ކޮލަމް: ވެކްސިންގެ އަދަދު ހާމަނުކުރުމަކީ ބޮޑު އޮޅުވާލުމެއް!

ރޯދަ ވެސް ނުވީއްލައި ސޯޝަލް ސެންޓަރު ދޮށުގައި ވެކްސިން ޖަހަން ގިނަ ބަޔަކު ކިޔޫ ހަދައިގެން. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރޯދަ ވެސް ނުވީއްލައި ސޯޝަލް ސެންޓަރު ދޮށުގައި ވެކްސިން ޖަހަން ގިނަ ބަޔަކު ކިޔޫ ހަދައިގެން. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ހުސްވުމުގެ ބިރެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ. ހަމަ އެ ނޭވާގައި ވިދާޅުވީ ވެކްސިން ޕްރޮގްރާމް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެކަމަކު އޭގެ ތިން ދުވަސް ފަހުން ރާއްޖޭން، ކޮވިޝީލްޑް ވެކްސިން ހުސްވި އެވެ. އެންމެ ފުރަތަމަ ދޭން ފެށި، އަދި އެންމެ ގިނަ ބަޔަކު ފުރަތަމަ ޑޯޒް ޖަހާފައިވާ އެ ވެކްސިން ހުސްވުމުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމް އެއްކޮށް ކަހަލަ ގޮތަކަށް މެދުކެނޑުނީ އެވެ.

އެ ދުވަސް އަރާ ހަމަކުރީ ކޮވިޝީލްޑް ވެކްސިން މަދުވެގެން އުޅޭ އަޑުތައް ރަށު ތެރޭގައި ދެކެވޭތާ ދެ ހަފްތާ ފަހުންނެވެ. އެކަމަކު އެކަން ދޮގު ކުރެއްވީ މިނިސްޓަރު އެކަންޏެއް ނޫނެވެ. ކޮވިޑުގެ ހުރިހާ ކަމެއް އިންތިޒާމު ކުރާ އެޗްޕީއޭ އިން ވެސް އެކަމަށް ފާޅުގައި އިންކާރު ކުރި އެވެ. ހާހުން ކޮވިޝީލްޑްގެ ޑޯޒްތައް ހުރި ކަމަށާއި ހުރި ސްޓޮކް ހުސްވުމުގެ ކުރިން އަދި އިތުރު ޑޯޒްތައް ލިބޭނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދިނެވެ.

Advertisement

އެޗްޕީއޭއިން ވެސް އެހެން ބުނަމުންދިޔައީ ކޮވިޝީލްޑް ވެކްސިނަށް މުޅި ދުނިޔެ ޖެހިގެން އުޅޭ ދަނޑިވަޅެއްގަ އެވެ. އެ ވެކްސިން އެންމެ ފުޅާކޮށް އުފައްދާ އިންޑިއާގެ ސީރަމް އިންސްޓިޓިޔުޓަށް އެކަން ނުވެގެން އުޅޭކަމަށް ބުނެ، ބޭރުގެ މީޑިއާތަކުގައި ވެސް އެ ކަންބޮޑުވުންފާޅު ކުރަމުން ދަނިކޮށެވެ. ކޮވިޑުގެ ބިރުވެރި ރާޅަކާއެކު އިންޑިއާގައި ދުވާލެއްގެ މައްޗަށް އެތަކެއް ހާސް ބަޔަކަށް ފަރުވާ ނުދެވި މަރުވަމުންދާއިރު، ވެކްސިން އުފެއްދުމަށް ބުރޫ އަރާފައިވާކަން ސީދާ އެ ކުންފުނިންވެސް ދިޔައީ ބުނަމުންނެވެ.

ރޯދަ މަހު ވެކްސިންޖަހާ ގަޑިތައް މަދުކޮށް، ހަމައެކަނި ރޭގަނޑަށް ބަދަލުކުރުމުން އެތައް ސަތޭކަ ބަޔަކު ވެކްސިން ޖަހަން ކިޔު ހެދީ އެޗްޕީއޭއިން ދިން ޔަގީންކަމުގެ މަތީގަ އެވެ. އެއްވެސް އިންތިޒާމެއް ނެތުމުން ވެކްސިން ސެންޓަރުތައް ވަށާލައި ކިޔޫތައް ދަމައިލި އެވެ.

ކޮންމެ ރެއަކު ވެކްސިން ސެންޓަރުތަކުގެ ދޮށުގައި އެތައް ސަތޭކަ ބަޔަކު ތޮއްޖެހި، ޝަކުވާތަކާ އެކު ގިނަ ބަޔެއްގެ ރުޅިގަނޑު ފަޅައިގެންދިޔަ އެވެ. އެއަށްވުރެ ރަނގަޅު އިންތިޒާމެއް ހަމަ ނެތީތޯ ބުނެ ސުވާލުކުރަން ފެށުމުން، އޮންލައިންކޮށް ނަމްބަރު ނަގައިގެން ވެކްސިންޖެހޭ ގޮތް ހަމަޖެއްސި އެވެ. އެކަމަކު ކިޔޫތަކަށް ލިބުނު ލުއި ދެމިއޮތީ އެންމެ ހަފްތާއެއްހާ ދުވަހަށެވެ. އޮންލައިންކޮށް ނަމްބަރު ނަގަން ތަރުހީބު ކުޑަކަމަށް ބުނެ އެކަން ހުއްޓާލީ އެވެ.

އެއާއެކު ވެކްސިން ކިޔޫތައް ބޮއްސުންލީ އެވެ. ރޭގަނޑު 9:00 ގައި ހުޅުވާލާ ސެންޓަރުގެ ދޮށުގައި ހަވީރު 5:00 ޖަހާއިރު މީހުން ކިޔޫއަށް ޖަމާވާން ފެށި އެވެ. ކިޔޫގައި ތިބެގެން ރޯދަ ވީއްލަން ތައްޔާރުވެގެންނެވެ. އޭރު ވެސް މީޑިޔާތަކުން ވެކްސިން ހުސްވަމުންދާ ކަމަށް ބުނެ އެހި ސުވާލުތަަކަށް އެޗްޕީއޭ އިން ތަކުރާރުކުރީ ހަމަ އެއް ޖަވާބެކެވެ.

އޭގެ ފަހުން، ކުއްލިއަކަށް ކޮވިޝީލްޑް ވެކްސިން ޖެހުން ހަމައެކަނި ފެބްރުއަރީ މަހުގެ ކުރީކޮޅު ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ލުއިކުރުމުން، އެއްކަލަ ސުވާލުގެ އަޑުގަދަވި އެވެ. އެކަމަކު އެޗްޕީއޭއިން ދެމުން އައި ޖަވާބުގެ މަތީގައި ސާބިތުކަމާއެކު ތިބީ އެވެ.

ދެން މިދިޔަ އަންގާރަ ދުވަހުގެ ރޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް އެޗްޕީއޭގެ ޕްރެސްގައި ބައިވެރިވެވަޑައިގެންނެވުމުން ކިޔޫތަކުގެ ޝަކުވާ ނޫސްވެރިން އަނެއްކާ ވެސް އަމާޒުކުރި އެވެ. އޮންލައިންކޮށް ނަމްބަރު ދޫކުރުން މަބްރޫކު ވެސް ދިފާއު ކުރެއްވީ ތަރުހީބު ކުޑަކަމުގެ ބަހަނާއާ އެކު އެވެ. އަދި އެކަން ކުރުން ހުއްޓާލީ ނަމްބަރު ނެގުމަށްފަހު މީހުން ނައިސް، ނަމްބަރުތައް ބޭކާރުވަމުންދާތީ ކަމަށް ވެސް ވިދާޅުވަމުންނެވެ. އެންމެ ބޮޑުވަރަކަށް ވިދާޅުވީ ވެކްސިންގެ ސްޓޮކު މަދު ކަމަށެވެ.

ނަމަވެސް، އެންމެ ފަހުން އެކަމުގެ ހަގީގަތް ހާމަވީ ވިދިގެން އައި ދުވަހެވެ. ވެކްސިންގެ ހަގީގީ އަދަދުތަކުގެ މަތީގައި އިތުރަށް އަތް އަޅައިގެން ތިބެވެން ނެތިގެން، އެކަމަށް އިއުތިރާފުވާން މަޖުބޫރުވީ އެވެ.

ވެކްސިން މެދުކެނޑުނު ސަބަބު ތަފްސީލްކޮށްދެމުން އެޗްޕީއޭގެ ބަޔާނުގައި ބުނީ ކޮވިޑްގެ ހާލަތު ދުނިޔޭގައި އިތުރަށް ގޯސްވުމާ ގުޅިގެން ވެކްސިން އުފެއްދުމާއި، ވެކްސިން ފޯރުކޮށްދިނުމަށް ހުރިހާ ގައުމަކަށް ވެސް މިއީ ހުރަސްތަކަކާއި ލަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ. ހާއްސަކޮށް އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކޭސްތައް ހަލުވިކަމާ އެކު ފެތުރެން ފަށާފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ފަދައިން، ރާއްޖެއަށް ވެސް ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އެޗްޕީއޭގެ ބަޔާނުގައި އޭގެ ކުރިން ނޭނގޭ ކަމެއް ނެތެވެ. އެއީ ހައްތަހާވެސް އާއްމުންގެ އިތުރުން މީޑިޔާތަކުން ވެސް ސުވާލުތައް ބިނާކުރި ނުކުތާތަކެވެ. ކުރިން އެކަން ހާމަނުކުރި ސަބަބެއް އެއް ގޮތަކަށް ވެސް ނުވިސްނެ އެވެ.

ހަމަ އެ ރޭ މަބްރޫކު ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ. ވެކްސިން ހުރި މިންވަރު ހާމަނުކުރުމަކީ "ގޯހެއް" ކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

މި އަދަދުތައް ކުރީންސުރެ ހާމަ ނުކުރެވި ހުރުމާއި ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް މީޑިއާ ވެސް އަދި އާންމު ރައްޔިތުންގެ ތެރެއިންވެސް ވޭ. އަޅުގަނޑު ދަންނަވަން ބޭނުން އެކަން އަޅުގަނޑުމެން ބަލައިގަންނަން. ތިބޭފުޅުންނާއި އާންމު ރައްޔިތުންނާއި ސަރުކާރުން ގުޅިގެން މި މަސައްކަތް ކުރާކަމުގައިވާނަމަ އެ އިތުބާރު އޮންނަންވާނެ. މި އަދަދުތައް ތިބޭފުޅުންނަށް ހާމަކޮށް ފެންނަން ހުންނަންވާނެ - މަބްރޫކު

އެކަމަކު މަބްރޫކު އެ ވާހަކަ ވިދާޅުވާންވީ ވެކްސިން ހުއްޓާލީ ކަމަށް އެ ދުވަހު މެންދުރެއްހާ އިރު އެޗްޕީއޭ އިން އެންގިއިރު ވެސް ވެކްސިން ޖަހަން ކިޔޫއަށް އަރައިތިބި މީހުން ގާތުގަ އެވެ.

ކަނޑައެޅިގެން އެނގޭ ކަމެއްގައި، އެހާ ދުވަސް ވަންދެން ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެއްސުމަކީ ގޯހެކޭ ބުނެ ފަރުޖައްސާލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލަ އެކެވެ. އެރޭ މަބްރޫކު ވިދާޅުވީ އާއްމުކޮށް ކޮވިޝީލްޑް ދިނުން ހުއްޓާލިއިރު ހުރީ އެންމެ 1،700 ޑޯޒް ކަމަށެވެ. އެކަމަކު އޭގެ ދެވަނަ ޑޯޒް ޖަހަންޖެހޭ 20،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ.

އެތައް ދުވަހެއްގެ މަތިން ތަކުރާރުކޮށް ކުރި ސުވާލުތަކަށްފަހު ހާމަކުރި ހަގީގަތް ގަދަކަމުން ވެސް ދެކޮޅު ޖެއްސެން ނެތީމަ އެވެ. ރޯދަ މަހެއްގައި ރޯދަ ނުވީއްލައި ކިޔޫގައި ތިބި ގިނަ މީހުންނަކީ ކޮވިޝީލްޑް ޖަހަން އައިސް ތިބި މީހުންކަން އެނގޭނެތީ އެވެ. އެ އެންމެންނަށް ޖެހޭ ވަރަށް ވެކްސިން ނެތް ކަން އެނގިހުރެ، ގަސްދުގައި ކިޔޫ ތާށިކުރީމަ އެވެ. ކަނޑައެޅިގެން ހެއްދެވި އިތުރުފުޅު ފޮރުވޭހާ އަވަހަށް އިތުރު ވެކްސިން ނުލިބޭނެކަންވެސް އެނގޭނެތީ އެވެ.

ރައްޔިތުންގެ އިތުބާރު ހޯދަން ހާމަކަން ބޮޑުކުރަން ވައުދުވެ އައީ ސަރުކާރަކުން މިކަމުގެ ހަގީގަތް ހާމަނުކޮށް މިހާ ދުވަސް ތިބި ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނެ އެވެ. މަބްރޫކު ވިދާޅުވީ އެއީ ގޯހެއް ކަމަށެވެ. އެކަމަކު އެއީ ސަރުކާރުން ހެދި ގޯހެއް ނޫނެވެ.

މިއީ ރައްޔިތުންނާއި މީޑިޔާތައް ވެސް ހިމެނޭ ގޮތަށް ސަރުކާރުގެ ހަމަ ބޮޑު އޮޅުވާލުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox