އެމެރިކާގެ ކެޕިޓަލް ސެކިއުރިޓީއަށް ދިން ހަމަލާއެއްގައި ފުލުހަކު މަރުވެއްޖެ

ބާރު ސްޕީޑުގައި ގޮސް ކެޕިޓަލްގެ ސެކުއިރިޓީ ބެރިއަރުގައި ޖައްސާފައި އޮތް ކާރު -- ފޮޓޯ / އީޕީއޭ

ބާރު ސްޕީޑުގައި ގޮސް ކެޕިޓަލްގެ ސެކުއިރިޓީ ބެރިއަރުގައި ޖައްސާފައި އޮތް ކާރު -- ފޮޓޯ / އީޕީއޭ

އެމެރިކާގެ ވޮޝިންޓަންގައި ކޮންގްރެސް ބައްދަލުވުންތައް ބާއްވާ ކެޕިޓަލް އިމާރާތް ހިމެނޭ ސަރަހައްދުގައި ދިން ހަމަލާއެއްގައި ފުލުހަކު މަރުވެ، އިތުރު ފުލުހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހަމަލާ ދިނީ ބާރަށް ދުއްވާފައި ދިޔަ ކާރެއް ސެކިއުރިޓީ ބެރިއަރުގައި ޖައްސައިގެން ކަމަށާއި އެއަށްފަހު ޑްރައިވަރު ކާރުން ނިކުމެ ވަޅިއަކުން ފުލުސް އޮފިސަރުންނަށް ހަމަލާ ދިން ކަމަށެވެ.

ރައްދުގައި ފުލުހުން ވަނީ ބަޑި ޖަހާ އެ މީހާ މަރާލާފަ އެވެ.

Advertisement

މިއީ ޓެރަރިޒަމާ ގުޅުން ހުރި ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. މި ހަމަލާ ދީފައި މި ވަނީ މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް އިމާރާތަށް ވަދެގަނެ ހަމަނުޖެހުން ހިންގާފައި ވަނިކޮށެވެ.

ކެޕިޓަލް ފުލުހުންގެ އެކްޓިން ޗީފް ޔޮގަނަންޑާ ޕިޓްމޭން ވިދާޅުވީ ވަޅީގެ ހަމަލާގައި މަރުވި ފުލުސް އޮފިސަރަކީ ފާއިތުވި 18 އަހަރު ކެޕިޓަލް ފުލުހެއްގެ ގޮތުގައި އުޅުނު ވިލިއަމް ބިލީ އެވަންސް ކަމަށެވެ.

ސީބީއެސް ނިއުސްއިން ރިޕޯޓުކުރި ގޮތުގައި އެ ހަމަލާ ދިނީ އިންޑިއާނާ ސްޓޭޓަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ނޮއާ ގްރީންސް ނަމަކަށް ކިޔާ މީހެކެވެ. އޭނާއާ ގުޅޭ ކުށުގެ ރިކޯޑެއް މީގެ ކުރިން ނެތެވެ.

މިދިޔަ މާޗް މަހު އޭނާ ފޭސްބުކްގައި ލިޔެފައިވަނީ ވަޒީފާއިން ކެނޑިފައިވާ ކަމަށާއި އޮޅިގެން ބޭނުން ކުރަމުން ދިޔަ ބޭހެއްގެ ސައިޑް އިފެކްޓް ކުރަމުންދާ ކަމަށެވެ. އަދި ކަޅު ނަސްލުގެ ދީނީ ޖަމިއްޔާ "ނޭޝަން އޮފް އިސްލާމް" އަށް ޝައުގުވެރިވާ ކަމަށް ވެސް އޭނާ ލިޔުނެވެ. ނަމަވެސް ފަހުން ވަނީ އެ ޕޯސްޓު ޑިލީޓުކޮށްފަ އެވެ.

ފޭސްބުކްއިން ނެރުނު ބަޔާނެއްގައި ބުނީ ތުހުމަތު ކުރެވޭ މީހާގެ އެކައުންޓު ސަސްޕެންޑުކޮށްފައިވާ ކަމަށާއި އޭނާއަށް ތާއީދުކޮށް ހިއްސާކުރާ ހުރިހާ ކޮންޓެންޓެއް ވެސް ފޭސްބުކް އާއި އިންސްޓަގްރާމުން ސަސްޕެންޑު ކުރާނެ ކަމަށެވެ. އެގޮތަށް އަމަލު ކުރަނީ އެ ކުންފުނީ "ޑޭންޖަރަސް އިންޑިވިޖުއަލްސް އެންޑް އޮގަނައިޒޭޝަންސް" ސިޔާސަތުގެ ދަށުންނެވެ.

އެ ހާދިސާއާ ގުޅިގެން ކެޕިޓަލް ސަރަހައްދުގެ ސަލާމަތީ ކަންކަން އޮތީ ވަރުގަދަކޮށްފަ އެވެ. ނަމަވެސް މި ވަގުތު ކޮންގްރެސް ޗުއްޓީގައި އޮތުމުން ގިނަ ސިޔާސީ ބޭފުޅުން އެ އިމާރާތުގައި އުޅެމުން ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox