ވަކި ގައުމަތަކަކުން ނަރުހުން ގެންނަން ހުޅުވާލުމުން ޔޫނިއަނުން ހިތްހަމަނުޖެހިއްޖެ

ފްލޫ ކްލިނިކެއްގައި އެޗްޕީއޭގެ އޮފިޝަލަކު ހިދުމަތް ދެނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފްލޫ ކްލިނިކެއްގައި އެޗްޕީއޭގެ އޮފިޝަލަކު ހިދުމަތް ދެނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ވަކި ގައުމުތަކަކުން ސިއްހީ ހިދުމަތްތެރިން ރެކްރޫޓުކުރަން ހެލްތު މިނިސްޓްރީން ހުޅުވާލާފައިވާތީ އެމްޕްލޯއިމަންޓް އޭޖެންސީތަކުގެ ޔޫނިއަނުން ނުރުހުން ފާޅުކޮށްފި އެވެ.

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވެފައިވާއިރު ހޮސްޕިޓަލުތައް ފުރި ސިއްހީ ހިދުމަތްތެރިންނަށް ވަނީ ނުތަކާ ވަރަށް ބާރުބޮޑުވެފަ އެވެ.

އެއާއެކު، މިދިޔަ އަންގާރަ ދުވަހު ހެލްތު މިނިސްޓްރީން ވަނީ އިންޑޮނީޝިއާ އަދި ފިލިޕީންސުން 100 ނަރުހުން އޭޖެންސީތައް މެދުވެރިކޮށް ހޯދަން ހުޅުވާލައިފަ އެވެ.

Advertisement

އެކަމާ ގުޅިގެން އެމްޕްލޯއިމަންޓް އޭޖެންސީތަކުގެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ ނަރުހުން ހޯދަން އިއުލާނުކޮށްފައިވާ ދެ ގައުމަކީ ވެސް މައިގްރަންޓް ވާކާސްގެ ކަންކަމުގައި އޭޖެންސީތަކުން ބައިވަރު ފީތަކެއް ނަގާ ދެ ގައުމު ކަމަށެވެ.

އަދި މި ވަގުތަކީ އެ ދެގައުމުގެ ސިއްހީ ހިދުމަތްތެރިންނަށް ގައުމުން ބޭރަށް ނުދެވޭނެކަމަށް ކަނޑައަޅާފައިވާ ވަގުތެއް ކަން ވެސް އެ ބަޔާނުގައި ފާހަގަކޮށް، އެކަން ކޮށްފައިވަނީ އޭޖެންސީތަކުގެ ނާގާބިލުކަން ދެއްކުމަށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މީގެ ކުރިން ދުވަހަކުވެސް ވަކި ގައުމަކުން މީހުން ގެނައުމަށް މިނިސްޓްރީން އަންގާފައިނުވާކަން ފާހަގަކުރަމުން، މިފަދަ ދަތި ދަނޑިވަޅެއްގައި ހާލަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ވަކި ދެގައުމަކުން މީހުން ގެންނަން މިނިސްޓްރީން ކަނޑައަޅާފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އޭޖެންސީތަކަށް ފުރުސަތު ދިންކަމަށް ދައްކައި، މިފަދަ ހާލަތެއްގައި ކުރެވެން ނެތް ކަމެއް އޭޖެންސީންތައް ލައްވައި ކުރުވަން މަސައްކަތްކޮށް، އޭޖެންސީތަކުގެ ގާބިލުކަމާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފައްދައި، ހެލްތު މިނިސްޓްރީން ވަކި ބަޔަކަށް މިކަމުގެ ތެރެއިން ނާޖާއިޒު ފައިދާ ނެގުމަށް ފުރުސަތު ދިނުން ކަމުގައި މި އެސޯސިއޭޝަނުން ގަބޫލުކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖެއަށް ސިއްހީ ހިދުމަތްތެރިން ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި, ރާއްޖޭގެ ކަމާގުޅޭ ކައުންސިލުތަކުން ގަބޫލުކުރާ ސަނަދެއްއޮތް ކޮންމެ ގައުމަކުން ސިއްހީ ހިދުމަތްތެރިން ގެނެވޭނެ ގޮތަށް ހުޅުވާލުމަން އެ ޔޫނިއަނުން ވަނީ ގޮވާލައިފަ އެވެ.

އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.

މީގެ ކުރިން ރާއްޖޭގެ އޭޖެންސީތަކަށް ނުދީ އިންޑިއާގެ އޭޖެންސީއެއް މެދުވެރިކޮށް 500 އަށް ވުރެ ސިއްހީ ހިދުމަތްތެރިން ހޯދަން ހުޅުވާލި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވި އެވެ.

އެކަމުގެ ޝަކުވާ ރާއްޖޭގެ އެމްޕްލޯއިމަންޓް އޭޖެންސީތަކުގެ ޔޫނިއަނުން ކުރުމުގެ އިތުރުން، ދިވެހި ސިއްހީ ހިދުމަތްތެރިން ވޮލަންޓިއާ ކުރުމަށް އެދުމަށްފަހު، ބޮޑު މުސާރަ ދީގެން ބޭރުން މީހުން ގެންނާތީ އެކަމުގެ ފާޑުކިޔުން ވެސް ހެލްތު މިނިސްޓްރީ އަށާއި ސަރުކާރަށް އަމާޒުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox