ފޭސްބުކްގައި ޕޯސްޓުކުރި ޓްރަމްޕްގެ އަޑު ހިމެނޭ ވީޑިއޯއެއް މަނާކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް-- ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް-- ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޅީދަރިފުޅު ލާރާ ޓްރަމްޕް ފޭސްބުކްގައި ހިއްސާކުރި ވީޑިއޯއެއްގައި ޓްރަމްޕްގެ އަޑު ހިމެނޭތީ ފޭސްބުކްއިން އެ ވީޑިއޯ ނަގައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު ޓްރަމްޕްގެ ސަޕޯޓަރުން ވޮޝިންޓަނުގެ ކެޕިޓަލް އިމާރާތަށް ވަދެގަނެ ހިންގި ހަމަނުޖެހުމަށް ފަހު ފޭސްބުކްއިން ވަނީ ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑުކޮށްފަ އެވެ.

ޓްރަމްޕްގެ ދަރިކަލުން އެރިކްއާ ކައިވެނިކޮށްގެން އުޅޭ ފޮކްސް ނިއުސްގެ ކޮންޓްރިބިއުޓަރު، ލާރާ ފޭސްބުކްގައި ޕޯސްޓުކުރީ އޭނާގެ ޝޯގައި ޓްރަމްޕްއާ ސުވާލުކުރާ މަންޒަރު ފެންނަ ވީޑިއޯ އެކެވެ.

Advertisement

އޭގެ ފަހުން ލާރާ ވަނީ ފޭސްބުކްއިން އޭނާއަށް ފޮނުވި އީމެއިލެއްގެ ސްކްރީންޝޮޓު އާއްމުކޮށްފަ އެވެ. އެ އީމެއިލްގައި ފޭސްބުކްއިން ވަނީ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު އޭނާއަށް ދީފަ އެވެ.

"ޑޮނަލްޑް ޓްރަމްޕްގެ ފޭސްބުކް އާއި އިންސްޓަގްރާމް އެކައުންޓު ބްލޮކް ކުރަން އެޅި ފިޔަވަޅުގެ ދަށުން، ޓްރަަމްޕްގެ އަޑު ހިމެނޭ ހުރިހާ ކޮންޓެންޓެއް ވެސް މަނާވަމުން ދާނެ،" ލާރާއަށް ފޮނުވި އީމެއިލްގައި ފޭސްބުކްގެ ފަރާތުން ވާހަކަ ދެއްކި ކެޓެލިން ނަމަކަށް ކިޔާ މީހަކު ބުނެފައިވާ ކަމަށް ބީބީސީން ރިޕޯޓުކުރެ އެވެ.

އެއާއެކު ލާރާ ވަނީ ވީޑިއޯ ޕްލެޓްފޯމް ރަމްބްލްގައި އެ ވީޑިއޯ ހިއްސާކުރުމަށް ފަހު އޭނާގެ ފޭސްބުކް ޕޭޖްއާ ލިންކުކޮށްފަ އެވެ. އެ ވީޑިއޯއަކީ ފޮކްސް ނިއުސްގައި ލާރާ ގެނެސްދޭ "ދަ ރައިޓް ވިއު" ޝޯގެ އިޝްތިހާރު ކޮޅެކެވެ.

ޖެނުއަރީ ހަތްވަނަ ދުވަހު ފޭސްބުކްއިން ޓްރަމްޕް ސަސްޕެންޑް ކުރަން ނިންމި ނިންމުން މިހާރު އޮތީ މުރާޖައާ މަރުހަލާގަ އެވެ. އެކަމަކު އެއީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެ ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވަނީ މީގެ ކުރިން ވާހަކަ ދައްކަވާފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުން ޓްރަމްޕަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ވެރިރަށް ވޮޝިންޓަނުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފޭސްބުކް އާއި އިންސްޓަގްރާމުގެ އިތުރުން ޓްވިޓާ އާއި ޔޫޓިއުބުން ވެސް ޓްރަމްޕް ސަސްޕެންޑް ކުރި އެވެ.

އެ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް ބުނެފައި ވަނީ ފިޔަވަޅު އަޅަން ޖެހުނީ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ފަދަ މޭރުމަކުން އަދި ދޮގު ހަބަރު ފެތުރުމުގެ ބޭނުމުގައި ޓްރަމްޕްގެ އެކައުންޓުތައް ބޭނުން ކުރައްވާތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox