އެރިކްސަންގެ ހާލު އަންނަނީ ރަނގަޅުވަމުން: ޑެންމާކް ޓީމު ޑޮކްޓަރު

Jun 13, 2021, 7:36 PM
އެރިކްސަންގެ ހާލު އަންނަނީ ރަނގަޅުވަމުން: ޑެންމާކް ޓީމު ޑޮކްޓަރު

ކޯޕެންހާގެން (ޖޫން 13) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފިންލެންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުުމުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް މިހާތަނަށް ދެވުނު ފަރުވާތަކަށް ބަލާއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ޑެންމާކުގެ ޓީމު ޑޮކްޓަރު މޯޓެން ބޮއެސަން ބުނެފި އެވެ.

ޑެންމާކުގެ ކޮޕެންހާގެންގައި ކުޅުނު ރޭގެ މެޗު 0-0 އިން އެއްވަރުވެފައި ވަނިކޮށް އުމުރުން 29 އަހަރުގެ އެރިކްސަން ދަނޑުގެ އަރިމަތިން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މެޗުގެ ރެފްރީ އެންތަނީ ޓޭލާ ވަނީ މެޑިކަލް ޓީމު އަވަހަށް ދަނޑަށް އަރުވައިފަ އެވެ. މެޑިކަލް ޓީމު އަންނަންދެން އެވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެރިކްސަން އަށް ސީޕީއާރް ދިނީ ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ އެވެ.

"އެއީ ކާޑިއަކް އެރެސްޓެއް. (އެކަމުން އަރައިގަންނަން) އަހަރެމެން ކޮންމެ މީހަކަށް ވެސް ވަރަށް ރަނގަޅަށް ކަންތައް ކުރެވިފައި ހުރީ. އަވަސްކޮށް ނެގިފައި ހުރި ޑިޒިޝަން (ނިންމުންތައް) ވެސް ރަނގަޅު. ނަސީބު ރަނގަޅު ކަމަކީ އެރިކްސަން ވަރަށް އަވަހަށް ދައްކާ ވާހަކަ އަށް ރެސްޕޮންސް ދޭން ފަށައިފި. މިހާތަނަށް ހެދި ޓެސްޓްތަކުން ފެންނަނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަތަން،" ޑރ. ބޮއެސަން ބުންޏެވެ.

އިންޓަ މިލާނަށް ކުޅެމުން އަންނަ އެރިކްސަންގެ ހާލަތު އިތުރަށް މޮނިޓާކޮށް އަދިވެސް ޓެސްޓްތަކެއް ހަދަން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ބާއްވާނެ ކަމަށް ޑެންމާކުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.

އެރިކްސަން އަށް ދިމާވި ކަންތައްތަކަށް ފަހު މެޗު މެދުކަނޑާލި އެވެ. އަލުން ދެ ގަޑިއިރެއްހާއިރު ފަހުން މެޗު ފެށީ އެރިކްސަންގެ ހާލު އެ ވަގުތަށް ވެސް ރަނގަޅުކަން ކަށަވަރު ކުރުމަށް ފަހު އެވެ. އެ މެޗު ހުއްޓާލި ހިސާބުން އަލުން ފަށައިގެން ފުރިހަމަކުރިއިރު، ފިންލެންޑުން ވަނީ 1-0 އިން ޑެންމާކް ބަލިކޮށްފަ އެވެ.

ޑެންމާކުގެ ކޯޗު ކެސްޕާ ޖޮލްމަންޑް ބުނީ މެޗު އަލުން ފެށުނީތީ ހިތާމަކުރާ ކަމަށެވެ.

"އަަހަރެން ގަބޫލުކުރާގޮތުގައި އެ މެޗު ކުޅުން ރަނގަޅެއް ނޫން. ބައެއް ކުޅުންތެރިން ތިބީ ޝޮކުގައި. ނަފްސާނީ ގޮތުން ބަލާއިރު ވެސް އެ ކަހަލަ ކަމެއް ދިމާވެފައި އޮއްވައި މެޗު ކުޅުމަކީ ރަނގަޅު ކަމެއް ނޫން. އެކަމަކު އެރިކްސަންގެ ހާލު އެ ވަގުތަށް ރަނގަޅުވީމަ މެޗު ފެށީ،" ޖޮލްމަންޑް ބުންޏެވެ.

ޖޮލްމަންޑް ބުނީ އެރިކްސަންއާ ފޯނުން ވާހަކަ ދެކެވުނު ކަމަށާއި ދިމާވި ކަންތައްތަކުގެ ހަނދާން އޭނާގެ ނެތް ކަމަށެވެ. އެހެންވެ ޑެންމާކްގެ ކުޅުންތެރިންގެ ނިންމުމަކީ އެ ހާދިސާއާ ގުޅޭ ވާހަކަތައް އިތުރަށް އެރިކްސަންއާ ނުދެއްކުމަށާއި އޭނާ ރިކަވަރީ އަށް ވަގުތު ދިނުމަށެވެ.

ޑެންމާކުގެ ކުރީގެ ކީޕަރު ޕީޓާ ޝްމައިކަލް ވަނީ ކުޅުންތެރިއަކަށް އެ ފަދަ ކަމެއް ދިމާވެފައި އޮއްވައި މެޗު ކުޅެން ޔުއެފާ އިން ނިންމުމަކީ ވަރަށް ގޯސްނިންމުމެއް ކަމަށް ބުނެފަ އެވެ.

ޑެންމާކުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެރިކްސަން އަށް ދެން މި ފަހަރުގެ ޔޫރޯގައި ވާދަކުރާ ޑެންމާކު ޓީމާ ބައިވެރިވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

ކޯޕެންހާގެންގެ ރިގްސްހޮސްޕިޓަލެޓް ކައިރީގައި އެރިކްސަން އަށް ސަޕޯޓް ދިނުމަށް ގިނަ ސަޕޯޓަރުން އެއްވި އެވެ. އަދި ދުނިޔޭގެ ފުޓްބޯޅައިގެ އެކި ކަންކޮޅުތަކުން އެރިކްސަން އަށް ހާއްސަކޮށް މެސެޖްތައް ދީފައިވެ އެވެ.

އޭގެ ތެރޭގައި މަޝްހޫރު ކުޅުންތެރިންގެ އިތުރުން އެރިކްސަންއާ އެކު އިންޓަ މިލާނާއި ޓޮޓެންހަމަށް ކުޅުނު ކުޅުންތެރިން ހިމެނެ އެވެ. ލަނޑެއް ޖެހުމަށް ފަހު އެރިކްސަން އަށް ހާއްސަކުރި ކުޅުންތެރިންނަކީ ޓޮޓެންހަމްގެ ކޮރެއާ ފޯވާޑް ސޮން ހެއުން މިން އާއި އިންޓަ މިލާންގެ އަލްޖީރިއާ ވިންގް އަޝްރަފް ހަކީމީ އަދި އިންޓަ މިލާނުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox