މަހަރާޝްތްރަ ސްޓޭޓު ލޮކްޑައުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

އިންޑިއާ މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ -- ފޮޓޯ / ގެޓީ އިމޭޖަޒް

އިންޑިއާ މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ -- ފޮޓޯ / ގެޓީ އިމޭޖަޒް

އިންޑިއާގެ ހުޅަނގު މަހަރާޝްތްރަ ސްޓޭޓުގައި ކޮވިޑުގެ އަދަދުތައް ދަށް ނުކުރެވޭ ނަމަ ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ދެއްވައިފި އެވެ.

އުއްދަވް ތަކެރޭ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއް ގޮތަށް އާއްމުން އަމަލު ކުރަމުން ނުދާ ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓޭޓުގެ ސިއްހީ ނިޒާމު ހުއްޓުމަކަށް އައުމުގެ ބިރު އެބަ އޮތް ކަމަށެވެ.

އިއްޔެ އެކަނިވެސް މަހަރާޝްތްރަ ސްޓޭޓުން 47،828 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. އިއްޔެ މުޅި އިންޑިއާއިން ޕޮޒިޓިވްވީ 81،466 މީހުންނެވެ. އަދި 469 މީހުން މަރުވި ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. މިއީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުން އަދަދުތައް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

"ހާލަތު ބަދަލު ނުވާ ނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ފުރިހަމަ ލޮކްޑައުނަކަށް ދާން ޖެހިދާނެ،" ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ތަކެރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑާ ދެކޮޅަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ބައެއް މީހުން މާސްކު އެޅުން ހުއްޓާލާފައި ވާތީ ބަލި އަވަސް މިނެއްގައި ފެތުރުމަށް ބާރު ލިބެމުންދާ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ތަކެރޭ ވަނީ ލޮކްޑައުންގެ ފިޔަވަޅުތައް ކަނޑައެޅުމަށް އޮފިޝަލުންނާ ހަވާލުކޮށްފަ އެވެ. ނަމަވެސް ލޮކްޑައުނަކަށް ދިޔުމުގެ ވިސްނުމާ އާއްމުން ދެކޮޅެވެ.

ޕޫނޭ ސިޓީއިން މިހާރު ވެސް ކާފިއު ހިންގަމުން ދާއިރު، ދީނީ އަޅުކަން ކުރާ މަޒުކަޒުތަކާއި ހޮޓާތަކާއި ބާތަކާއި ޝޮޕިން މޯލް އަދި ސިނަމާތައް ހުރީ ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން ޓެސްޓު ކުރުން އިތުރު ކުރުމުގެ ބޭނުމުގައި ސަރުކާރުން ވަނީ ޕީސީއާރް ޓެސްޓާއި ރެޕިޑް އެންޓިޖެން ޓެސްޓުގެ އަގުތައް ތިރިކޮށްފަ އެވެ.

ކޮވިޑުގެ ބަލިމަޑުން ފެތުރެން ފެށި ފަހުން މިހާތަނަށް އިންޑިއާއިން 12.2 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި 163،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

އެމެރިކާ އާއި ބްރެޒިލްއަށް ފަހު ކޮވިޑުގެ ހާލަތު ތިންވަނައަށް އެންމެ ގޯސްކޮށް އޮތް ގައުމަކީ އިންޑިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox