އޭޖީގެ ލަފަޔާ އެއްގޮތަށް ވަސާޖިއޯގެ އެއްބަސްވުން އުވައެއްނުލި، މައްސަލަ މަޖިލީހަށް!

ވެހިކަލްތަކުން މަގު ފުރިފައި: އެއްގަމު ދުއްވާ އުޅަނދުތަކުގެ ނަމްބަ ޕްލޭޓް ބަދަލުކުރަން ވަސާޖިއޯއާ ހަވާލުކުރި މަޝްރޫއުގެ މައްސަލަ ބޮޑުވެ، މަސައްކަތް އޮތީ ހުއްޓުވާފައި. -- ފޮޓޯ / އަދަދު

ވެހިކަލްތަކުން މަގު ފުރިފައި: އެއްގަމު ދުއްވާ އުޅަނދުތަކުގެ ނަމްބަ ޕްލޭޓް ބަދަލުކުރަން ވަސާޖިއޯއާ ހަވާލުކުރި މަޝްރޫއުގެ މައްސަލަ ބޮޑުވެ، މަސައްކަތް އޮތީ ހުއްޓުވާފައި. -- ފޮޓޯ / އަދަދު

ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ކުންފުންޏާ އެކު ވީ އެއްބަސްވުން އުވާލަން އެޓާނީ ޖެނެރަލްގެ އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ދިން ލަފަޔާ އެއްގޮތަށް އަމަލުނުކޮށް އޮއްވައި ވަސާޖިއޯ އަށް "ގެއްލުންވަމުންދާ މައްސަލަ" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ކުންފުނިން މަޖިލީހަށް މައްސަލަ ހުށަހެޅީ މަސައްކަތް ހުއްޓުވި ފަހުން ޓްރާންސްޕޯޓުގެ ޖަވާބެއް ނުލިބި ލަސްވުމާއި އެ އެއްބަސްވުމުގެ ސަބަބުން ކުންފުންޏަށް ގެއްލުންވަމުންދާ ކަމަށް ބުނެ އެވެ. އެނގިފައިވާ ގޮތުގައި، އެއްބަސްވުން އުވާނުލައި ޓްރާންސްޕޯޓުން ލަސްކޮށްފައިވާތީ ވަސާޖިއޯއަށް ބޮޑު ބަދަލެއް ދައުލަތުން ދޭން ޖެހިދާނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ.

ނަމްބަރު ޕްލޭޓް ހަދަން ޓްރާންސްޕޯޓުން ހުޅުވާލުމުން ތިން ކުންފުންޏަކުން ކުރިމަތިލި އެވެ.

ވަސާޖިއޯއާ އެ މަސައްކަތް ހަވާލުކުރި އިރު އެއީ އެ މަސައްކަތް ކުރަން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ކަން "އަދަދު" އަށް ލިބިފައިވާ ޓްރާންސްޕޯޓުގެ ލިޔުންތަކުން އެނގެ އެވެ. މިކަން މިގޮތަށް ހިނގާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ވެރިންތަކަކާ، ވަސާޖިއޯ ކުންފުންޏާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށް ވެސް ތުހުމަތުތަކެއް ކުރެ އެވެ. އެކަމަކު ޓްރާންސްޕޯޓުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މި ބީލަން ކުރިއަށް ގެންދިޔަ ނަމަވެސް ޖުމްލަ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެން ބޮޑު މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ. ނަމްބަރު ޕްލޭޓް ބީލަމުގައި ބައިވެރިވި ކުންފުންޏަކުން ކުރި ޝަކުވާތަކަކާ ގުޅިގެން މައްސަލަ ބެލުމަށް ފަހު ފިނޭންސުން ވެސް ޓްރާންސްޕޯޓަށް އެންގީ ޓެންޑަ ބޯޑު މެދުވެރިކޮށް އެ ބީލަން ކުރިއަށް ގެންދާށެވެ.

ފިނޭންސުން އެންގީ ޕްރޮޖެކްޓް އަލުން ބީލަމަށް ހުޅުވާލުމަށެވެ. އޭޖީގެ ލަފަޔަކީ ވެސް އަލުން ހުޅުވާލައިގެން މަސައްކަތް ކުރިއަށް ގެންދިއުމެވެ.

އެކަމަކު ސަރުކާރުގެ ރަސްމީ ދެ މުއައްސަސާއަކުން މިގޮތަށް އެންގިތާ ހަތް މަސް ފާއިތުވެފައިވާ އިރު ވެސް ޓްރާންސްޕޯޓުން އެއްބަސްވުން ބާތިލެއް ނުކުރެ އެވެ. އެތަނުގެ އިސް ބޭފުޅުންތަކެއް އެކަން "އަދަދު" އަށް ކަށަވަރުކޮށްދެއްވި އެވެ.

އެއްބަސްވުން ބާތިލްނުކުރާ ކަމަށް ވަސާޖިއޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވިޝާމް ވެސް ވިދާޅުވި އެވެ. އެ ކުންފުނީގެ ކަންބޮޑުވުމަކީ އެއްބަސްވުމުގައި ސޮއިކޮށް ނަމްބަރު ޕްލޭޓް ހެދުމަށް މެޝިންތައް ރާއްޖެ ގެނައި ފަހުން ކުއްލިއަކަށް މަސައްކަތް މަޑުޖައްސާލަން އެންގި ގޮތަށް "ވާނުވާއެއް ނޭނގުމެ"ވެ.

ވިޝާމް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް އެތައް ސިޓީއެއް ފޮނުވިއްޖެ އެވެ. އެކަމަކު އެ މިނިސްޓްރީގެ ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި މިކަމުގައި ޒިންމާ ނަގަން ޖެހެނީ ކާކު ކަމެއް ވެސް ސާފު ނުވާ ކަމަށް ވިދާޅުވި އެވެ.

"ދައުލަތުގެ އެއްބަސްވުމަކީ ޖޯކަކަށް ނުހެދޭނެ،" ވިޝާމް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން އޭނާ ވަނީ މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ. މި މައްސަލައިގައި ޓްރާންސްޕޯޓް ޒިންމާދާރުކުރުވޭނީ މަޖިލީހަށް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ވެހިކަލްތަކުން ފުރިބާރުވެފައި އޮތް މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް 120،000 އުޅަނދުގެ ނަމްބަ ޕްލޭޓް ބަދަލުކުރަން ޖެހެ އެވެ. މީގެ ތެރޭގައި ސައިކަލްގެ އަދަދަކީ 75،000 އެވެ. ވަސާޖިއޯ އިން ހުށަހެޅި އަގަށް ބަލާ ނަމަ ހުރިހާ ސައިކަލްތަކެއްގެ ނަމްބަ ޕްލޭޓް ބަދަލުކުރަން އެ ކުންފުނީގެ އަގަކީ 35 މިލިއަން ރުފިޔާ އެވެ. ހަތަރުު ފުރޮޅުލީ ވެހިކަލްތަކަށް ހުށަހެޅީ 33.7 މިލިއަން ރުފިޔާ އަށެވެ.

ސްޓީލް ޕްލޭޓެޑް ނަމްބަރު ބޯޑު ހަދައިދޭން ވަސާޖިއޯ އިން ހުށަހެޅި އަގުތަކަށް ބަލާއިރު މުޅި ރާއްޖޭގެ ހުރިހާ ވެހިކަލްތަކެއް ނަމްބަރު ބޯޑު ބަދަލުކުރަން އެ ކުންފުނީގެ އަގަކީ ގާތްގަނޑަކަށް 68 މިލިއަން ރުފިޔާ އެވެ. މި އަދަދު އިތުރުވަނީ އަލަށް ރަޖިސްޓްރީކުރާ ވެހިކަލްތަކާއި ދެ ވަނަ ފަހަރަށް ބޯޑު ހައްދަން ވެއްޖެ ނަމަ ވެސް އެ ކުންފުންޏަށް އެކަނި އެކަން ކުރެވޭނެ ގޮތަށް އޮތުމުންނެވެ.

ބޮޑު އަގު ހުށަހެޅި ވަސާޖިއޯ އަަށް ނަމްބަ ޕްލޭޓް ހަދަން ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ވެސް އަންނަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox