ކައުންސިލް އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓް ނެރެފި

ކުރިން ބޭއްވި އިންތިހާބެއްގެ ވޯޓު ގުނަން އިލެކްޝަންސްގެ އޮފިޝަލުން ހަރަކާތްތެރި ވަނީ: ދާއިމީ ވޯޓާސް ލިސްޓް މިއަދު ވަނީ އާއްމުކޮށްފައި-- ފޮޓޯ: އިލެކްޝަންސް

ކުރިން ބޭއްވި އިންތިހާބެއްގެ ވޯޓު ގުނަން އިލެކްޝަންސްގެ އޮފިޝަލުން ހަރަކާތްތެރި ވަނީ: ދާއިމީ ވޯޓާސް ލިސްޓް މިއަދު ވަނީ އާއްމުކޮށްފައި-- ފޮޓޯ: އިލެކްޝަންސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު، އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު އާންމުކޮށްފި އެވެ.

ގެޒެޓްގައި އާންމުކޮށްފައިވާ ވޯޓްލެވޭ މީހުންގެ ދާއިމީ ލިސްޓްގައިވާ ގޮތުން މިފަހަރުގެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެ އެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު މި އަހަރަށް ފަސް ކުރުމުން، އެ މުއްދަތުގެ ތެރޭގައި 18 އަހަރު ފުރުނު މީހުންނެވެ.

ކުރިން ބާއްވަން އުޅުނު ތާރީހަށް ވުރެ އިންތިހާބު ފަސްވުމުން 308 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އޭގެ ސަބަބުން 120 ކެންޑިޑޭޓެއް ވަނީ ވޯޓަކާ ނުލައި އިންތިހާބުވެފަ އެވެ. އެ ކެންޑިޑޭޓުން ނަން ނެގުމާއެކު މިހާރު އިންތިހާބުގައި ވާދަކުރަނީ 3،934 ކެންޑިޑޭޓުންނެވެ. އެއީ ކައުންސިލަރު ކަމަށް ވާދަކުރާ 2،264 މީހަކާއި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 މީހެކެވެ.

Advertisement

އިންތިހާބު ބާއްވަން ކަނޑައެޅި ބަޖެޓަށް އީސީން އެދުނު މިންވަރަށް 30 އަކަށް މިލިއަން ރުފިޔާ އިތުރުކޮށްދިނުމާއެކު އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ބަލިމަޑުކަމުގެ ހާލަތަށް ބަދަލެއް ނާދެ އެވެ. އޭގެ ބަދަލުގައި އިންތިހާބަށް އެންމެ ހަފްތާއަކަށްވެފައިވާއިރު، ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ.

އީސީއިން އަންނަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓް ލުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ކަރަންޓީންގައި ތިބޭ މީހުންނަށް ވެސް ވޯޓް ލެވޭގޮތް ހަމަޖައްސަން ވަނީ ނިންމައިފަ އެވެ. އަދި ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ފެނިގެން މޮނީޓަރިންގެ ހާލަތަށް ގެނެސް، އަރައިފޭބުން މަނާކޮށްފައިވާ ރަށްތަކަށް، ވޯޓުލާ ދުވަހު ދަތުރުކުރެވޭ ގޮތް ހަދަން ވަނީ މަޝްވަރާ ފަށައިފަ އެވެ.

https://adhadhu.com/article/10196

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު ބާއްވަން އުޅުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހުނީ ކޮވިޑްގެ ސަބަބުންނެވެ. އަންނަ ހޮނިހިރު ދުވަހު ހާއްސަ އިންތިޒާމުތަކެއްގެ ދަށުން އިންތިހާބު ބާއްވަނީ އެތައް ތާރީހެއް ކުރިން ކަނޑައަޅައި ފަސް ކުރުމަށް ފަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox