ވޯޓުލުމުގެ ހައްގު ހަނިވެދާނެތީ އީސީ އާއި އެޗްއާރްސީއެމް ކަންބޮޑުވެއްޖެ

Apr 7, 2021, 5:25 PM
އީސީ އާއި އެޗްއާރްސީއެމް ވަނީ ވޯޓުލުމުގެ ހައްގު ހަނިވެދާނެތީ ކަންބޮޑުވެފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

އީސީ އާއި އެޗްއާރްސީއެމް ވަނީ ވޯޓުލުމުގެ ހައްގު ހަނިވެދާނެތީ ކަންބޮޑުވެފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ހަނިވެދާނެ ކަމުގެ ކަންބޮޑުވުން އިލެކްޝަން ކޮމިޝަން (އީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ފާޅުކޮށްފި އެވެ.

ކޮވިޑާ ގުޅިގެން ކައުންސިލް އިންތިހާބު ދިގުދެމިގެން ގޮސްފައިވާއިރު މިހާރު ވެސް ކޮވިޑްގެ ހާލަތު އޮތް ގޮތުން ބައެއް މީހުންނަށް ވޯޓުލުމުގެ ދަތިކަމާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން މިހާރު ވެސް ގިނަ ރަށްރަށެއް މޮނީޓަރިން ހާލަތުގައި އަރާ ފޭބުން ވަނީ މަނާކޮށްފައިވާއިރު ކަރަންޓީނުގައި ތިބި މީހުންގެ އަދަދު ވެސް ގިނަ އެވެ.

މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްރަށާއި އިންތިހާބަށް އަރާ ފޭބޭނެ ކަމަށް އީސީއިން ބުނެފައިވީ ނަމަވެސް، މިހާތަނަށް އެޗްޕީއޭއިން އެކަން އިއުލާން ކޮށްފައެއް ނުވެ އެވެ. އަދި ކަރަންޓީނުގައި ތިބޭ މީހުންނަށް އެ ހުއްދަ ދޭނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނުބުނެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ވެސް ވޯޓުލުމުގެ އިންތިޒާމް އީސީއިން ހަމަޖައްސާފައިވީ ނަމަވެސް، އެމީހުން ވޯޓުލުމަށް ދަތުރު ކުރުމުގެ އިންތިޒާމް ހަމަޖައްސަން ޖެހެނީ އަމިއްލައަށެވެ. އެހެންވެ، އެކަމުގައި ވެސް އަމަލު ކުރާނެ ގޮތެއް ސާފު ނުވެ އެވެ.

މީގެއިތުރުން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރު ކުރުމާއި މާލެއިން އެހެން ރަށްރަށަށް ވޯޓުލާން ދިޔުމުގެ ފުރުސަތު އޮތް ގޮތެއް ވެސް ވަނީ ސާފު ނުވެ އެވެ.

އިލެކްޝަން ކޮމިޝަން ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިގެން ނުވާނެ ކަމަށާއި ވޯޓު ރަޖިސްޓްރީވެފައިވާ ތަނަކަށް ވޯޓުލާން ދިޔުމުގެ ފުރުސަތު އެޗްޕީއޭއިން ދިނުމަށް ގޮވާލާ ކަމަށެވެ.

"ރިސޯޓް ބޯއީސް ވެސް އަދި މާލެއިން ރަށްރަށަށް ވޯޓުލާން ދާ މީހުންނަށް ވެސް ފުރުސަތު ދޭންވީ،" ޝަރީފް ޓްވީޓް ކުރެއްވި އެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވެސް ވިދާޅުވި ގޮތުގައި ވޯޓުދިނުމުގެ ހައްގު އަދާކުރުމަށް އެމީހަކު ރަޖިސްޓްރީވެފައިވާ ފޮށްޓަކަށް ވޯޓުލުމުގެ ފުރުސަތު އެމީހަކަށް ލިބިދޭން ޖެހޭނެ އެވެ.

ކަންބޮޑުވުންތަކާއެކު އެޗްއާރްސީއެމްއިން ވެސް މިއަދު ވަނީ އީސީ އާއި އެޗްޕީއޭއާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން މިރޭ ވަނީ ޓްވީޓްކޮށްފަ އެވެ.

ޓްވީޓްގައި ބުނި ގޮތުގައި، ކޮވިޑާ ގުޅިގެން ވޯޓުލުމުގެ ހައްގު ހަނިވެގެން ހިނގައިދާނެ ކަންކަން އެ ކޮމިޝަނަށް ފާހަގަވެފައިވާ ކަމާއި އެކަންކަމަށް ހައްލު ހޯދުމަށް ކޮމިޝަނުގެ ލަފާތައް ހުށަހަޅާފައިވާނެ ކަމަށެވެ. މީގެ އިތުރުން އަދިވެސް ކޮވިޑް ފެތުރެމުންދާތީ ވޯޓާ ގުޅިގެން ލިބިގެންވާ ހައްގުތަކާއެކީ ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ހައްގަކީ ވެސް މުހިންމު ހައްގެއްކަން ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

"އެހެންކަމުން ހެދިފައި ހުރި އުސޫލުތަކާއި އެހެނިހެން އިންތިޒާމުތަކުގެ ތެރެއިންވެސް މި ދެކަމަށް ރިއާޔަތްކުރުމުގެ މުހިންމުކަން ކޮމިޝަނުން ފަހަގަކުރަން،" ކޮމިޝަނުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox