޭ. އޭގެ ސަބަބުން ކޮންޓްރެކްޓަރާ އެކީގައި ޑިވެލޮޕަރު ހަދާފައި އޮންނަ އެގްރީމެންޓް އިންވެލިޑް ވާގޮތް އެބަވޭ. އެއީ ޑިފެކްޓްސް ލަޔަބިލިޓީ ޕީރިއަޑްގެ ތެރޭގައި މިކަހަލަ ބަދަލުތައް ގެންނަންޏާ ކޮންޓްރެކްޓް ވޮއިޑްވާ ގޮތް އެބަވޭ،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ އޮރިޖިނަލް ސްކޯޕްގެ ތެރޭގައި މި މަސައްކަތް ނުހިމެނި ނަމަވެސް، އޭރު ސަރުކާރާއި އެޗްޑީސީން އޮތީ ފިނިޝިން މަސައްކަތަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސާފައި ކަމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަން ބަދަލުވިއިރު ވެސް އޮތީ ފިނިޝިން ހަވާލުކޮށް ނިންމާފައި ފްލެޓްތައް ދެވޭވަރަށް ކަންކަން ހަމަޖެހިފަ އެވެ.

އޭރު ހުށަހެޅި ގޮތުން ކުއްޔަށް އިތުރުވާނީ މަހަކު 207ރ.

އެޗްޑީސީން އަންދާޒާކުރީ ފްލެޓަކަށް 43.5 މިލިއަން ޑޮލަރު (668.7 މިލިއަން ރުފިޔާ)ގެ ލޯނަކުން ފިނިޝިން މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ. ލޯނު ނެގުމަށް ފަހު މަސައްކަތް ހަވާލުކުރަން ނިންމީ ހިޔާ ފްލެޓުގެ ކޮންޓްރެކްޓަރު، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން(ސީއެސްސީއީ)އާ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެޗްޑީސީ އާއި ސީއެސްސީއީ އާ ދެމެދު މި އެއްބަސްވުމުގައި ސޮއިކުރީ ނޮވެމްބަރު 2019 ގައެވެ. އަދި މި ލޯނުގެ މަޝްވަރާތައް ކުރެވުނީ ހިޔާ ޕްރޮޖެކްޓުގެ 15 ޕަސެންޓު ފައިނޭންސިން ހަމަޖެއްސި ކްރެޑިޓް ސުއިސް ބޭންކާ އެވެ. ނަމަވެސް ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ދިގުލައިގެން ދިޔުމާ ގުޅިގެން، ފައިނޭންސް ހޯދުމުގެ މަސައްކަތް ހުއްޓާލުމަށް ފަހު ފިނިޝިން މަސައްކަތް ނިންމަން ވެވުނު އެއްބަސްވުން ބާތިލު ކުރީ އެވެ.

މިކަންކަމަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ، ސަރުކާރު ބަދަލުވީއިރު ޕްރޮޖެކްޓަށް ބޭނުންވާ އެއްވެސް ކަމެއް ހަމަނުޖެހި ނޯންނާނެ ކަމަށެވެ. އަދި އޭރު ސަރުކާރުން ގެންގުޅުނު ވިސްނުމުގެ ތެރެއިން، ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމާފައި ހަވާލުކުރުމުން ކުއްޔަށް އިތުރުވާނީ މަހަކަށް އެންމެ 207ރ. ކަމަށް ވިދާޅުވި އެވެ.

އޭރު އެޗްޑީސީން މި ފްލެޓްތަކުގެ ފިނިޝިން ނިންމަން ފަސް އޮޕްޝަނެއް ތައްޔާރުކުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން ނިންމީ މި އޮޕްޝަންތަކުގެ ތެރެއިން ފްލެޓް ލިބޭ މީހާ އިހްތިޔާރުކުރާ ގޮތަކަށް ފިނިޝިން މަސައްކަތްތައް ނިންމާފަ އެވެ.

"ފިނިޝް ކުރުމުގެ ބައި، އެންމެ ގިނައިން ބަދަލު ގެންނަ ތަންތަން، ޓައިލްސް ކަހަލަ ތަންތަން، އެބަޔަށް ޕެކޭޖްތަކެއް ހަދާނީއޭ. ފަސް ޕެކޭޖެއް އެބޭފުޅުން ހެއްދެވީ. އެހެންމަ ފްލެޓް ލިބޭ މީހާއަށް މި އޮޕްޝަންތައް ދައްކާފައި އެ މީހާ ޗޫސްކުރާ އޮޕްޝަނަށް އެޗްޑީސީން އެތަން ނިންމަ ދީފަ ތަޅުދަނޑި ދޭގޮތަށް. ވަރަށް ސްމޫތް ގޮތެއް. އެގޮތަށް ނިންމީ އޭރުން ދެން ވަންނަ އިރު ދެން އިތުރަކަށް ބަދަލެއް ނުގެންނާނެޔޭ. އޭރުން އެއްކަލަ ޑިފެކްޓްސް ލަޔަބިލިޓީ ޕީރިއަޑް އިންނާނީ އިންޓެކްޓްކޮށޭ އެގްރީމެންޓުގަ މައްސަލައެއް ނުޖެހި." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިގޮތަށް މަސައްކަތް ނިންމާފައި ހަވާލު ކުރުމުން ކޮންޓްރެކްޓަރާ އެކު ވެފައިވާ އެއްބަސްވުމުގައި ބުނާ ޑިފެކްޓްސް ލަޔަބިލިޓީ ޕީރިއަޑްގެ ތެރޭގައި ފްލެޓަށް ބަދަލު ނުގެންނާނެ ކަމަށެވެ.

ފައިނޭންސް ހަމަނުޖެހުނީ ސަރުކާރުގެ ދޯހަޅިކަމުން: މުއިއްޒު

ހިޔާ ފްލެޓްތަކުގެ މައްސަލައިގައި މިހާރުގެ ސަރުކާރަށާއި ކުރީގެ ސަރުކާރަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް ފިނިޝިން މައްސަލައިގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ރައްޔިތުންގެ ބޮލަށް މި ހަރަދުތައް ޖެހުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ގިނަ މީހުން ދެކެ އެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން އެ ހަރަދު ރައްޔިތުން އުފުލަން ނިންމި ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި އެޗްޑީސީ ފަދަ ތަނަވަސް ކުންފުންޏަކަށް މި ހާލަތުގައި ލޯނެއް ހަމަނުޖެހިން ކަމަށް ބުނެ މި މަސައްކަތް ނުކުރަން ނިންމުން ބަލައި ނުގަނެވޭ ކަމަށާއި، އެރީ ސަރުކާރުގެ ދޯހަޅި އިގުތިސޯދީ ސިޔާސަތުގެ ނަތީޖާ ކަމަށް ވިދާޅުވެ ސަރުކާރަށާއި އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓަށް ބޮޑެތު ފާޑުކިޔުންތަކެއް އަމާޒު ކުރި އެވެ.

"އަޅުގަނޑަކަށް ނުވިސްނޭ މިކަން ކުރަން ވިސްނާފައި އޮތް ގޮތެއް. ރީއްޗަށް ކުރެވެން އޮތް ކަމެއްގައި ސަރުކާރު ބަދަލުވީ ފަހުން ސިޔާސީ ގޮތުން ދެއްކި ވާހަކަތަކުން މިހެންވީ. އެޗްޑީސީގެ އަތުން އެއްޗެއް ދާތީކީއެއް ނޫން." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އަދިވެސް ސަރުކާރަށް މިކަމުގައި ރައްޔިތުންނަށް ތަކުލީފު ކުޑަވާނެ ގޮތަކަށް އަމަލު ކުރަން ގޮވާލާ، ބާރުއަޅާނެ ކަމަށެވެ. އަދި ބޭރުގެ ބޭންކުތަކާއި ރާއްޖޭގެ ބޭންކުތަކާ ވާހަކަ ދައްކައިގެން އެ ފައިސާ ހަމަނުޖެހޭނެ ކަމަށް ބުނުމަކީ ބުއްދި ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ނިންމާފައި އޮތީ ފްލެޓް ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތެއް ފިނިޝިން މަސައްކަތް ނިންމަން ދޭށެވެ. މި މުއްދަތުގެ ތެރޭގައި ކުލި ނުނަގާ ގޮތަށް ވަނީ ނިންމާފަ އެވެ. އެކަމަކު ރައްޔިތުން އެގޮތަށް ބޭނުންވާތީ ފިނިޝިން މުއްދަތު ނުވަ މަސް ދުވަހަށް އިތުރުކުރުމަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.

މި މައްސަލައިގައި ސަރުކާރާއި އެޗްޑީސީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ފިނިޝިން މަސައްކަތްތައް ނިންމުމުގައި ފައިސާގެ އެހީއެއް ދިނުމާއި، މުއްދަތު އިތުރުކޮށްދިނުމާއި ގުޅޭ މަޝްވަރާތައް ދަނީ ކުރިޔަށް ކަމަށެވެ. މިހާތަނަށް މިއިން މަޝްވަރާއަކާ ގުޅިގެން ހިޔާ ފްލެޓާ ގުޅޭ އެއްވެސް ކަމަކަށް ބަދަލެއް ނުގެނެ އެވެ.

ހިޔާ ފްލެޓް މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. މި މަޝްރޫއަށް 15 ބިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox