ކޮވިޑް ވެކްސިންގެ ބާރު ދެރަކޮށްލާ މިއުޓޭޝަނެއް ޖަޕާނުން ފެނިއްޖެ

ޖަޕާނުގައި މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ -- ފޮޓޯ: ރޮއިޓާޒް

ޖަޕާނުގައި މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ -- ފޮޓޯ: ރޮއިޓާޒް

މިދިޔަ މަހު ޖަޕާނުގެ ހޮސްޕިޓަލެއްގައި ކޮވިޑަށް ޓެސްޓު ކުރި މީހުންގެ ތެރެއިން 70 އިންސައްތަ މީހުން، ވެކްސިނުން ލިބޭ ރައްކާތެރިކަން ކުޑަކޮށްލާ ވައިރަހުގެ މިއުޓޭޝަނަކަށް ޕޮޒިޓިވްވެއްޖެ އެވެ.

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭއިން މިއަދު ރިޕޯޓު ކުރި ގޮތުގައި ޓޯކިޔޯ މެޑިކަލް އެންޑް ޑެންޓަލް ޔުނިވާސިޓީ މެޑިކަލް ހޮސްޕިޓަލުން ޓެސްޓު ކުރި ގިނަ ބަޔަކު ޕޮޒިޓިވްވީ ކޮވިޑް ވަައިރަހުގެ E484K މިއުޓޭޝަނަށެވެ.

"އީކް" ގެ ނަމުން ސައިންސްވެރިން އިޝާރާތް ކުރަމުންދާ މި މިއުޓޭޝަނުގެ ސަބަބުން ވައިރަހުން ހަށިގަނޑަށް ލިއްބައިދޭ ރައްކާތެރިކަން ކުޑަކޮށްލަ އެވެ.

Advertisement

އެންއެޗްކޭއިން ބުނީ އެ ހޮސްޕިޓަލުގައި މިދިޔަ މާޗް މަހު ކޮވިޑަށް ޓެސްޓު ކުރި ކޮންމެ 14 މީހެއްގެ ތެރެއިން 10 މީހެއްގެ ހަށިގަނޑުން ފެނުނީ ވައިރަހުގެ މި މިއުޓޭޝަން ކަމަށެވެ.

މިހާތަނަށް މި މިއުޓޭޝަނަށް ޕޮޒިޓިވްވި އެއްވެސް މީހަކު ޖަޕާނުން ބޭރަށް ދަތުރު ކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

ވެކްސިނުގެ ބާރު ކުޑަކޮށްލާ މިއުޓޭޝަނެއް ޖަޕާނުން ފެނިފައި ވާއިރު، އެ ގައުމުގައި ކޭސްތަކުގެ އަދަދު ދަނީ މަޑުމަޑުން އިތުރުވަމުންނެވެ. މިދިޔަ ހުކުރު ދުވަހު ޓޯކިޔޯގައި 446 މީހުން ޕޮޒިޓިވްވި އެވެ. އެކަމަކު މިއީ މިދިޔަ ޖެނުއަރީ މަހު ޕޮޒިޓިވްވި 2،500 މީހުންނާ އަޅާ ބަލާއިރު ވަރަށް ބޮޑު ވެއްޓުމެކެވެ.

ނަމަވެސް އޮސާކާ ސިޓީއިން ވަނީ ރިކޯޑް އަދަދަކަށް އާ ކޭސް ފެނިފަ އެވެ. މިދިޔަ ހުކުރު ދުވަހު އެ ތަނުން 666 މީހުން ޕޮޒިޓިވްވި އިރު، ސިއްހީ ތަޖުރިބާކާރުން ކަންބޮޑުވެފައި ވަނީ އިނގިރޭސި ވިލާތުން އައި ކަމަށް ބެލެވޭ ސްޓްރެއިން ޖަޕާނުގެ ހުޅަނގުގައި ފެތުރޭތީ އެވެ.

އެހެން ނަމަވެސް "އީކް" މިއުޓޭޝަން ފެނުނު ހޮސްޕިޓަލުން ޓެސްޓު ކުރި އެއްވެސް މީހެއްގެ ހަށިގަނޑުގައި އިނގިރޭސިވިލާތުން ފެނުނު ކޮވިޑް ވައިރަހުގެ ސްޓްރެއިން ފެނިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox