2036 އާ ހަމައަށް ޕޫޓިންއަށް ވެރިކަން ކުރެވޭނެ ގޮތް ހަދައިފި

ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން-- ފޮޓޯ: ރޮއިޓާޒް

ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން-- ފޮޓޯ: ރޮއިޓާޒް

ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިންއަށް 2036 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރެއްވޭ ގޮތަށް އެކުލަވާލާފައިވާ ގާނޫނެއް އެމަނިކުފާނު ތަސްދީގު ކުރައްވައިފި އެވެ.

އެ ގާނޫނުގެ ދަށުން ހަ އަހަރުގެ އިތުރު ދެ ދައުރު ވެރިކަން ކުރުމުގެ ފުރުސަތު ޕޫޓިންއަށް ލިބިވަޑައިގަންނަވަ އެވެ. ނަމަވެސް ކޮންމެ ދައުރެއް ނިމުމުން އަލުން އިންތިހާބެއްގައި ބައިވެރިވެ ވަޑައިގަންނަވަން ޖެހޭނެ އެވެ.

އުމުރުން 68 އަހަރުގެ ރަޝިއާގެ ލީޑަރު މިހާރު ވެސް ވެރިކަން ކުރައްވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އިތުރު ދެ ދައުރަށް ހުންނެވޭ ގޮތަށް ހުށަހެޅުމުން ރައްޔިތުންގެ ބޮޑު ތާއީދެއް ލިބުނެވެ.

ޕޫޓިން ވިދާޅުވީ މިހާރު ހިނގަމުންދާ ދައުރު ނިމުމާއެކު 2024 ގައި އަލުން އިންތިހާބުގައި ވާދަކުރެއްވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ގާނޫނަށް ބަދަލު ގެންނަން ޖެހުނީ ވެރިކަމަށް ދަހިވެތިވާ މީހުންނަށް އޮތް ފުރުސަތު ކުޑަކޮށް، ގައުމުގެ ތަރައްގީގެ މަސައްކަތަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

ޕޫޓިން އެންމެ ފުރަތަމަ ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންނެވީ 2000 ވަނަ އަހަރު އެވެ. އެ ފަހަރު ހަތަރު އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވި އެވެ.

އޭގެ ފަހުން 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ޕޫޓިންއަށް ވަފާތެރި ޑިމިޓްރީ މެޑްވެޑެވް އެވެ. މެޑްވެޑެވް ވަނީ ރައީސްގެ ދައުރު ހަ އަހަރަށް ދިގުދަންމާލާ ގާނޫނެއް ފާސްކުރައްވާފަ އެވެ.

އެއާއެކު ދެން އައި އިންތިހާބުގައި ޕޫޓިން އަނެއްކާވެސް ވަނީ ވާދަކުރައްވާ ކާމިޔާބު ހޯއްދަވާފަ އެވެ. އޭގެ ފަހުން 2018 ގެ އިންތިހާބުން ވެސް ކުރި ހޯއްދެވީ ޕޫޓިންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox