މާދަމާ އިން ފެށިގެން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ބޭރަށް ނުކުތުން މަނާކޮށްފި

މާދަމާ އިން ފެށިގެން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ބޭރަށް ނުކުތުން މަނާކޮށްފި

މާލޭގައި ކޮންޓްރޯލެއް ނެތި ކޮވިޑު ފެތުރި ގިނަ އަދަދެއްގެ ބަޔަކު ބަލީގައި ބޮޑުވަރުވާތީވެ މާދަމާ ހަވީރު ހަތަރަކުން ފެށިގެން ރޭގަނޑު ފަތިހު ހަތަރަކަށް ބޭރަށް ނުކުތުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިއުލާންކުރި ގޮތުގައި ކޮވިޑުން ރައްކާތެރިވާން އެޅި ފިޔަވަޅުތައް އިތުރަށް މި ހަރުދަނާކުރީ ހަފުތާއަކަށެވެ. މިހާރު ކާފިއު އޮތީ ރޭގަނޑު ނުވައަކުން ފަތިހު ހަތަރަކަށެވެ.

Advertisement

ހަފުތާއެއްގެ މުއްދަތަށް އިއުލާންކުރި ފިޔަވަޅުތައް:

ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން މަނާ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުން.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ބުރާސްފަތިދުވަހު ފެށިގެން ޓޫރިސްޓު ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލުން.

އެޗްޕީއޭ އިން ބުނި ގޮތުގައި ފިޔަވަޅުތައް ހަރުކަށިކުރި މުއްދަތުގައި ފުލުހުންގެ ހުއްދައާ އެކު މެންދަމު 12އާ ހަމައަށް ޑެލިވަރީކުރުމުގެ ފުރުސަތު ދޭނެ އެވެ. ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދުކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ކޮވިޑުގެ އާ ވެރިއަންޓަކާ އެކު ރާއްޖޭގެ ހާލަތު އޮތީ ވަަރަށް ބޮޑަށް ގޯސްވެފަ އެވެ. އެޗްޕީއޭ އިން ރޭ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި 1،204 މީހުން ޕޮޒިޓިވްވެފައިވެ އެވެ. މީގެތެރެއިން މާލެ ސަރަހައްދުން އެކަނި 961 މީހަކަށް ބަލި ޖެހިފައިވެ އެވެ.

މި ބަލީގައި ޒުވާނުންނަށް ވެސް ދަނީ ބޮޑުވަރުވަމުންނެވެ. ހާއްސަކޮށް ވެކްސިންގެ ދެ ޑޯޒު ނުޖަހާ ތިބި މީހުންގެ ހާލަތު ދަށްވާކަން ފާހަގަވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ކޮވިޑު ޖެހިގެން އެޑްމިޓްވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މި ބައްޔަށް ހާއްސަކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ފުރިގެން މިހާރު އަންނަނީ އެނދުތައް ވެސް އިތުރުކުރަމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލް 17 ވަނަ ފްލޯ އާއި ހުޅުމާލެ ހޮސްޕިޓަލް ވެސް ވަނީ ބޭނުންކުރަން ފަށައިފަ އެވެ.

މާލޭގެ އިތުރުން ރަށްރަށުގައި މި ބަލި ފެތުރެމުންދާ އިރު 36 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގަ އެވެ.

މި ބަލީގައި މިހާތަނަށް 244 މީހުން އެޑްމިޓްކޮށްފައި ތިބިއިރު އެކްޓިވް ކޭސްގެ އަދަދަކީ 10،376 އެވެ. މި ބަލި ޖެހިގެން ރާއްޖެ އިން 87 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox