ދަތުރުކުރުމުގައި ލުއި ދިނަސް އެއްވެސް ރަށެއްގައި 60 ޕަސެންޓަށް ވެކްސިން ނުދެވޭ

ނޭޝަނަލް އާޓް ގެލަރީ ކައިރީ ވެކްސިން ޖަހަން ކިއު ހަދާފައި: ކަރަންޓީން ނުވެ ދަތުރުކުރަން ލުއި ދިނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ދެ ޑޯޒު ވެކްސިން ފުރިހަމަވެފައިވާ ރަށްތަކަށް. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ނޭޝަނަލް އާޓް ގެލަރީ ކައިރީ ވެކްސިން ޖަހަން ކިއު ހަދާފައި: ކަރަންޓީން ނުވެ ދަތުރުކުރަން ލުއި ދިނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ދެ ޑޯޒު ވެކްސިން ފުރިހަމަވެފައިވާ ރަށްތަކަށް. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އާބާދީގެ 60 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްތަކަށް ކަރަންޓީން ނުވެ އިއްޔެ އިން ފެށިގެން ދަތުރުކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކޮށްފައިވީ ނަމަވެސް އާބާދީގެ 60 ޕަސެންޓަށް އެއްވެސް ރަށެއްގައި އަދި ވެކްސިން ފުރިހަމައެއް ނުވެ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު "އަދަދު"އަށް އިއްޔެ ވިދާޅުވީ އެއްވެސް ރަށެއްގައި އާބާދީގެ 60 ޕަސެންޓަށް ދެ ޑޯޒު ފުރިހަމަ ނުކުރެވި ވަނީ ފުރަތަމަކޮޅު ވެކްސިން ޖެހި މީހުންގެ އަދަދު މަދުވުމުން ކަމަށެވެ. މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ފެށި ނަމަވެސް ކުރީކޮޅު ތަރުހީބު ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ބަޔަކު ފުރަތަމަ ޑޯޒު ޖަހަން ފެށީ، އޮފިޝަލް ވިދާޅުވި ގޮތުގައި، ރޯދަމަހާ ދިމާކޮށެވެ.

ރާއްޖޭގައި ފެށި ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފުތާ ފަހުންނެވެ. ސިނޯފާމް އާއި ފައިޒާ ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހަނީ ފުރަތަމަ ޑޯޒަށް ހަތަރު ހަފުތާ ފަހުންނެވެ.

އެޗްޕީއޭ އިން ލަފާކުރަނީ މާލެ އާއި ރަށްރަށުގައި ވެސް އާބާދީގެ 60 ޕަސެންޓަށް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައި ނިމޭނީ އަންނަ މަހުގެ ފަހުކޮޅަށެވެ.

ކަރަންޓީން ނުވެ ދަތުރުކުރުމުގެ އުސޫލް

ކޮވިޑާ ގުޅިގެން ދަތުރުފަތުރުކުރަން ކުރިމަތިވި އުނދަގޫތަކަށް ލުއި ދީ ނެރެފައިވާ ގައިޑްލައިންގައި ކަރަންޓީނާ ނުލައި ދަތުރުކުރަން ހުއްދަ ދީފައި އޮތީ އާބާދީގެ 60 ޕަސެންޓަށް ދެ ޑޯޒު ވެކްސިން ދީފައިވާ ރަށްތަކަށް އެކަންޏެވެ. މި ރަށްތަކަށް ދާ މީހުން ޕީސީއާރު ޓެސްޓެއް ބޭނުމެއް ނުވެ އެވެ.

އެކަމަކު އެ ރަށެއްގައި ބަލި އުޅޭ ނިސްބަތް ފަހެއް ޕަސެންޓަށް ވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ ނަމަ ދެ ޑޯޒު ފުރިހަމަކުރުމަށް ފަހު ދެ ހަފުތާ އަށް މަޑުކުރުމުގެ އިތުރުން ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުންވެ އެވެ.

ރާއްޖޭގައި ވެކްސިން ނުދެވޭ އުމުރުގެ މީހުންނަށް ވެސް ދަތުރުކުރެވޭނީ ޕީސީއާރު ޓެސްޓަކާ އެކުގަ އެވެ. މި ޓެސްޓު އެކި ތަންތަނުން ހަދައިދެނީ އެކި އަގުގަ އެވެ. ބައެއް ތަންތަނުގެ އަގު އުޅެނީ 700-1000ރ. އާ ދެމެދުގަ އެވެ.

ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށްތައް

ޅ.ނައިފަރު

ބ.މާޅޮސް

ތ.ވޭމަންޑޫ

ކ.ހުރާ

ކ.ދިއްފުށި

އދ.މާމިގިލި

މާލެ

ރާއްޖެ އިން މިހާތަނަށް 26،667 މީހުންނަށް ބަލި ޖެހިފައިވެ އެވެ. ބަލީގައި 71 މީހަކު މަރުވެފައިވެ އެވެ. މާލޭގެ އިތުރުން 17 ރަށެއްގައި ވަނީ ބަލިފެތުރިފަ އެވެ. އެންމެ ހާލަތު ގޯހީ ތ. އަތޮޅުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox