މިޝްކާގެ މަރުގެ ތަހުގީގު މިރޭ ނިމޭނެ، ފިޔަވަޅު އަޅާނަން: މިނިސްޓަރު

މިޝްކާ: އޭނާގެ މަރުގައި އިހުމާލެއް ވޭތޯ ކަމާބެހޭ އިދާރާތަކުން އަންނަނީ ބަލަމުން.

މިޝްކާ: އޭނާގެ މަރުގައި އިހުމާލެއް ވޭތޯ ކަމާބެހޭ އިދާރާތަކުން އަންނަނީ ބަލަމުން.

ކޮވިޑުގައި ރޭ މަރުވި 10 އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުން ލަސްވުމުގައި އިހުމާލު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ މަރުގެ ތަހުގީގު މިރޭ ނިމޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދުގެ ފަރުވާގައި އިހުމާލުތަކެއް އާއިލާ އިން ދަނީ ދައްކަމުންނެވެ. ކުއްލިއަކަށް ހާލު ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރާ 10 މިނެޓު ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.

އެޗްއޯއީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ތަހުގީގު ނިމުމުން ހުރިހާ މައުލޫމާތެއް ހާމަކޮށް އިހުމާލުވެފައިވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

Advertisement

"އިރާދަކުރެއްވިއްޔާ މިރޭގެ ނިޔަލަށް އެ ތަހުގީގު ނިމޭނެ. ތަހުގީގު ނިންމާފައި އެކަމާ ބެހޭގޮތުން އަޅުގަނޑު ފިޔަވަޅު އަޅާނަން. އަޅާ ފިޔަވަޅު ވެސް އަޅުގަނޑު ހާމަ ކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިހުމާލުވެފައިވާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނީ ވަރަށް ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަސީމް ވާހަކަ ދައްކަވަނީ: ތަހުގީގު މިރޭ ނިމޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ/އެޗްއީއޯސީ

ފެއިލްވެއްޖެ ކަމަށް ގަބޫލުކޮށް އިސްތިއުފާ ދެއްވަފާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ކަންކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށާއި އޭގައި އޭނާގެ އިހުމާލެއްއޮތްތޯ ވެސް ބައްލަވާނެ ކަމަށެވެ. އިސްތިއުފާގެ ސުވާލަށް ޖަވާބު ދޭނީ އޭގެ ފަހުން ކަމަށް ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރަށް ތުހުމަތުކުރާ މައްސަލައެއް އަމިއްލަ ބެލިދާނެތޯ އެހެން ނޫސްވެރިއަކު އެހުމުން ވިދާޅުވީ އެގޮތަށް ބެލޭނެ ކަމަށް ގަބޫލުކުރައްވާ ކަަމަށެވެ. އެއީ އޭނާ އަކީ އޮޅުވާލުމެއް އެއްވެސް ކަމެއްގައި ގެންގުޅުއްވާނެ ބޭފުޅަކަށް ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގަި މިޝްކާގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގުޅުއްވައި ތައުޒިޔާ ވިދާޅުވި އެވެ.

އާއިލާ އިން ބުނެފައިވާ ގޮތުގައި މިޝްކާގެ ހާލު ދެރަވުމުން ތަކުރާރުކޮށް ގުޅީ އެޗްޕީއޭގެ 1676 އަށެވެ. މެޑިކަލް ޓީމު ދާނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް ގިނައިރުތަކެއް ވި އިރު ވެސް އެމްބިއުލެންސް ނުފޮނުވާ ކަމުގެ ޝަކުވާ އާއިލާ އިން ކުރެ އެވެ.

އިމާދުއްދީން ސްކޫލްގައި ކިޔަވާ މިޝްކާ ކޮވިޑަށް ޕޮޒިޓިވްވީ މީގެ ހަފުތާއެއްހާ ދުވަަސްކުރިންނެވެ. އޭނާގެ އިތުރުން މަންމަ އާއި ބައްޕަ ވެސް ތިބީ ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީންގަ އެވެ.

މިނިސްޓަރު ވިދާޅުވީ ކަންކަން ރަނގަޅު ކުރުމަށް ދިރާސާތައް ކުރަމުން އަންނަ ކަމަށާއި މިރޭގެ ނިޔަލަށް އެކަންކަން ސާފު ވާނެ ކަމަށެވެ. ކޯލް ސެންޓަރުން ވެސް ހާއްސަ ސަމާލުކަން ދޭން ޖެހޭ ކޯލްތައް ދެނެގަތުމަށް ކުރަން ޖެހޭ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިން ވަނީ އެމްބިއުލާންސްގެ ހިދުމަތާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. އެމަޖެންސީގައި އެޓެންޑް ކުރުމަށް ފަސް އެމްބިއުލާންސް މާލޭގައި ގެންގުޅޭ ކަމަށާއި އެއީ ރަނގަޅު އަދަދެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރު 105 މިލިއަން ރުފިޔާ ހަރަދުކޮށްގެން 96 އެމްބިއުލާންސަަށް އޯޑާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ އެމްބިއުލާންސްތައް ޖުލައި މަހުގެ ކުރީކޮޅު ލިބޭނެ ކަމަށެވެ.

"އެ ހިސާބުން އެމްބިއުލާންސްގެ ދަތިކަމެއް ރާއްޖޭގެ ރަށެއްގައި ވެސް ނޫޅޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިސްކާގެ މަރުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox