ކޮންޓްރެކްޓާ މެދު ގޮތެއް ނިންމާނީ ސުއަރޭޒް: އެތުލެޓިކޯ ރައީސް

May 21, 2021, 4:25 AM
ލަނޑެއް ޖެހުމަށް ފަހު ސުއަރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑެއް ޖެހުމަށް ފަހު ސުއަރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (މެއި 21) - އެތުލެޓިކޯ މެޑްރިޑްގައި މަޑުކުރުމާ މެދު ގޮތެއް ނިންމުމުގެ އިހުތިޔާރު އޮތީ ލުއިސް ސުއަރޭޒް އަތުގައި ކަމަށް އެ ކްލަބްގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވެއްޖެ އެވެ.

މި ސީޒަނުގައި ސުއަރޭޒް އެންމެ ފުރަތަމަ ބާސެލޯނާ ދޫކޮށް ބަދަލުވާން އުޅުނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ އެވެ. އެކަމަކު އެ ޓީމަށް ބަދަލުވާން ހަދަން ޖެހޭ ޕާސްޕޯޓް ހެދޭހާ މުއްދަތު އޮއްވައި ބާސެލޯނާ އިން އޭނާ ދޫކޮށްލުމުގެ ކަންތައްތައް ނިންމައިނުދޭތީ އެ ޑީލް ނުހިނގި އެވެ. ސުއަރޭޒް ޔުވެންޓަސް އަށް ބަދަލުވާން މަސައްކަތް ކުރިއިރު އޭނާ ބޭނުންވީ ބާސެލޯނާގެ ކޮންޓްރެކްޓްގެ ބާކީ އޮތް މުއްދަތަށްވާ 14 މިލިއަން ޔޫރޯ ހޯދާށެވެ. އެކަމަކު އެ ދޭން ބޭނުންނުވާތީ ބާސެލޯނާ އިން ފަހުން ހަތް މިލިއަން ޑޮލަރުގެ އަގަކަށް އެތުލެޓިކޯ އަށް ސުއަރޭޒް ވިއްކާލީ އެވެ.

އުމުރުން 34 އަހަރުގެ ސުއަރޭޒް އެތުލެޓިކޯއާ އެކު ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެކަމަކު އެ ކޮންޓްރެކްޓްގައިވާ ގޮތުން ފުރަތަމަ ސީޒަން ނިމުމުން ވަކި މާއްދާ އަކަށް ބެލުމަށް ފަހު ކޮންޓްރެކްޓް އުވާލުމުގެ އިހުތިޔާރު ދެ ފަރާތަށް އޮވެ އެވެ.

Advertisement

އެ ކަމަށް އިޝާރާތްކޮށް އެތުލެޓިކޯގެ ރައީސް ސެރޭޒޯ ވިދާޅުވީ މުސްތަގުބަލާ ބެހޭގޮތުން ގޮތެއް ނިންމާނީ ސުއަރޭޒް އަމިއްލަ އަށް ކަމަށެވެ.

"އަހަރެމެން ބޭނުންވަނީ ސުއަރޭޒް މަޑުކުރަން. ކޮންޓްރެކްޓެއް އެބައޮތް. އޭގެއާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ އޭނަ (ސުއަރޭޒް) އަތުގައި. މީގެ އެންމެ ފަހުގެ ގޮތެއް ނިންމާނީ ސުއަރޭޒް،" ސެރޭޒޯ ވިދާޅުވި އެވެ.

އެތުލެޓިކޯ އިން ސުއަރޭޒްގެ ސޮއި ހޯދުން ވެގެން ގޮސްފައި މި ވަނީ 2014 ވަނަ އަހަރަށް ފަހު ފުރަތަމަ ފަަހަރަށް އެ ޓީމުން ސްޕެނިޝް ލީގު ކާމިޔާބުކުރަން ލިބިގެންދިޔަ ބޮޑު ހިތްވަރަކަށެވެ. އެތުލެޓިކޯ ލީގުގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

މާދަމާރޭ ރެއާލް ވަލޮޑޮލިޑް އަތުން އެތުލެޓިކޯ މޮޅުވެއްޖެނަަމަ އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ސުއަރޭޒް ވަނީ މި ފަހަރު ލީގުގައި 31 މެޗުން 20 ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox