ކޮންމެ ފަހަރަކު މަގާމުން ވަކިކުރަން އުޅޭނަމަ މިނިވަން ކަމަށް ހުރަސްއެޅޭނެ: ޝިއުނާ

އޭސީސީގެ ރައީސް ޝިއުނާ: ވެންޓިލޭޓަރުތަކުގެ މައްސަލާގައި މަގާމުން ވަކިކުރާނެ އިންޒާރު ޝިއުނާއަށް ވަނީ ދީފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

އޭސީސީގެ ރައީސް ޝިއުނާ: ވެންޓިލޭޓަރުތަކުގެ މައްސަލާގައި މަގާމުން ވަކިކުރާނެ އިންޒާރު ޝިއުނާއަށް ވަނީ ދީފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

މައްސަލަތައް ނިމޭ ގޮތުން ކޮންމެ ފަހަރަކު މަގާމުން ވަކި ކުރަން މަސައްކަތް ކުރާނަމަ މިނިވަން ކަމާއެކު މަސައްކަތް ކުރުމަށް ހުރަސްއެޅިގެން ދާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

ޝިއުނާ މިހެން ވިދާޅުވީ ކޮވިޑްގެ އެންމެ ގޯސް ހާލަތަށް ތައްޔާރުވުމަށް ސަރުކާރުން ހޯދަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލާގައި އިހުމާލުވި މީހުންނަށް ދައުވާ ކުރެވެން ނެތް ކަމަށް ނިންމަވާފައިވާތީ، މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެ މައްސަލާގައި އޭސީސީގެ ތަހުގީގުގެ ފެންވަރެއް ނެތް ކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް ތުހުމަތު ކުރައްވާފައިވާއިރު އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ އޭސީސީ ފެއިލްވެއްޖެ ކަމަށް ވިދާޅުވެ، ކޮމިޝަންގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ފެންނަ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަށް އިޝާރަތް ކުރައްވާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިއުނާ ވިދާޅުވީ، އޭސީސީއިން މަސައްކަތް ކުރަމުން ދަނީ ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު އަޅައި އެކަމުގައި ކާމިޔާބު ހޯދުމަށް ކަމަށެވެ. ނަމަވެސް ބައެއް މައްސަލަތައް އެންމެ ފުރިހަމައަށް ނުގެންދެވިދާނެ ކަމާއި އަދި ހިޔާލު ތަފާތުވާ މައްސަލަތައް ވެސް އަންނާނެ ކަމަށެވެ. އެފަދަ ކޮންމެ ހާލަތެއްގައި އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ޝިއުނާ ވިދާޅުވި އެވެ.

"މައްސަލައެއްގެ ނިމުން އަންނަ ގޮތަކުން ކޮންމެ ފަހަރަކު އަޅުގަނޑުމެން މަގާމުން ދުރުކުރަންޖެހޭ ކަމަށް ވެއްޖެއްޔާ މިގޮތަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ، އެއީ މިނިވަންކަމާއެކު މަސައްކަތް ކުރަން އެޅޭ ހުރަހެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ޝިއުނާ ވިދާޅުވި އެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި ހިނދިގެން ގޮސްގެންވާނެ މައްސަލައެއް ނޫންކަން ފާހަގަ ކުރައްވަމުން ކޮމިޝަންގެ ރައީސް ޝިއުނާ ވިދާޅުވި ގޮތުގައި ވެންޓިލޭޓަރު މައްސަލާގައި އޭސީސީއިން ދޫނުދޭނެ އެވެ. ޕީޖީއަށް މައްސަލަ ރިވިއު ކުރަން ހުށަހެޅުމުގެ އިތުރުން އެކަމާ ގުޅޭ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާއެކު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ ބައެއް މައްސަލަތަކުގައި އޭސީސީ އާއި ޕީޖީއާ ދެމެދު ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ދެ މުއައްސަސާގެ އަމާޒަކީ މައްސަލަތައް ކާމިޔާބު ކުރުން ކަމަށާއި އެހެންކަމުން އެ މަގުން މަސައްކަތް ކުރާނެ ކަމަށެވެ. މި މައްސަލާގެ ތަހުގީގަށް އެއްވެސް ފަރާތެއް ނުފޫޒެއް ވަދެފައި ނޯންނާނެ ކަމާއި އެ ޖާގަ ވެސް ނުދެއްވާކަން ވެސް ފާހަގަ ކުރެއްވި އެވެ. އަދި ދައުވާ ކުރުމުގެ މަރުހަލާގައި ޕީޖީއަށް ވެސް އެފަދަ ނުފޫޒުތަކެއް އޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ރައީސް ނަޝީދު ތާއިދު ކުރައްވާފައިވާތީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ބޭއްވި އެވެ. ޝިއުނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ހުށަހެޅުމަށް ލިބުނީ 13 ވޯޓެވެ. އެހެންވެ އެކަން އެގޮތަށް ކުރެވޭ ގޮތެއް ނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox