ތައްޔާރީތަކާ މެދު ހިތްހަމަނުޖެހި، އުރްބާނީގެ ފާޑުކިޔުން ރެފްރީންގެ ނިންމުންތަކަށް

Nov 8, 2026, 11:06 PM
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ، ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ، ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި މިއަދު ރާއްޖޭން 3-0 އިން ޕާކިސްތާން އަތުން ބަލިވި މެޗަށް ފަހު، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ، މެޗުގެ ރެފްރީގެ ނިންމުންތަކަށް ފާޑުކިޔުމުގެ އިތުރުން މުބާރާތަށް ރާއްޖޭގެ ތައްޔާރީތައް ދިޔަ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ. 

މިދިޔަ ޖޫން މަހު ހަތަރު ވަނަ ދުވަހު، މާލޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ އިންޓަނޭޝަނަލް މުބާރާތުގައި ޕާކިސްތާނުން 3-0 އިން ރާއްޖެ ބަލިކުރި އެވެ. އެ މެޗަކީ، 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފަހުން ޕާކިސްތާނުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން، ދެން ކުޅުނު މެޗުން މި ފަހަރުގެ ސާފްގައި ވެސް ޕާކިސްތާނުން މި ވަނީ ރާއްޖެ ބަލިކޮށްފަ އެވެ. 

ޕާކިސްތާނުން ރާއްޖެ ކޮޅަށް ވަނީ އަށް މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އަދި، 23 ވަނަ މިނިޓްގައި ތިން ވަނަ ލަނޑު ޖެހި އެވެ. ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. ތިން ވަނަ ލަނޑު ޖެހީ، ރާއްޖޭގެ ޑިފެންޑަރު، އަމްދާން އަލީ (އެންޑީ) އަށް ފައުލެއް ކޮށްފައި ކަމަށް ރާއްޖޭން ކުރި އެޕީލް ކާމިޔާބެއްނުވި އެވެ. 

ރާއްޖެ ބަލިކޮށް ޕާކިސްތާން ސެމީ އަށް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި 3-0 އިން ރާއްޖެ ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި. މިއީ ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުން ރާއްޖެ ބަލިކުރި ދެވަނަ ފަހަރު ކަމަށްވާއިރު، ރާއްޖެއަށް ސެމީގެ ފުރުސަތު ދެން އޮތީ ތިން ގޯލުގެ ތަފާތުން އިންޑިއާ ބަލިކޮށްގެން

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުަގައި އުރްބާނީ ބުނީ، ރާއްޖެ އަށް ފުރަތަމަ ދެ މިނިޓެއް ތެރޭ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައި ދެން ފެނިގެންދިޔައީ ޕާކިސްތާނުން ތިން ގޯލުގެ ލީޑެއް ނެގިތަން ކަމަށެވެ. އަދި، މެޗުގައި ޕާކިސްތާނަށް ދިން ޕެނަލްޓީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ފަސް ވަރަކަށް މިނިޓް ބަލަން ޖެހޭ ކަމަށާއި އަދި ޕާކިސްތާންގެ ތިން ވަނަ ގޯލަކީ ކޮންމެ ގޮތަކަށް ބެލިޔަސް ފައުލެއް ދޭން ޖެހޭނެ ހާލަތެއް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

"އަހަންނަށް ނޭނގޭ ސާފުން ވީއޭއާރް ބޭނުންނުކުރަނީ ކީއްވެކަމެއް މި ފަދަ ހާލަތްތަކަށް ޔަގީނުން ވެސް މި މެޗުގައި ރެފްރީ އަށް އެ ފަދަ ގިނަ ހާލަތްތަކެއް ދިޔަ،" އުރްބާނީ ބުންޏެވެ. 

ތިން ވަނަ ފަހަރަށް ރާއްޖޭގެ ގައުމީ ކޯޗުކަމާ މި އަހަރުގެ ކުރީކޮޅުގައި ހަވާލުވި އުރްބާނީ ވަނީ މީގެ ކުރިން ތިން ފަހަރު ރާއްޖެ ގޮވައިގެން ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ.  އެ ގޮތުން، 2009 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖޭން ދަތުރުކުރީ އުރްބާނީގެ ކޯޗުކަމުގަ އެވެ. އަދި، 2011 އާއި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ކެޓިއިރު ވެސް ކޯޗަކީ އުރްބާނީ އެވެ. 

ނޭޕާލްގައި 2013 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގައި އޮތް ޓީމާއި މިހާރުގެ ހާލަތުގެ ތަފާތަކީ ކޮބައިތޯ ބަންގްލަދޭޝްގެ ނޫސްވެރިއަކު ސުވާލުކުރުމުން، އުރްބާނީ ބުނީ، އެއީ ވަރަށް ނާޒުކު ވިސްނުމެއްގައި ހުރެ ދައްކަން ޖެހޭ ވާހަކަތަކެއް ކަމަށާއި އެއީ ތަފާތު ވަގުތެއް އަދި ތަފާތު ހާލަތެއް އޮތް ދަނޑިވަޅެއް ކަމަށެވެ. 

ކުރިން ރާއްޖޭގައި އޭނާ މަސައްކަތްކުރިއިރު އޮތް ޓީމަކީ، އަލީ އަޝްފާގު (ދަގަނޑޭ) އާއި އިމްރާން މުހައްމަދު ފަދަ ގަވާއިދުން އޭއެފްސީ ލެވަލްގެ ކްލަބް މެޗުތަކާއި ގައުމީ ޓީމުގެ މެޗުތަކުގެ އިތުރުން، ރާއްޖޭގައ ވަރުގަދަ ލީގެއް، އޮތް ދުވަސްވަރެއްގައި އޮތް ގައުމީ ޓީމެއް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އަދި، މިހާރު ތިބި ކުޅުންތެރިންނަކީ ބައިނަލްއަގުވާމީ މެޗުތައް މަދުވުމުގެ އިތުރުން، ދެ އަހަރެއް ފުޓްބޯޅައެއް ނެތި ތިބެން ޖެހުނު ކުޅުންތެރިން ކަމަށް ވެސް އުރްބާނީ ވަނީ ބުނެފަ އެވެ. 

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ (ކ)، ޕާކިސްތާނާ ދެކޮޅަށް ރާއްޖޭން ކުުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ (ކ)، ޕާކިސްތާނާ ދެކޮޅަށް ރާއްޖޭން ކުުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް މުހިންމު ވަންޏާ އެ ގޮތަށް ތައްޔާރުވާންޖެހޭ: އުރްބާނީ

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ އެކު އުރްބާނީ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެ، ސީނިއާ ގައުމީ ޓީމާއި 20 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ޖުމްލަ 11 މެޗުގައި ރާއްޖެ އަށް ވަނީ ކޯޗުކޮށްދީފަ އެވެ. މޮޅުވީ، މާޗް މަހު އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުންނެވެ. ހަތް މެޗުން ބަލިވިއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. 

އެންމެ ފަހުން، ސެޕްޓެމްބަރު/އޮކްޓޫބަރު އޮތް އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖޭން ވަނީ ތިން މެޗު ކުޅެފަ އެވެ. ޗައިނާ، ކިރްގިސްތާން އަދި ލެބަނަން އަތުން ވީ ބައްޔެވެ. އުރްބާނީ ވަނީ އެ މެޗުތަކަށް ދިއުމުގެ ކުރިން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން އެފްއޭއެމް އަށް ޕްލޭނެއް ދޭނެ ކަމަށް ބުނެފަ އެވެ. އަދި، ސާފްގެ ކުރިން ދެ މެޗު ކުޅުން މުހިންމު ކަމަށް ވެސް ވަނީ ބުނެފަ އެވެ. ސާފް އަށް ތައްޔާރުވާން އިންޑޮނޭޝިއާގައި ހަތް ވަރަކަށް ދުވަހުގެ ކޭމްޕެއް ކުރި އެވެ. ދެ ކްލަބާ އެކު ދެ މެޗު ކުޅެ އެއްވަރުވީ އެވެ. 

އުރްބާނީ ބުނީ، އިންޑޮނޭޝިއާ އަށް ދިޔައީ ޓްރެއިނިން ކޭމްޕަކަށް ނޫން ކަމަށެވެ. 

"އެއީ ގެޓް ޓު ގެދާ އެއް،" އިންޑޮނޭޝިއާ ކޭމްޕާ ބެހޭގޮތުން އުރްބާނީ ބުންޏެވެ. 

އޭނާ ދެން ފާހަގަކުރި ކަމަކީ، އެންމެ ފަހުން އޮތް އިންޓަނޭޝަނަލް ބްރޭކުގައި ދެން ކުޅުނު ތިން މެޗަށް ފަހު އައިސް ދިވެހި ޕްރިމިއާ ލީގުގައި ގިނަ މެޗުތަކެއް ގާތްގާތުގައި ކުޅެން ޖެހުނު ކަމެވެ. ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔާ، ހައިޝަމް ހަސަން (ބިޑި) އަށް އަނިޔާވެ ސާފް ޗެމްޕިއަންޝިޕް ގެއްލުނު ސަބަބަކީ ކްލަބް ލެވަލްގައި ގިނަ މެޗުތަކެއް ކުޅެން ޖެހުން ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

"އަހަންނަށް ނެތް ފިޓްނަސް ކޯޗެއް ލިބިފައެއް އަހަރެމެންނާ އެކު މަސައްކަތްކުރަން. އެއީ އަހަންނަށް އެކަން ކުރަން ސަޕޯޓް ނޫނީ ހުއްދައެއް ނެތީ. ބައެއް ކުޅުންތެރިން ގައުމީ ޓީމަށް އައިއިރު އެންމެ ފަހު ވަގުތާ ހަމައަށް ސުވާލު މާކެއްގައި ތިބީ ކުޅޭނެތޯ ނުކުޅޭނެތޯ،" އުރްބާނީ ބުންޏެވެ. 

"ބައެއް އިންޖަރީތައް އައީ ދިވެހި ޕްރިމިއާ ލީގުގެ އޯވަލޯޑާ ހެދި. ބައެއް ފަހަރު އަހަރެމެން އެބަޖެހޭ ނިންމަން ވަކި ގޮތެއް. ސާފް ޗެމްޕިއަންޝިޕަށް ރަނގަޅަށް ތައްޔާރުވާނީތޯ ދިވެހި ލީގު ފަސްކުރާނީތޯ،" 

އޭނާ ބޭނުންވާ ކަންކަން ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ސަޕޯޓް ނުލިބޭތޯ އެހުމުން އުރްބާނީ ބުނީ، އެއީ އެ ވިސްނުމުގައި ބުނި ވާހަކައެއް ނޫން ކަމަށާއި "ވާހަކަ ދައްކަނީ ފެކްޓަށް" ކަމަށެވެ. އިންޑޮނޭޝިއާ އަށް ދިޔަ ދަތުރު ތިން ފަހަރު ޝެޑިއުލަށް ބަދަލު ގެންނަން ޖެހުނު ކަމަށާއި ބަންގްލަދޭޝަށް މުބާރާތަށް އަންނާނެ ސީދާ ތާރީހެއް ނޭނގި އެ ވެސް ޝެޑިއުލަށް ގިނަ ފަހަރު ބަދަލު އައި ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

"އަހަރުގެ އެންމެ މުހިންމު މުބާރާތަކީ ސާފް ޗެމްޕިއަންޝިޕް ކަމަށްވަންޏާ، ހުރިހާ ތައްޔާރީތައް ވެސް ހުންނަން ޖެހޭނީ އެ ގޮތަށް،" އުރްބާނީ ބުންޏެވެ. 

ދިވެހިން މިހާރު ގަބޫލުކުރަން ޖެހޭ ކަމަކީ، ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތީ ބަދަލުވަމުންދާ މަރުހަލާއެއްގައި ކަމަށާއި މި ދަނޑިވަޅު ނަތީޖާ ނެރުމަށް އުންމީދުކުރުމަކީ ވަކި ވިސްނުންތަކެއްގެ މައްޗަށް ބުރަވެ ކުރަން ޖެހޭ ކަމެއް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ދެން އޮތީ ބުދަ ދުވަހު އިންޑިއާއާ ކުޅޭ މެެޗެވެ. އެ މެޗުން ތިން ގޯލުގެ ފަރަަގަކުން އިންޑިއާގެ މައްޗަށް ކުރިނުހޯދައިފިނަަމަ، ޖެހިޖެހިގެން ދެ ވަނަ ސާފް ޗެމްޕިއަންޝިޕެއްގެ ގްރޫޕް ސްޓޭޖުން ރާއްޖެ އަށް މުބާރާތް ނިމޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލަށް މޮޅެއް، ޗެލްސީ ބަލި، ޔުނައިޓެޑް ރެލިގޭޝަން ޒޯނަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލުން މޮޅެއް ހޯދިއިރު، ސަންޑަލެންޑް އަތުން ބަލިވެ ޗެލްސީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. އަދި އެސްޓަން ވިލާއާ 4-4 އިން އެއްވަރުވި މެންޗެސްޓާ ޔުނައިޓެޑް، ލީގުގައި ކުޅުނު 10 މެޗުން ލިބުނު އަށް ޕޮއިންޓާއެކު މިހާރު ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައި

ބޫޓާނުން ލަންކާ ހުއްޓުވިއިރު، ބަންގްލަދޭޝް ސެމީ އަށް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނާއި ސްރީލަންކާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމާ ގުޅިގެން، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެއްޖެ. މި މެޗުގައި ބޫޓާނުން ފުރަތަމަ ލީޑު ނެގި ނަމަވެސް ލަންކާއިން ދެ ލަނޑު ޖަހައި ކުރިހޯދާފައިވަނިކޮށް، ބޫޓާނުން މެޗު އެއްވަރުކުރީ ފަހު ހާފުގައި ޗެންޗޯ ޖެހި ގޯލުން.

ރާއްޖެ ބަލިކޮށް ޕާކިސްތާން ސެމީ އަށް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި 3-0 އިން ރާއްޖެ ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި. މިއީ ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުން ރާއްޖެ ބަލިކުރި ދެވަނަ ފަހަރު ކަމަށްވާއިރު، ރާއްޖެއަށް ސެމީގެ ފުރުސަތު ދެން އޮތީ ތިން ގޯލުގެ ތަފާތުން އިންޑިއާ ބަލިކޮށްގެން

މިސްރު ކޯޗު މަގާމުން ވަކިކޮށްފި

އާއިލީ މައްސަލަތަކެއް ސޯޝަލް މީޑިއާގައި ފެންމަތިވެފައި ވަނިކޮށް، މިސްރުގެ ފުޓްބޯޅަ ޓީމުގެ ކޯޗު ހޮސާމް މަގާމުން ވަކިކޮށް، އެ މަގާމަށް މާހިރު އައްޔަންކޮށްފި. މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މި ނިންމުން ނިންމީ ޓީމުގެ އަބުރު ހިމާޔަތްކުރުމަށް ކަމަށް ބުނެފައިވާއިރު، މީގެ ކުރިން ހޮސާމްގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައި.

ސާފް މުބާރާތްތަކަށް ވީއޭއާރް މުހިންމު: ނިޒާމްބެ

ސާފް ޗެމްޕިއަންޝިޕްގެ މުހިންމު މެޗުތަކުގައި "ވީއޭއާރް ލައިޓް" ބޭނުންކުރަން ނިންމުމަކީ ފުޓްބޯޅަ ކުރިއަރާފައިވާ މިންވަރަށް ބަލާއިރު މުހިންމު ކަމެއް ކަމަށް ކޯޗު ނިޒާމްބެ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި މި ނިޒާމުގެ ސަބަބުން ރެފްރީންގެ ނިންމުންތަކަށް ކުޅުންތެރިން ކުރާ އިތުބާރު ބޮޑުވެ، މުބާރާތުގެ ފެންވަރު ރަނގަޅުވެގެންދާނެ.

ރަންނަމާރި ޗެލެންޖު އިބޫ އާއި އާލިޔާ އަށް، ސާފް ލީގު ޔަސިން އަށް

ގައުމީ ސާފް ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ ފިރިހެން އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހުސެއިން އަރީފް (އިބޫ) ހޯދިއިރު، އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދީ އާލިޔާ ލަތީފް. މި މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ޔަސިން އަހުމަދު ނާޝިދު ހޯދިއިރު، އޭނާ ވަނީ މިއަހަރުގެ ގައުމީ ސާފިން ލީގުގެ ޓައިޓަލް ވެސް ކާމިޔާބުކޮށްފައި.

ޕާކިސްތާން މުހިންމު ކުޅުންތެރިން ނެތް، ރާއްޖެ ބަދަލުހިފުމަކަށް

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު، ޕާކިސްތާނުގެ މުހިންމު ކުޅުންތެރިންތަކެއް ކްލަބްތަކުން ރިލީޒް ނުކުރުމުގެ ސަބަބުން އެ ޓީމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައި. މީގެ ކުރިން ރާއްޖެ އަތުން ޕާކިސްތާން މޮޅުވެފައިވީ ނަމަވެސް، ދެ ޓީމުގެވެސް މުހިންމު ކުޅުންތެރިންތަކެއް ނެތި ކުޅޭ މި މެޗަކީ ރާއްޖެއަށް ބަދަލުހިފުމުގެ ފުރުސަތެއް

Newsletter

Get the latest news delivered straight to your inbox