"މަގުތައް މަތީގައި އުޅޭލެއް މާގިނަ، ބަލި ނުފަތުރައި ގޭގައި މަޑުކުރަން ޖެހޭ"

މާލޭގެ މަގެއްގެ މަތިން ބަޔަކު ހިނގާފައި ދަނީ: ބަލި ކޮންޓްރޯލްކުރަން ފިޔަވަޅުތައް ވަރުގަދަކުރިއަސް ގިނަ ބަޔަކު ފާސްނަގައިގެން ބޭރުގައި އުޅުން ގިނަ. -- ފޮޓޯ/ އަދަދު

މާލޭގެ މަގެއްގެ މަތިން ބަޔަކު ހިނގާފައި ދަނީ: ބަލި ކޮންޓްރޯލްކުރަން ފިޔަވަޅުތައް ވަރުގަދަކުރިއަސް ގިނަ ބަޔަކު ފާސްނަގައިގެން ބޭރުގައި އުޅުން ގިނަ. -- ފޮޓޯ/ އަދަދު

މިދިޔަ ހަފުތާ އިން ފެށިގެން ހުއްދަ ނެތި މަގުތަކަށް ނުކުމެ އުޅުން މާލޭގައި ވަނީ މަނާކޮށްފަ އެވެ؛ ބަލި ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއްގެ ގޮތުން އަމާޒަކަށްވީ ދެ ހަފުތާ އިން ނަމްބަރުތައް ދަށްކުރުމެވެ. އެކަމަކު ހަރުކަށި މި ފިޔަވަޅުތައް އެޅިޔަސް މަގުތަކުން މީހުން މަދެއް ނުވެ އެވެ.

ސައިކަލްތަކުގައި ނުކުމެ އުޅޭއިރު، އެއް ބަޔަކު ހިނގާފަ އެވެ. އަނެއް ބަޔަކު ކޮފީތަށިތައް ހިފައިގެން ވާހަކަ ދައްކަން ތިބެނީ ސައިކަލް މަތީގަ އެވެ. އަނެއް ބަޔަކު މަގުތަކަށް ޖަމާވެ ސިނގިރެޓް ބުއިމުގަ އެވެ.

މަގުތަކުން ފެންނަ މި މަންޒަރުތަކަކީ، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވި ގޮތުގައި، ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

Advertisement

މިނިސްޓަރު ނަސީމް "އަދަދު"އަށް މިއަދު ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން އަޅާފައި ހުރި ފިޔަވަޅުތަކަށް ފުރިހަމައަށް ތަބާވުމުގެ ބަދަލުގައި ފެންނަނީ މަގުތަކަށް ނުކުމެ އުޅުމަށް ފަހު ގިނަ ބަޔަކު ގޭތެރެއަށް ބަލި ވައްދާ ތަން ކަމަށެވެ.

"މަގުތަކަށް ނުކުންނަ މީހާއާ އެކު އެތައް ބަޔަކު މި ހުށަހެޅީ ނުރައްކަލަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ގެއަކުން ދެ މީހަކަށް ނޫނީ ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުނިކުމެވޭ ގޮތަށް ވަނީ ދެ ހަފުތާއަށް ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެއީ، ބައްޔަށް ޕޮޒިޓިވްވާ ރޭޓު ކޮންމެ ދުވަހު 1500 އިން މަތިވެ ބަލީގައި ގިނަ ބަޔަކު އެޑްމިޓްކުރަން ޖެހުމުންނެވެ. ފެސިލިޓީތަކުގައި ބަލި މީހުން ފުރިބާރުވެ، ސިއްހީ ހިދުމަތްތެރިންނަށް ވަނީ ބުރަބޮޑުވެފަ އެވެ. މި ބަލީގައި މިދިޔަ މަހަކީ އެންމެ ގިނަ ބަޔަކު މަރުވި މަހެވެ.

މިނިސްޓަރު ނަސީމް: ބަލި ކޮންޓްރޯލްކުރަން، މަގުތަކަށް ނުކުތުން މަދުކުރަން އިލްތިމާސްކުރެއްވި.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފިޔަވަޅުތައް ހަރުކަށިކުރިއަސް އެންމެ ރަނގަޅަށް ތަބާވާ މަންޒަރު މަގުމަތިން ނުފެނެ އެވެ. ކޮންމެ މަގަކުން ވެސް ފެންނަނީ މީހުން ގިނަވެފައި އޮންނަ ތަން ކަމަށާއި އެއީ ޕޮޒިޓިވްވާ އަދަދު ދަށްނުކުރެވިދާނެ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

މަގުތަކަށް ނުކުމެ އުޅެވޭނީ ޒަރޫރީ ބޭނުންތަކަށް ދޫކުރާ ފާސް ނަގައިގެންނެެވެ.

މިނިސްޓަރު ވިދާޅުވީ ގެއަކަށް ވަކި ވަރެއް ލިމިޓްކޮށް ހުއްދަ ޒަރޫރީ ބޭނުންތަކަށް އެކަނި ދޫކުރި ނަމަވެސް އެއާހިލާފަށް މަގުތަކުގައި އުޅެމުންދާ ކަމަށެވެ. ހުއްދައާ އެކު ގިނަ ބަޔަކު މަގުތަކުގައި އުޅޭއިރު، ހުއްދަ ނުނަގައި އުޅޭކަން ފާހަގަކުރެއްވި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި، ކާފިއު ގަޑީގައި މާސްކް ގައިޑްލައިާ ހިލާފުވެގެން 208 މީހަކު ޖޫރިމަނާކުރި އެވެ. އަދި ކާފިއު ގަޑިތަކާ ހިލާފުވެގެން 631 މީހަކު ޖޫރިމަނާކުރި އެވެ.

"އެއްވެސް ކަހަލަ އުޒުރެއް ނެތި މަގުމަތީގައި އުޅުމަކީ ކަންބޮޑުވާންޖެހޭ ސީރިއަސް މައްސަލައެއް،" ނަސީމް ވިދާޅުވި އެވެ.

އަޅުގަނޑުގެ އާދޭހަކީ އެހެން ނުހައްދަވާށޭ. އާއްމު ދިރިއުޅުމާއިގެން ކުރިއަށް ދެވޭނީ ބަލި ކޮންޓްރޯލްވެގެންނޭ. -- މިނިސްޓަރު

ކޮވިޑާ އެކު ރައްޔިތުންގެ ދިރިއުޅުން ދަތިވެފައި ވަނިކޮށް އިތުރު ފިޔަވަޅުތަކެއް އަޅައި ވިޔަފާރިތައް ވެސް ބަންދުކުރަން މަޖުބޫރުވީ އެ ނޫން ގޮތެއް ނެތިގެން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިގްތިސާދީ ހާލަތު ރަނގަޅު ކުރަން ވެސް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އިގްތިސާދު ހުއްޓާލައިގެން މި ބައްޔާއިގެން އެހެން ގައުމުތަކަށް ހުއްޓިފައި ތިބެވުނަސް ރާއްޖެއަކީ މައިގަނޑު ގޮތެއްގައި މަސްވެރިކަމާއި ޓޫރިޒަމަށް ބަރޯސާވެ އާއިލާތަކުން އާމްދަނީ ހޯދާ ރާއްޖެއަށް އޮތީ ބަލިން އަރައިގަތުން ކަމަށް ނަސީމް ވިދާލުވި އެވެ.

ބަލީގައި ބޮޑުވަރުވަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކަމަށް ވިޔަސް ބައްޔަށް ޕޮޒިޓިވްވާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ބައެއް މީހުން ސީރިއަސް ހާލަތަކަށް އެބަދާ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

ބަލި ޖެހުމުން އެކަހެރިވެ އުފުލަން ޖެހޭ އުނދަގޫތަކާއި ޒިންމާތަކުން އެކަހެރިވެ ތިބެގެން ނެތަތީވެ، ބައެއް މީހުން ޓެސްޓް ނުކުރުމާއި ބަލި ޖެހުނަސް ސިއްރުކުރުން ފަދަ ކަންކަން ކުރާ ކަމަށް ވިދާޅުވި އެވެ. މިއީ، އެތައް ބަޔަކު ބަލީގެ ނުރައްކަލަށް ހުށަހެޅުން ކަމަށް ވިދާޅުވި އެވެ.

"އެހެން ނަހައްދަވާ، އަލާމާތްތައް ފެންނަ ނަމަ ކްލިނިކަކަށް ވަޑައިގެން ޓެސްޓްކުރައްވާ. ގޭތެރޭގައި އުޅުއްވާއިރު ވެސް މާސްކް އެޅުން އާދައަކަށް ހަދަން އެބަޖެހޭ. ކޮންމެހެން ނުކުންނަން ވެއްޖެ ހާލަތެއްގައި ނޫނީ ނުނިކުތުން ވެސް މުހިއްމު،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭރަށް މީހުން ނުކުތުން ކޮންޓްރޯލްކުރީ ޕޮޒިޓިވްވާ އަދަދު ދެ ހަފުތާ އިން ދަށްކުރެވޭނެ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު، ވޭތުވެދިޔަ ފަސް ދުވަހުން އެންމެ އެދޭވޭ ނަތީޖާއެއް ނުފެންނަ ކަމަށާއި އެގޮތުގައި ދިގުދެމިގެން ހިނގައްޖެ ނަމަ ގޭބަންދުގެ މުއްދަތު އިތުރުކުރުން ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ރަށްރަށުން މަހަށް ފުރާ މީހުން ވެސް މަސް ބާނައިގެން ރަށްތަކަށް ވިއްކަން ލެފިޔަސް އެ ރަށަށް ނޭރުމަކީ މި ހާލަތުގައި އެންމެ ރަނގަޅު ގޮތް ކަމަށާއި މާލެ އަަންނަ ބޯޓު ފަހަރުތަކުގައި ތިބޭ މީހުން ވެސް އަމަލުކުރަން ޖެހޭ އުސޫލަކީ މާލެތެރެއަށް ފައިބައި ނޫޅުން ކަމަށް ވިދާޅުވި އެވެ.

"އިކޮނޮމީ ހުއްޓާލައިގެން ތިބެވޭކަށް ނެތް. އެހެންވީމާ މިކަމުގައި އެންމެން އެބަޖެހޭ އެއްބާރުލުން ދީގެން ބަލި ޖެހޭ މިންވަރު ދަށްކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެޗްޕީއޭ އިން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެ ޕޮޒިޓިވްވީ 710 މީހުންނެވެ. އޭގެތެރޭގައި މާލެއިން ޕޮޒިޓިވްވި އަދަދު އުޅެނީ 488 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox