ކޮންޓެކްޓުވާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާ ނަމަ މަސައްކަތަށް ނެރެނީ

ކޮވިޑް-19 ގެ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ ހެލްތު ވޯކަރުންތަކެއް: ކޮވިޑަށް ޕޮޒިޓިވްވާ މީހުން މަސައްކަތަކަށް ނުނެރޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކޮވިޑް-19 ގެ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ ހެލްތު ވޯކަރުންތަކެއް: ކޮވިޑަށް ޕޮޒިޓިވްވާ މީހުން މަސައްކަތަކަށް ނުނެރޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކޮވިޑް-19 ޖެހިފައި ހުރި މީހަކާ ބައްދަލުވެފައި ތިބި ޑޮކްޓަރުންނާއި ނަރުހުން ކަރަންޓީނު ކުރުމުގެ ބަދަލުގައި އެ ފަރާތްތަކުން ބޭނުންވާ ނަމަ މަސައްކަތްތަށް ނެރުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފި އެވެ.

މި ނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި އެޗުއީއޯސީގެ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުން ބުނީ މަސައްކަތަށް ނެރެނީ ބަލީގެ އެއްވެސް އަލާމާތެއް ނެތް އަދި އަމިއްލައަށް މަސައްކަތުގައި ދެމި ތިބުމަށް ބޭނުންވާ ހެލްތު ވޯކަރުން ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ހެލްތު ވޯކަރުން މަސައްކަތަށް ނެރެމުންނުދާ ކަމަށް ވެސް އެޗުއީއޯސީގެ ފަރާތުން ބުންޏެވެ.

ބަލި މީހަކާ ދިމާވި ނަމަވެސް ކަރަންޓީނު ކުރުމުގެ ބަދަލުގައި ޑޮކްޓަރުންނާއި ނަރުހުން މަސައްކަތަށް ނެރެން ނިންމާފައި މި ވަނީ ވެރި ރަށް މާލެ އާއި މުޅި ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އަދި މީހުން މަރުވާ މިންވަރު ވެސް އާދަޔާ ހިލާފަށް އިތުރުވެފައި އޮއްވަ އެވެ.

ސިއްހީ ދާއިރާގެ މާހިރުން އަބަދުވެސް ބުނަމުންދިޔައީ ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލްނުވެ އިތުރުވާ ނަމަ އެކަމުގެ އަސަރު ސިއްހީ ދާއިރާއަށް ކުރާނެ ކަމަށެވެ. ބަލިވާ މީހުންނަށް ފަރުވާދޭން ބޭނުންވާ އިންސާނީ ވަސީލަތްތައް ކަމަށްވާ ޑޮކްޓަރުންނާއި ނަރުހުން މަދުވާނެ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު ރާއްޖޭގައި އުޅެނީ ވެކްސިން ހުސްވެގެންނެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާއިރު އޭގެ ދެ ވަނަ ޑޯޒު ނުޖެހި 91،000 އަށް ވުރެ ގިނަ އެވެ.

ކޮވިޑް-15 ފެތުރޭ މިންވަރު 500 ދަށުގައި އޮއްވާ ކުއްލިއަކަށް ގިނަވެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވި ފަހުންނެވެ. އަދި ބައްޔާ ދެކޮޅަށް އަޅާފައި ހުރި ހުރިހާ ފިޔަވަޅުތަކެއް ރޯދަ މަހަށް

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހިސާބުތަކަށް ބަލާއިރު މި ދުވަސްކޮޅު ބަލިޖެހޭ މީހުން އުޅެނީ ކޮންމެ ދުވަހު 500 އިން މަތީގަ އެވެ. ބައްޔާއެކު މިވަގުތު 18،221 މީހުން އެބަ އުޅެ އެވެ. އޭގެ ތެރެއިން 268 މީހުން މާ ބޮޑަށް ބަލިވެގެން އޮތީ އެނދުމަތިކޮށްފަ އެވެ. މިހާތަނަށް 105 ކޮވިޑް-19 ޖެހިގެން މަރުވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox