މެޖޯރިޓީ ނެގުމުގެ އަމާޒާ އެކު އެމްޑީޕީން ކެމްޕޭން ނިންމަން ރަސްދުއަށް

ރަސްދޫއަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ: ވިދާޅުވީ ހާހެއްހާ ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް--ޓްވިޓާ ފޮޓޯ: ޝިމްވާ

ރަސްދޫއަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ: ވިދާޅުވީ ހާހެއްހާ ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް--ޓްވިޓާ ފޮޓޯ: ޝިމްވާ

ލޯކަލް ކައުންސިލް އިންތިހާބަށް ވެރިކަންކުރާ އެމްޑީޕީން ކުރި ކެމްޕޭން ލާމަރުކަޒުކޮށް ނިންމާލުމަށް އެ ޕާޓީގެ ލީޑަޝިޕް އއ. ރަސްދުުއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ހުޅުމާލޭގެ ލަކުޑި ޖެޓީން އެމްޑީޕީގެ އިސް ބޭފުޅުން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލްތަކުގެ 1،500 ގޮނޑީގެ ތެރެއިން 1،000 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. އެއީ، ރާއްޖޭގެ ހަތަރު ސިޓީގެ މޭޔަރުގެ ގޮނޑި ވެސް ހިމަނައިގެން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭން ނިންމުން ރަސްދޫގައި މިރޭ ބާއްވަން ހަމަޖައްސާފައި އޮތީ ރަސްދޫ ފަޅު ތެރޭގަ އެވެ. ތިން ސަފާރީ އާއި ކަންނެލި އޮޑިއެއްގައި މިރޭ ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެޗްޕީއޭގެ ގައިޑްލައިން އޮތީ ރަސްދުއަށް އަރައިފި ނަމަ ކަރަންޓީންވާން ޖެހޭ ގޮތަށެވެ. އެހެންވެ އެމްޑީޕީގެ ނިންމުމަކީ އެއްވެސް މީހަކު ރަށަށް ނުފައިބައި ސަފާރީތަކުގައި ތިބެ ލައިވްކޮށް ކެމްޕޭން ނިންމުމުގެ ޖަލްސާ ބޭއްވުމެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކުރަޓިކް ޕާޓީން އިންތިހާބުތައް ކާމިޔާބު ކުރަނީ ވަރަށް ފުޅާ ވިސްނުމެއްގައި މި ޕާޓީ އަބަދުވެސް މަސައްކަތް ކުރަމުން ދާތީ. އަދި ހަމަ އެހެންމެ މި ރާއްޖޭގެ ގިނަ ރައްޔިތުންނަށް ހުރިހާ ރައްޔިތުންނަށް އެބަ ވަރަށް ސާފުވޭ އަޅުގަނޑުމެންގެ ވިސްނުން،" ނަޝީދު ވިދާޅުވި އެވެ.

"މި ޕާޓީއަކީ ދުވަހަކު ވެސް އަންނަ އޮތް އިންތިހާބެއް ޕާޓީއަށް އުނދަގޫ ވެދާނެކަމުގެ ފިކުރު، ވިސްނުން ގެންގުޅޭ ޕާޓީއެއް ނޫން."

މި އިންތިހާބާ މެދު އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ހުރި ކަންބޮޑުވުންތަކަށް ވެސް ނަޝީދު މިއަދު ވަނީ ނުސީދާކޮށް ޖަވާބު ދެއްވައިފަ އެވެ.

އެމަނިކުފާން ވިދާޅުވީ ވަގުތުގެ އަޖަލުގައި ޖެހި ބަލާލުމުން ބައެއް ފަހަރަށް ނުތަނަވަސްކަންވާ ކަމަށެވެ. އެކަމަކު އެމްޑީޕީ އަކީ ޝަކުވާތައް އަޑުއަހާ ބައެއް ކަމަށާއި ހުރި މައްސަލަަތައް އެ ޕާޓީން ހައްލުކޮށްދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މި ޕާޓީއަކީ މި ޕާޓީގެ ވެރިންނަށް ހުޝާމަދު ކުރާ އަޑު އަހާ ޕާޓީއެއް ނޫން. މިއީ ޝަކުވާ އަޑުއަހާ ޕާޓީއެއް. އަޅުގަނޑުމެންގެ ނޭވާއަކީ ވެސް އަޅުގަނޑުމެންގެ ކާނާއަކީ ވެސް ތިބޭފުޅުންގެ ޝަކުވާ، -- ނަޝީދު

އެމްޑީޕީގެ ސިޔާސަތުތައް އަމާޒު ކުރަނީ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައި ދިނުމަށް ކަމަށް މިއަދު ވެސް ނަޝީދު ތަކުރާރު ކުރެއްވި އެވެ.

އެމްޑީޕީން ހާހެއްހާ ގޮނޑި ނަގާނެ ކަމަށް ނަޝީދު މިއަދު ވިދާޅުވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ކައުންސިލް އިންތިހާބުގެ 80 ޕަސެންޓް އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox