އެމްބިއުލެންސް ފޮނުވުން ލަސްވި މައްސަލަ ތަހުގީގު ކުރަނީ

ރޭ އެމަޖެންސީގައި ފަރުވާދެނިކޮށް މަރުވި މިޝްކާ: އެމްބިއުލޭންސް ފޮނުވަން ނިންމާ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފި --

ރޭ އެމަޖެންސީގައި ފަރުވާދެނިކޮށް މަރުވި މިޝްކާ: އެމްބިއުލޭންސް ފޮނުވަން ނިންމާ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފި --

ކޮވިޑް-19 ގައި ރޭ މަރުވި އުމުރުން 10 އަހަރުގެ އަންހެން ކުއްޖާ ބަލާ އެމްބިއުލެންސް ފޮނުވުން ލަސްވި މައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގު ކުރަން ފަށައިފި އެވެ.

ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދު މަރުވީ ރޭ ދަންވަރު އައިޖީއެމްއެޗު ހޮސްޕިޓަލުގައި އެމެޖެންސީކޮށް ފަރުވާދެމުން ދަނިކޮށެވެ. އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ މިޝްކާއަކީ ކޮވިޑް ބަލީގައި ރާއްޖޭގައި މަރުވި އެންމެ ހަގު އަދި ފުރަތަމަ ކުޑަކުއްޖާ އެވެ.

އެ މައްސަލައިގައި މިޝްކާގެ އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ހުރި އެ ކުއްޖާގެ ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރާ 10 މިނެޓު ފަހުން ކަމަށެވެ.

"އެޗްޕީއޭގެ 1676 އަކުން ތަކުރާރުކޮށް ބުނަމުންދިޔައީ މެޑިކަލް ޓީމަށް އަންގައިފީމޭ ކުޑައިރުކޮޅަކުން ދާނެޔޭ. އެކަމަކު އެމްބިއުލޭންސް އައީ 11:40 ގައި. އެއިރު ކުއްޖާ އޮތީ [ހާލުދެރަވެގެން] ވެއްޓިފައި. ވިންދެއް ނެތް. މިކަމުގެ ޒިންމާ ނަގާނީ ކާކު،" މިޝްކާގެ ތިމާގެ މީހަކު ޓުވިޓާގައި ސުވާލުކޮށްފައި އޮތެވެ.

އެ މައްސަލައިގައި ހެލްތު މިނިސްޓްރީން މިއަދު ބުނެފައި ވަނީ މިޝްކާ ބަލައި އެމްބިއުލެންސް ފޮނުވި ވަގުތުގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެމެޖެންސީގައި އެމްބިއުލެންސް ފޮނުވަން ހަމަޖެހިފައިވާ ގޮތްތަކަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކޮވިޑް ޖެހިގެން ކުޑަކުއްޖަކު މަރުވެފައި މި ވަނީ ރާއްޖޭގައި އެ ބަލީގެ އާ ވޭރިއަންޓެއް އުފެދި ކުޑަކުދިންނާއި މާބަނޑު މީހުންނަށް ބަލިޖެހޭ މިންވަރު އަދި ބަލިން ބޮޑުވަރުވާ މިންވަރު މަތިވެފައި އޮއްވަ އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ރޭ ވިދާޅުވީ "މިފަހަރުގެ ކޮވިޑް ރާޅުގައި ކުޑަކުދިން ވަރަށް ވަރަށް ބަލިވާން ފަށައިފި" ކަމަށެވެ.

ދިފާއީ ނިޒާމް ދަށް ކުޑަކުދިންނާއި ކިޑްނީ ބަލި ހުންނަ ކުދިންނާއި މާ ބޮޑަށް ބަރު ކުދިންނާއި އެނދުމަތިވެފައި ތިބޭ ކުދިން ހާއްސަކޮށް ކޮވިޑުން ބޮޑުވަރުވާކަން ފާހަގަ ކުރެއްވޭ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވި އެވެ.

ކޮވިޑް ފެތުރުން ބޮއްސުންލައި ކޮންމެ ދުވަހަކު އެ ބަލިޖެހޭ މީހުންގެ އަދަދު 1000 މަތީގައި އުޅުނުއިރު ދުވާލަކު 80 ވަރަކަށް ކުދިންނަށް އެ ބަލިޖެހެމުންދިޔަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ބުނެފައިވެ އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެކަނި ވެސް އުމުރުން އެއް އަހަރު ނުވާ 381 ކުދިންނަށް ކޮވިޑް ޖެހުނެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި ކޮވިޑު ފެތުރުން ކޮންޓްރޯލުން ނެއްޓިފައިވާއިރު، އެ ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މިހާރު ވަނީ އަނެއްކާވެސް ހަރުކަށިކޮށްފަ އެވެ.

އެ ފިޔަވަޅުތަކާއެކު ނަންބަރުތައް މިހާރު މަޑުމަޑުން ދަށްވާން ފަށާފައި ވީ ނަމަވެސް، އިއްޔެ އެކަނި 768 މީހަކަށް އަލަށް ބަލި ޖެހުނެވެ.

އެއާއެކު ރާއްޖޭގައި މިވަގުތު ކޮވިޑު ޖެހިފައިތިބި މީހުންގެ އަދަދު ވަނީ 24،000 ހުރަސްކޮށްފަ އެވެ. އޭގެ ތެރެއިން 208 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާއިރު، ޕޮޒިޓިވް މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ދާން ފެށުމުން، ސަރުކާރުން ވަނީ އެ ބައްޔަށް ފަރުވާދޭ އެނދުތައް ވެސް އިތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox