ބޫޓާނުން ލަންކާ ހުއްޓުވިއިރު، ބަންގްލަދޭޝް ސެމީ އަށް

Nov 8, 2026, 9:25 PM
ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އާއި ސްރީ ލަންކާ އިން ބައްދަލުކުރި މެޗުގެ ތެރެއިން: ބޫޓާން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އާއި ސްރީ ލަންކާ އިން ބައްދަލުކުރި މެޗުގެ ތެރެއިން: ބޫޓާން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް އޭގައި މިރޭ ބޫޓާނުން 2-2 އިން ސްރީ ލަންކާއާ އެއްވަރުކުރިއިރު، މި ނަތީޖާއާ އެކު، މި ފަަހަރުގެ މުބާރާތް ހޯސްޓްކުރާ ބަންގްލަދޭޝް އަށް ސެމީ ފައިނަލުން ޖާގަ ލިބިއްޖެ އެވެ. 

ބަންގްލަދޭޝް އަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ކަށަވަރުކުރި ދެ ވަނަ ގައުމެވެ. ޕާކިސްތާނުން ވަނީ ގްރޫޕް ބީގައި މިއަދު ހަވީރު 3-0 އިން ރާއްޖެ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. 

ބޫޓާނުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ. އެހެންވެ، އެ ޓީމަށް ގްރޫޕްގައި ކުޅެން ޖެހޭ ފަހު މެޗުގައި މިރޭ ސްރީ ލަންކާ ކައިރީގައި ނަތީޖާ ނެރެން އޮތީ މަޖުބޫރުވެފަ އެވެ. 

ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ލީޑުނެގީ ވެސް ބޫޓާނުންނެވެ. އެ ގޮތުން، މެޗުގެ 34 ވަނަ މިނިޓްގައި ބޫޓާންގެ ޑާވާ ޝެރިން ވަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި، ބޫޓާނަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ބޫޓާނަށް ލީޑުގައި އޮވެވުނީ މިނިޓެއްހާއިރު އެވެ. ލަންކާ ޓީމަށް ކުޅޭ އޮސްޓްރޭލިއާ ދަަރިކޮޅަށް ވެސް ނިސްބަތްވާ އޮލިވާ ކެލާޓް އޭރިއާ ކައިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ލަންކާ އަށް އެއްވަރުކޮށްދިނެވެ. 

އެއްވަރުކުރި ގޯލު ޖެހުމަށް ފަހު، ލަންކާ އިން ކުރިއަށް ޖެހިގެން ކުޅެން ފަށައި، އެޓޭކް އިތުރަށް ވަރުގަދަކުރި އެވެ. އެ ގޮތުން، މެޗުގެ 43 ވަނަ މިނިޓްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ވަސީމް ރަޒީކް ބޮލުން ޖެހި ގޯލާ އެކު، ލަންކާ އިން ވަނީ މެޗުގައި ލީޑުނަގައިފަ އެވެ. 

ބޫޓާން ޓީމުން ދެ ވަނަ ހާފުގައި ފުރަތަމަ ހާފަށް ވުރެން ރަނގަޅަށް މަސައްކަތްކޮށްގެން ކުޅުނެވެ. އޭގެ ނަތީޖާ ވެސް އެ ޓީމަށް ދިޔައީ ރަނގަޅަށެވެ. އެ ގޮތުން، މެޗުގެ 76 ވަނަ މިނިޓްގައި ބޫޓާން ފުޓްބޯޅައިގެ ތަރި، ތަޖުރިބާކާރު ކުޅުންތެރިޔާ، ޗެންޗޯ ގެޔެސްޓެން ވަނީ ލިބުނު ފުރުސަތުގައި ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. ލަންކާ، އޭރިއާތެރެއިން ޗެންޗޯ އަށް ލިބުނު ބޯޅަ ވަނީ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ.  

މި މެޗުގެ ނަތީޖާއާ އެކު، ބަންގްލަދޭޝް އެއް ވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސްރީ ލަންކާ އަށް އެއް މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބޫޓާނަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މި ގްރޫޕްގައި ބާކީ އޮތީ ބަންގްލަދޭޝް އާއި ލަންކާ ބައްދަލުކުރާ މެެޗެވެ. އެ މެޗުން ލަންކާ އިން ޕޮއިންޓެއް ހޯދިޔަސް ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ. އެކަމަކު، ބަންގްލަދޭޝް އެ މެޗުން ދެ ގޯލުގެ ފަރަގަކުން މޮޅުވެއްޖެނަމަ، ބޫޓާނަށް ސެމީން ޖާގަ ލިބޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލަށް މޮޅެއް، ޗެލްސީ ބަލި، ޔުނައިޓެޑް ރެލިގޭޝަން ޒޯނަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލުން މޮޅެއް ހޯދިއިރު، ސަންޑަލެންޑް އަތުން ބަލިވެ ޗެލްސީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. އަދި އެސްޓަން ވިލާއާ 4-4 އިން އެއްވަރުވި މެންޗެސްޓާ ޔުނައިޓެޑް، ލީގުގައި ކުޅުނު 10 މެޗުން ލިބުނު އަށް ޕޮއިންޓާއެކު މިހާރު ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައި

ހިތްހަމަނުޖެހިފައި ހުރި އުރްބާނީގެ ފާޑުކިޔުން ރެފްރީންނަށް

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން އަތުން ރާއްޖެ ބަލިވި މެޗަށް ފަހު، ކޯޗު އުރްބާނީ ވަނީ ރެފްރީގެ ނިންމުންތަކަށާއި ވީއޭއާރް ބޭނުންނުކުރާތީ ވަރަށް ބޮޑަށް ފާޑުކިޔާފައި. މީގެ އިތުރުން، މުބާރާތަށް ރާއްޖެ ތައްޔާރުވި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން އުރްބާނީ ވަނީ ގިނަ ޝަކުވާތަކެއް ކޮށްފައި.

ރާއްޖެ ބަލިކޮށް ޕާކިސްތާން ސެމީ އަށް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި 3-0 އިން ރާއްޖެ ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި. މިއީ ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުން ރާއްޖެ ބަލިކުރި ދެވަނަ ފަހަރު ކަމަށްވާއިރު، ރާއްޖެއަށް ސެމީގެ ފުރުސަތު ދެން އޮތީ ތިން ގޯލުގެ ތަފާތުން އިންޑިއާ ބަލިކޮށްގެން

މިސްރު ކޯޗު މަގާމުން ވަކިކޮށްފި

އާއިލީ މައްސަލަތަކެއް ސޯޝަލް މީޑިއާގައި ފެންމަތިވެފައި ވަނިކޮށް، މިސްރުގެ ފުޓްބޯޅަ ޓީމުގެ ކޯޗު ހޮސާމް މަގާމުން ވަކިކޮށް، އެ މަގާމަށް މާހިރު އައްޔަންކޮށްފި. މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މި ނިންމުން ނިންމީ ޓީމުގެ އަބުރު ހިމާޔަތްކުރުމަށް ކަމަށް ބުނެފައިވާއިރު، މީގެ ކުރިން ހޮސާމްގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައި.

ސާފް މުބާރާތްތަކަށް ވީއޭއާރް މުހިންމު: ނިޒާމްބެ

ސާފް ޗެމްޕިއަންޝިޕްގެ މުހިންމު މެޗުތަކުގައި "ވީއޭއާރް ލައިޓް" ބޭނުންކުރަން ނިންމުމަކީ ފުޓްބޯޅަ ކުރިއަރާފައިވާ މިންވަރަށް ބަލާއިރު މުހިންމު ކަމެއް ކަމަށް ކޯޗު ނިޒާމްބެ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި މި ނިޒާމުގެ ސަބަބުން ރެފްރީންގެ ނިންމުންތަކަށް ކުޅުންތެރިން ކުރާ އިތުބާރު ބޮޑުވެ، މުބާރާތުގެ ފެންވަރު ރަނގަޅުވެގެންދާނެ.

ރަންނަމާރި ޗެލެންޖު އިބޫ އާއި އާލިޔާ އަށް، ސާފް ލީގު ޔަސިން އަށް

ގައުމީ ސާފް ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ ފިރިހެން އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހުސެއިން އަރީފް (އިބޫ) ހޯދިއިރު، އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދީ އާލިޔާ ލަތީފް. މި މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ޔަސިން އަހުމަދު ނާޝިދު ހޯދިއިރު، އޭނާ ވަނީ މިއަހަރުގެ ގައުމީ ސާފިން ލީގުގެ ޓައިޓަލް ވެސް ކާމިޔާބުކޮށްފައި.

ޕާކިސްތާން މުހިންމު ކުޅުންތެރިން ނެތް، ރާއްޖެ ބަދަލުހިފުމަކަށް

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު، ޕާކިސްތާނުގެ މުހިންމު ކުޅުންތެރިންތަކެއް ކްލަބްތަކުން ރިލީޒް ނުކުރުމުގެ ސަބަބުން އެ ޓީމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައި. މީގެ ކުރިން ރާއްޖެ އަތުން ޕާކިސްތާން މޮޅުވެފައިވީ ނަމަވެސް، ދެ ޓީމުގެވެސް މުހިންމު ކުޅުންތެރިންތަކެއް ނެތި ކުޅޭ މި މެޗަކީ ރާއްޖެއަށް ބަދަލުހިފުމުގެ ފުރުސަތެއް

Newsletter

Get the latest news delivered straight to your inbox