ރަށްތަކުގެ ކޭސްތައް ގިނަވެ ކައުންސިލް އިންތިހާބު ބާއްވަން އިތުރު ތަކުލީފެއް

އެޗްޕީއޭގެ ގައިޑްލައިންނާ އެއްގޮތަށް ކައުންސިލް އިންތިހާބު ބާއްވަން ހޭދަވާ ވަގުތު އަންދާޒާ ކުރަން ކުރިއަށް ގެންދިއަ ޑަމީ އިންތިހާބު. -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އެޗްޕީއޭގެ ގައިޑްލައިންނާ އެއްގޮތަށް ކައުންސިލް އިންތިހާބު ބާއްވަން ހޭދަވާ ވަގުތު އަންދާޒާ ކުރަން ކުރިއަށް ގެންދިއަ ޑަމީ އިންތިހާބު. -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މުޅި ދުނިޔެއާ އެކު ރާއްޖެ ވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މުޅީން ހުއްޓުމަކަށް ގެނުވި އެވެ. ރައްޔިތުން ގޭބަންދު ކުރަން މަޖުބޫރުވުމާ އެކު ސަރުކާރަށް އުނދަގޫ ގިނަ ނިންމުއްތަކެއް ނިންމަން ޖެހުނެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ނިންމުމަކީ މިދިޔަ އަހަރު ތާވަލުކުރި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމެވެ. ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރެއިން، އޭރު ހާލަތު އޮތް ގޮތުން އިންތިހާބެއް ބޭއްވޭނެ މާހައުލެއް ނެތުމުންނެވެ.

އޭގެ ފަހުން އިންތިހާބު ނުބޭއްވި ދިގުލައިގެން ދިއުމުން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓިގެން ދިއުން ހުއްޓުވަން، ސަރުކާރުން އިސްވެ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހާއްސަ ގާނޫނެއް ފާސްކުރަންޖެހުނެވެ. އިންތިހާބު ބާއްވަން އިތުރު އެއް އަހަރު ދުވަހުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ލިއްބައިދޭ ގޮތަށެވެ. އޭގެ ފަހުން އިންތިހާބު ބާއްވަން އެކި ތާރީހުތައް އީސީން ދެމުން އައި ނަމަވެސް، ކޮވިޑުޖެހޭ މީހުންގެ އަދަދު އިންތިހާބަށް މަގުފަހިވާ މިންވަރަށް ދަށެއް ނުވި އެވެ.

އާއްމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބަލި ފެތުރުން ކޮންޓްރޯލް ކުރަން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިސްވެ އިއުލާނުކުރި ހަރުކަށި ފިޔަވަޅުތަކާއެކު އިންތިހާބު ބޭއްވޭނެކަމާމެދު ތަކުރާރުކޮށް އީސީން ދިޔައީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

Advertisement

ނަމަވެސް، އިންތިހާބު އިތުރަށް ފަސްނުކުރެވޭނެކަމަށް ބުނެ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ކޮންޓްރޯލްކުރާ މަޖިލީހުގެ ޕްރެޝަރާއެކު، އެންމެ ފަހުން އީސީން ދޫދީ، މި މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބާއްވަން އިއުލާނުކުރި އެވެ.

އެޗްޕީއޭގެ ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ އިތުރުން ކޮވިިޑުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމާއެކު، އިންތިހާބުގެ ތާރީހާ ހަމައަށް ބަލި ކޮންޓްރޯލްގެ ދަށަށް ގެނެވޭނެކަމަށް، އެއީ މަޖިލީހުގެ ތަޅުމުގައި އިދިކޮޅުވެސް ހިމެނޭ ގޮތަށް އިވުނު ވާހަކަ އެކެވެ.

އިންތިހާބު ބާއްވަން ކަނޑައެޅި ބަޖެޓަށް އީސީން އެދުނު މިންވަރަށް 30 އަކަށް މިލިއަން ރުފިޔާ އިތުރުކޮށްދިނުމާއެކު އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ބަލިމަޑުކަމުގެ ހާލަތަށް ބަދަލެއް ނާދެ އެވެ. އޭގެ ބަދަލުގައި އިންތިހާބަށް އެންމެ ހަފްތާއަކަށްވެފައިވާއިރު، ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ.

މިގޮތުން، އޭޕްރީލް މަހަށް ރާއްޖެ މަރުހަބާކީ ކޮވިޑުގެ ރެކޯޑް އަދަދަކުންނެވެ. އެ ދުވަހުގެ 300 ޕޮޒިޓިވް ކޭހަކީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15 ދުވަހު، މާލޭން ބަލި ފެނުނު ފަހުން، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން އަލަށް ބަލި ޖެހުނު އަދަދެވެ. އެ އަދަދަށް ބަލާއިރު، އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކީ އަތޮޅު ތެރޭގައި ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވުމެވެ.

ރެކޯޑު ދުވަހަކަށްފަހު، އިއްޔެގެ އިރުއޮއްސުމާ ހަމައަށް ޖުމްލަ ނަންބަރު 169 އަށް ވެއްޓުނު ނަމަވެސް، ވެރިރަށް މާލޭން ބޭރުގައި ބަލި ކޮންޓްރޯލެއް ނުވެ އެވެ.

ލޮކްޑައުންކޮށްފައިވާ ރަށްތައް

  • ދ. ކުޑަހުވަދޫ
  • ރ. އުނގޫފާރު
  • ދ. މީދޫ
  • ކ. ހުރާ
  • ކ. ދިއްފުށި
  • ޅ. ނައިފަރު
  • ރ. މަޑުއްވަރި
  • ރ. ހުޅުދުއްފާރު
  • ޅ. ފެލިވަރު
  • ޅ. ހިންނަވަރު
  • ރ. އަލިފުށި
  • ގދ. ތިނަދޫ
  • ޅ. އޮޅުވެލިފުށި
  • ނ. ހޮޅުދޫ
  • ރ. މާކުރަތު
  • ޅ. ކުރެންދޫ
  • ށ. މަރޮށި

އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، އަތޮޅު ތެރޭގައި މި ވަގުތު ޖުމްލަ 58 ރަށަކުން އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 887 އަށް އަރައިފަ އެވެ. ބޮޑެތި ކްލަސްޓާތަކަށް އަދިވެސް މީހުން އިތުރުވަމުންދާއިރު، ޖުމްލަ 17 ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވި، އަރައިފޭބުން މަނާކޮށްފަ އެވެ.

އިންތިހާބުގެ އިންތިޒާމްތަކަށް އިތުރު ތަކުލީފެއް

ކައުންސިލް އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ކަންބޮޑުވާންޖެހޭ ދަރަޖައަށް އަތޮޅު ތެރޭގައި ބަލި ފެތުރުމުން އަންނާތީ، އީސީއަށް ވަނީ އިތުރު އުނދަގޫތަކެއް ގިރާކުރަންޖެހިފައިކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް "އަދަދު" އަށް ވިދާޅުވި ގޮތުގައި، މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ބައެއް ރަށްތަކުގައި އޮފިޝަލުން ނުލިބޭނެކަމަށް އެ ރަށުގެ ކައުންސިލުތަކުން އަންގާފައިވާ ކަމަށެވެ.

ނައިފަރު، ހިންނަވަރު، ހުރާ އަދި ދިއްފުށީގެ ކައުންސިލުން މިހާރު އަޅުގަނޑުމެންނަށް އަންގާފައިވަނީ އޮފިޝަލުން ނުލިބޭނެ ކަމަށް. --ޝަރީފް

ކުރިން ލަފާކުރި މިންވަރަށް ވުރެ ވެސް، ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާކަން ފާހަގަކުރައްވަމުން، ޝަރީފް ވިދާޅުވީ، މޮނީޓަރިންގެ ހާލަތަށް ލެވިފައިވާ ރަށްތަކުގައި ވޯޓުލާ މީހުންގެ ހައްގަށް އުނިކަން އަންނަ ގޮތަށް، ތަފާތު ކުރުން ނުގެންގުޅެވޭނެ ކަމަށެވެ.

ނަމަވެސް، ބައެއް ރަށްތަކުން އޮފިޝަލުން ނުލިބޭ ހާލަތްތަކުގައި، ވޯޓު ގުނުމާއި ނަތީޖާ އިއުލާނުކުރުން ފަދަ ކަންކަމަށް ލަސްތަކެއް އަންނާނެ ކަމަށެވެ.

އޮފިޝަލުން ނުލިބޭ ބައެއް ރަށްތަކަށް ޝަރީފް ވިދާޅުވި ގޮތުގައި، އިންތިހާބު ބޭއްވުމަށް އެޗްޕީއޭއިން އެދުނު އިންތިޒާމްގެ ދަށުން، ކޮމިޝަނުން އެކުލަވާލަންޖެހުނު ބެކްއަޕް ފޯސްއިން އޮފިޝަލުން ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އިންތިހާބުގައި ވޯޓުލާން 27،000 އެއްހާ މީހުން ރީރެޖިސްޓްރީވެފައިވާއިރު، އެހެން ރަށްތަކުން އަރައިފޭބުން މަނާކޮށްފައިވާ ރަށަކަށް ދަތުރުކޮށް ވޯޓުލެވޭނެ މަގު ބަންދުވުމަކީ މިކަމުގައި އޮތް އަނެއް ކަންބޮޑުވުމެއް ކަމުގައި ޝަރީފް ފާހަގަކުރެއްވި އެވެ.

"މިސާލަކަށް މިހާރު ލޮކްޑައުންގައި އޮތް ދުވާފަރުގައި ވޯޓުލާން ރެޖިސްޓްރީކޮށްފައި އޮވެދާނެ އެ އަތޮޅުގެ އެހެން ރަށެއްގެ މީހަކު. އެކަމަކު އެ މީހަކަށް އެ ފުރުސަތެއް ނުލިބޭ. އެކަހަލަ ޝަކުވާތައް މިހާރުވެސް އެބަ ލިބޭ،" އިތުރަށް ވިދާޅުވި އެވެ.

ލޮކްޑައުންގައިވާ ރަށްތަކަށް ދަތުރުނުކުރެވޭ ފިޔަވަޅު އުވާލަނީ؟

އެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން، ލޮކްޑައުންކުރާ ރަށްތަކަށް ދަތުރުނުކުރެވޭ ގޮތަށް މިހާރު އަޅާފައިވާ ފިޔަވަޅު، ވޯޓުލާ ދުވަހު އުވާލަން، އެޗްޕީއޭއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، ހާއްސަކޮށް އަތޮޅު ތެރޭގެ ހާލަތު ރަނގަޅުވުމުގެ ބަދަލުވުމުގައި، އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑު ނަމަވެސް، އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުން ނޫން ގޮތެއް މިހާރު ނެތެވެ.

އިންތިހާބަށް ކަނޑައެޅި ބަޖެޓުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނައިން މިހާރުވެސް ހަރަދު ކުރެވިފައިވާއިރު، މިހާރު އޮތް ތާރީހުގައި އިންތިހާބު ނުބާއްވައިފިނަމަ، މާލީ ގޮތުން ބޮޑު ގެއްލުމެއްވާނެ ކަން ޝަރީފް ފާހަގަކުރެއްވި އެވެ.

"އޭޕްރީލް 10 ގައި އިންތިހާބު އޮންނާނެ. އެ ނޫން ވިސްނުމެއްގައި އިލެކްޝަން ކޮމިޝަނުން އެއްވެސް ކަމެއް ނުރާވަން."

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox