ދެ މުބާރާތަށް ތައްޔާރުވުމާ މެދު ނާއިމް ދެކޭގޮތް ރަނގަޅު

ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ނާއިމް ބޯޅަ ހިފައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ނާއިމް ބޯޅަ ހިފައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭއެފްސީ ކަޕްގެ ކޮލިފައިން މެޗުތަކާއި ދިރާގު ދިވެހި ޕްރިިމިއާ ލީގުގެ މެޗުތައް އެކީގައި ކުޅެން ޖެހިފައިވީ ނަމަވެސް އީގަލްސް ކުޅުންތެރިން އެ މެޗުތަކަށް ތައްޔާރުވަމުން ދަނީ ރަނގަޅު ރޫހެއްގައި ކަމަށް އީގަލްސްގެ ފޯވާޑް މުހައްމަދު ނާއިމް ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަމަ ބުރުގައި މި މަހުގެ ހަތް ވަނަ ދުވަހު މާލޭގައި ކުޅުނު މެޗުން އީގަލްސް ވަނީ ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ 2-0 އިން ބަލިކޮށްފަ އެވެ. އެ ދުވަހު އީގަލްސްގެ ދެ ވަނަ ގޯލު ޖެހީ ހިލޭ ޖެހުމަކުން ނާއިމް އެވެ. އީގަލްސްގެ ކޮލިފައިން ދެ ވަނަ މެޗުގައި މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗު މި މަހު 21 ވަނަ ދުވަހު ނޭޕާލުގައި ކުޅެން ރޭވި ނަމަވެސް އެ ދުވަހު ވެސް އެ މެޗު ކުޅެވޭގޮތްނުވި އެވެ. މިހާރު އެ މެޗު ކުޅެވޭތޯ ބަލަނީ އިންޑިއާ ނޫނީ ރާއްޖޭގަ އެވެ. ސީދާ ތާރީހެއް އަދި ފައިނަލެއް ނުވެ އެވެ.

އީގަލްސްގެ އޭއެފްސީ މެޗު ލަސްވާއިރު، ފުރުސަތު ލިބޭ ވަރަކަށް އެ ޓީމުގެ ލީގުގެ މެޗުތައް ކުޅޭނެ ކަމަށް ބެލެވެ އެވެ. އެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ އީގަލްސް އިން ވަނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނާއިމް އެވެ. އީގަލްސް އިން އެ މެޗުގައި ލީޑުނެގީ ނާއިމް ވައްދާލި ޕެނަލްޓީންނެވެ.

ނާއިމް ބުނީ ދެ މުބާރާތް އެެއްކޮށް ކުޅޭތީ އުނދަގޫތަކެއް ހުރި ނަމަވެސް އޭގެ ސަބަބުން މާ ބޮޑު ކަންތައްތަކެއް ކުރިމަތިނުވާ ކަމަށެވެ.

"ދެ މުބާރާތް އެއްކޮށް ކުޅެން ޖެހުނީމަ ވަރުބަލިކަން ވެސް އަންނާނެ. އެކަމަކު ޓީމު ޕްލޭޔަރުން ތައްޔާރީތައް ވެފައި ހުރިލެއް ރަނގަޅުވީމަ ކަންނޭނގެ އެބައި މާ ބޮޑަށް ނުދައްކަނީ. ވަރަށް ރަނގަޅު ދެން ދެ މުބާރާތް އެއް ފަހަރާ ކުޅުނީމަ ޕްލޭޔަރުން މަސައްކަތްކުރާ ރޭޓާ އެއްޗެހި ވަރަށް ރަނގަޅަށް ފެންނަނީ،" ނާއިމް ބުންޏެވެ.

މި ސީޒަނަށް ނާއިމް ނުކުތީ ކަކުލުގެ ސީރިއަސް އަނިޔާއަކުން ރިކަވާވެގެންނެވެ. އެކަމަކު ސީޒަން ފެށިތަނާ ދެ މަސް ވެސް ނުވަނިސް އަލުން ލީގު ހުއްޓާލަން ޖެހުނީ ކޮވިޑްގެ ކޭސްތައް ގިނަވާތީ އެވެ. ދެ މަސް ފަހުން އަލުން މިދިޔަ މަހު ފަހުކޮޅުގައި ލީގުގެ މެޗުތައް ފެށިއިރު، ނާއިމް ފުރަތަމަ މެޗުތަކުގައި ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އަމިއްލަ ސަބަބަކާ ހުރެ އޭނާ ޓީމުގެ ފަރިތަކުރުންތަކާ ގުޅުނީ ވެސް ފަހުންނެވެ.

"ބްރޭކަކަށް ފަހު އަސްލު އެހާ ގިނަ ދުވަސްކޮށްފައި އައީމަ ފިޓްނަސް އަށް ވަރަށް ބޮޑު ބަދަލުތަކެއް އައި. ދެން ކޯޗު ކައިރީގައި ބުނަން ވެސް ބުނިން އަދި 11 ގައި ނުކުޅެވޭނެ ވާހަކަ. އެއީ އެހާ ބޮޑަށް މަސައްކަތްކޮށްފައި ބްރޭކެއް އައީމަ މީހާ އަނެއްކާ ހޭނިލަން ވެސް ދުވަސްކޮޅެއް ނަގާނެ. ބްރޭކަށް ފަހު މަސައްކަތްކޮށްގެން އަމިއްލަ އަށް ވެސް ބައެއް ކަންކަން ކޮށްގެން މި ހިސާބަށް އަނެއްކާ އާދެވިފައި މި ހުރީ،" ފޯމަކަށް އެޅެން ކުރި މަސައްކަތް ނާއިމް ކިޔައިދިނެވެ.

ރޭ ޓީސީ ކުޅުނު މެޗުން މާޒިޔާ އަތުން ބަލިވުމުން އީގަލްސް ވަނީ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ޓީސީ އޮތީ ލީގުގެ ހަ ވަަނައިގަ އެވެ. އެއީ 13 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އެ މަގާމުގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގައި އަބަހާނީ އަތުން މޮޅުވެއްޖެނަމަ އީގަލްސް އިން ކޮލިފައިން ޕްލޭއޮފްގައި ކުޅޭނީ އިންޑިއާގެ ބެންގަލޫރުއާ އެވެ. ގްރޫޕް ސްޓޭޖުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. އެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ރާއްޖޭގަ އެވެ. މެޗުތައް އޮތީ އަންނަ މަހު 14 އިން 21 ގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox