ޖަލުގައި ހުރި ރަޝިއާގެ އިދިކޮޅު ލީޑަރަށް ގުރުއާން ކިޔެވުން މަނާ ކުރަނީ

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ-- ފޮޓޯ: އޭޕީ

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ-- ފޮޓޯ: އޭޕީ

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ބަންދުކޮށްފައި ހުންނެވި ޖަލުން އޭނާއަށް ގުރުއާން ކިޔެވުން މަނާކޮށް ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކުރައްވައިފި އެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންދާ މުއްދަތުގައި ގުރުއާން ކިޔަވަން ބޭނުންވާ ކަމަށާއި ގުރުއާންގެ މުސްހަފެއް ހޯދަން އެދުމުން އެކަމަށް ޖަލުން ހުރަސް އަޅާފައިވާ ކަމަށް ނަވަލްނީ ވިދާޅުވި އެވެ.

ނަވަލްނީގެ ފަރާތުން އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޖަލުގެ އޮފިޝަލުންގެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. ގުރުއާން ރަނގަޅަށް ކިޔާ ދަސްކުރުމަކީ އަމިއްލަ ނަފްސު އިސްލާހު ކުރަން ކަނޑައެޅި ލަނޑުދަނޑިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސާރާ ދީނަށް ނިސްބަތްވާ ނަވަލްނީ މި ވަގުތު ހުންނެވީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްގަ އެވެ. އެއީ އޭނާއަށް ދިމާވެފައިވާ ބުރަކަށީގެ ރިހުމާއި ފައިގެ ރިހުން ބަލަން ޑޮކްޓަރުން ގެނެސްދީފައި ނުވާތީ އެވެ.

އުމުރުން 44 އަހަރުގެ ނަވަލްނީ ވިދާޅުވީ ގުރުއާނުގެ އިތުރުން އޭނާ އެދުނު އެހެން ފޮތްތައް ވެސް ގެނެސްދީފައި ނުވަނީ "ހައްދު ފަހަނަ އަޅާ ގޮސްފައިވާ ވިސްނުން ހިމެނޭތޯ ބެލުމަށް" ކަމަށް އެންގި ކަމަށެވެ. އަދި އެއީ ތިން މަސް ނަގާ މަސައްކަތެއް ކަމަށް ވަނީ ބުނެފަ އެވެ.

ނަވަލްނީއަކީ ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިންއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އިދިކޮޅު ސިޔާސީ ލީޑަރެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ޖެނުއަރީ މަހު ޖަރުމަނުން މޮސްކޯއަށް ވަޑައިގެންނެވި ތަނުންނެވެ.

އޭނާ ޖަރުމަނުގައި ހުންނެވީ ނާވް އޭޖެންޓު ބޭނުންކޮށްގެން ދިން ހަމަލާއެއްގައި ވިހަވުމުން ފަރުވާ ހޯއްދަވާށެވެ. އެކަމުގެ ތުހުމަތު ކުރެވެނީ ރަޝިއާ ސަރުކާރަށެވެ. އެކަމަކު ރަޝިއާއިން އެކަން ދޮގު ކުރެ އެވެ.

އޭނާ ޖަލަށް ލާފައިވަނީ 2014 ވަނަ އަހަރު ފައިސާ ލޯންޑާ ކުރި ކަމަށް ސާބިތުވެ، ކުރި ހުކުމެއްގެ ޕްރޮބޭޝަން އުސޫލާ ހިލާފަށް ގައުމުން ބޭރުގައި އުޅުމުންނެވެ. ހުކުމް ކުރީ ފެބްރުއަރީ މަހު ދެ އަހަރާ ބަޔަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox