ބޮން ގޮއްވާލުމުން އަސަރުކުރި ކުއްޖާއަށް ނަފްސާނީ އެހީތެރިކަން ދެނީ

ބޮން ގޮއްވާލި ފަހުން މާހިލްއަށް އައި ބަދަލުތައް މަންމަ އާއި ބައްޕަ ކިޔައިދެނީ: ބާރުގަދަ އަޑުފައްގަނޑު އިވުނު އިރު އެ ކުއްޖާ ހުރި ކޮޓަރިތެރެއަކަށް ވެސް މިހާރަކު ނުވަދޭ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ބޮން ގޮއްވާލި ފަހުން މާހިލްއަށް އައި ބަދަލުތައް މަންމަ އާއި ބައްޕަ ކިޔައިދެނީ: ބާރުގަދަ އަޑުފައްގަނޑު އިވުނު އިރު އެ ކުއްޖާ ހުރި ކޮޓަރިތެރެއަކަށް ވެސް މިހާރަކު ނުވަދޭ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބުރާސްފަތި ދުވަހުގެ ރޭ ގޮއްވާލި ބޮމުގެ އަޑުފައްގަނޑާ އެކު ބިރުވެރިކަމެއްގެ ތެރޭގައި ހުރި ކުޑަ ކުއްޖާއަށް ނަފްސާނީ ގޮތުން އެހީތެރިވުމަށް ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ.

އެ ހަމަލާއަށް ފަހު އުމުރުން ދެ އަހަރުގެ މާހިލް ބިން ޝިފާއުއަށް ނަފްސާނީ ގޮތުން ވަނީ އަސަރުކޮށްފަ އެވެ. ނީލޯފަރު ހިނގުމުގައި ބޮމެއް ގޮއްވާލިއިރު މާހިލް ހުރީ މަންމައާ އެކު ކޮޓަރި ތެރޭގަ އެވެ. ފަސް މީހުން ދިރިއުޅޭ އެ ގެ ހުންނަނީ ބޮމުގެ ހަމަލާ އަމާޒުކުރި ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެއާ ޖެހިގެން ކަނާތަށް ހުންނަ ގޯޅީގެ ތެރޭގަ އެވެ. އެއީ އައިއީޑީ ގޮއްވާލިތާ ވަރަށް ކައިރި އެވެ.

Advertisement

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މާހިލްގެ ވާހަކަ "އަދަދު" އިން މިއަދު ގެނެސްދިނުމާއެކު އެ މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސް އެހީތެރިވާން ނިންމާފައިވާ ކަމަށެވެ.

"ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދޭން ނިންމީ. ފެމިލީއާ ގުޅައިގެން އެހީވުމުގެ މަސައްކަތް މިކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާއިން ގެއްލުންވި އެހެން މީހުން ވެސް ދެނެގަނެ މިނިސްޓްރީއަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ އެވެ.

ބޮމުގެ ހަމަލާއަށް ފަހު ދަރިފުޅަށް އައި ބަދަލާ ގުޅޭ ގޮތުން ޝިފާއު "އަދަދު"އާ ވާހަކަ ދައްކަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު
ބޮމުގެ ހަމަލާއަށް ފަހު ދަރިފުޅަށް އައި ބަދަލާ ގުޅޭ ގޮތުން ޝިފާއު "އަދަދު"އާ ވާހަކަ ދައްކަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ބޮމުގެ ހަމަލާއަށް ފަހު ދަރިފުޅަށް އައި ބަދަލާ ގުޅޭ ގޮތުން ޝިފާއު "އަދަދު"އާ ވާހަކަ ދައްކަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މި ބާރު އަޑާ އެކު މާހިލްގެ މިޒާޖަށް ބަދަލު އައިސްފައިވާ އިރު އެކަނި ކޮޓަރިތެރޭގައި ހުންނަން މާހިލް ބިރުގަންނަ ކަމަށް އޭނާގެ މަންމަ އާއި ބައްޕަ ބުންޏެވެ.

މާހިލްގެ މިޒާޖަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބައްޕަ ޝިފާއު ސޯލިހަށް ފާހަގަކުރެވުނީ، އަޑެއް އިވޭއިރަށް ކަންފަތުގައި އަތް އެޅުމާއި ސިއްސަ ސިއްސައިގެން ދިއުމެވެ. ކާއްޓެއް ބިނދެލިޔަސް ބިރުން ކަންފަތުގައި އަތްއަޅަ އެވެ.

މާހިލްގެ މައިންބަފައިން ގަބޫލުކުރާ ގޮތުގައި ބާރުއަޑާ އެކު މާހިލަށް އެ ކުރިމަތިވި ބިރު ދުވަސްކޮޅަކުން ރަނގަޅުވާނެ އެވެ.

އައިއީޑީ ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާގައި، ނަޝީދުގެ އިތުރުން ތިން ބޮޑީގާޑުންނާއި ބިދޭސީއެއްގެ އިތުރުން ދިވެއްސަކު ޒަހަމްވި އެވެ. އެންމެންގެ ހާލު ވެސް މިހާރު ރަނގަޅެވެ. ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox