އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބޮޑު އަގުގައި ތަކެތި ގަތުމުން މިލިއަނުން ގެއްލުން

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް: މިއީ މާލޭން ބޭރުގައި ހުރި އެންމެ ގިނަ ހިދުމަތްތައް ލިބޭ ހޮސްޕިޓަލުތަކުގެ ތެރެއިން ހޮސްޕިޓަލެއް --- ފޮޓޯ: އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް: މިއީ މާލޭން ބޭރުގައި ހުރި އެންމެ ގިނަ ހިދުމަތްތައް ލިބޭ ހޮސްޕިޓަލުތަކުގެ ތެރެއިން ހޮސްޕިޓަލެއް --- ފޮޓޯ: އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ އާންމު ކޮންޒިއުމަބަލްސް ނުވަތަ ބޭނުންކޮށްފައި އުކާލެވޭ ތަކެތި ހޯދުމުގައި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެ، ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ވާގޮތަށް އަމަލުކޮށްފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ހާމަކޮށްފި އެވެ.

އޮޑިޓު އޮފީހުން ނެރެފައިވާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ 2022 އާއި 2023 އަދި 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ހޮސްޕިޓަލަށް ތަކެތި ގަތުމުގައި މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ އިގުތިސޯދީ ގޮތުން އެންމެ ފައިދާހުރި އަދި ޒިންމާދާރު އުސޫލުތަކަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2022 އިން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ތަކެތި ހޯދުމަށް ކުރި އިއުލާނުތަކުގެ ދަށުން ގިނަ އަދަދެއްގެ ތަކެތި ގަނެފައިވަނީ އެ ތަކެތި ވަކިން ވިއްކާ އަގުގަ އެވެ.

މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ގިނަ އަދަދަކަށް ތަކެތި ގަންނައިރު އެއްޗެއް ވަކިން ގަންނަ އަގުގައި ތަކެތި ގަނެގެން ނުވާނެ އެވެ. ނަމަވެސް، ހޮސްޕިޓަލުން 70 އަށް ވުރެ ގިނަ އައިޓަމަށް އަގު ހޯދިއިރު، އޭގެ ތެރެއިން ގިނަ ތަކެތި ގަނެފައި ވަނީ ބަލްކް ޕާޗޭސް ޑިސްކައުންޓް ފަދަ މާލީ ފައިދާތައް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓު އަގުގަ އެވެ.

މީގެ އިތުރުން، ހޮސްޕިޓަލަށް އެއް އަހަރު ދުވަހަށް ބޭނުންވާ ތަކެތީގެ މިންވަރު ބީލަން ހުށަހެޅި ފަރާތްތަކާ ހިއްސާކޮށްފައި ނުވާކަން ވެސް އޮޑިޓުން ވަނީ ހާމަވެފަ އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅެފައިވާ އުސޫލުގެ ސަބަބުން ވެސް ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

އަގުބޮޑުކޮށް ގަނެފައިވާ ތަކެތީގެ ތަފުސީލު (2022)

ގަނެފައިވާ ތަކެތިމާކެޓް ރޭޓް (ރ.)އެއްބަސްވުމުގައިވާ އަގު (ރ.)ފަރަގު (ރ.)ގަނެފައިވާ އަދަދުއިތުރަށް ހިނގާފައިވާ ހަރަދު (ރ.)
ބްލޭންކް ޑީވީޑީ4.6721.6016.9318,700316,591
ޑިސްޕޯސަބަލް ތަށި0.30.880.58175,000101,500
A4 ކަރުދާސް ރީމް56.1878.3022.1298521,788
A5 ކަރުދާސް ރީމް40.7754.0013.231,17015,479
ދޮންނަ ކުނޑި30.9746.3815.4196014,794

އެ ގޮތުން، ތަކެތި ބޭނުންކުރާ މިންވަރަށް ނުބަލައި، ހަމައެކަނި ޔުނިޓު އަގުތައް އެއްކޮށްގެން ޖުމުލަ އަގު ކަނޑައެޅުމުގެ ސަބަބުން، ބައެއް ފަރާތްތަކުން އާންމުކޮށް ގިނައިން ބޭނުންކުރާ ތަކެތީގެ އަގު ބޮޑުކޮށްފައި، މަދުން ބޭނުންކުރާ ތަކެތީގެ އަގު ކުޑަކޮށް ހުށަހަޅައިގެން ބީލަން ކާމިޔާބުކޮށްފައިވާކަން ވަނީ އެނގިފަ އެވެ.

މިސާލެއްގެ ގޮތުން، 2023 ވަނަ އަހަރު އެންމެ ގިނައިން ބޭނުންކުރި ޑިސްޕޯސަބަލް ކަޕްގެ އަގަށް އެންމެ ރުފިޔާއެއް އިތުރުވިޔަސް، ހޮސްޕިޓަލުން ދެ ލައްކައެއްހާ ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހޭނެކަން އޮޑިޓުން ދައްކަ އެވެ.

އޮޑިޓްގައި ސާމްޕަލްގެ ގޮތުގައި ބެލި 3.08 މިލިއަން ރުފިޔާގެ ތަކެތި ގަނެފައިވަނީ މާކެޓް އަގަށް ވުރެ 2.08 މިލިއަން ރުފިޔާ އަގު ބޮޑުކޮށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މިއީ މާލިއްޔަތު ގަވާއިދުގައި ބަޔާން ކުރާ، ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއްތޯ ބަލަން ޖެހޭނެ ކަމަށް އޮންނަ އުސޫލާ ހިލާފަށް ކޮށްފައިވާ ކަމެކެވެ.

އަގުބޮޑުކޮށް ގަނެފައިވާ ތަކެތީގެ ތަފުސީލު (2023)

ގަނެފައިވާ ތަކެތިމާކެޓް އަގު (ރ.)އެއްބަސްވުމުގައިވާ އަގު (ރ.)ފަރަގު (ރ.)ގަނެފައިވާ އަދަދު އިތުރަށް ހިނގާފައިވާ ހަރަދު (ރ.)
ބްލޭންކް ޑީވީޑީ4.6723.118.4338,050701,261
ޑިސްޕޯސަބަލް ތަށި0.310.70631,000441,700
ޑަސްބިން ބޭގް (ލާޖް)3.36.22.946,500134,850
ޑަސްބިން ބޭގް (މީޑިއަމް)1.654.12.4544,700109,515
ހޭންޑްވޮޝް2262.540.52,45399,346
ހޮސްޕިޓަލް ކްރޮކްސް (ފައިވާން)137.8510372.219271,462
ޑަސްބިން ބޭގް (ކުދި)1.53.12.634,80055,680
ޖުމުލަ2,083,966

މި ގޮތަށް އަގު ބޮޑުކޮށް ގަނެފައިވާ ބާވަތްތަކުގެ ތެރޭގައި ގިނައީ އެންމެ ގިނައިން ބޭނުންކުރާ ބާވަތްތަކެވެ. ބްލޭންކް ޑީވީޑީތަކަކީ މީގެ ރަނގަޅު މިސާލެކެވެ.

އޮޑިޓުގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި 2022 ގައި މީގެ ސީޑިއެއް ގަތީ 21.6ރ. އަށެވެ. މިއީ މާކެޓު އަގަށް ވުރެ 16.9ރ. ބޮޑު އަދަދެކެވެ. ޖެހިގެން އައި އަހަރު މި މި ސީޑީތައް ގަންނަ އަގު ވަނީ 23.1ރ. އަށް ބޮޑުކޮށް، މާކެޓު އަގާ ހުރި ފަރަގު ވަނީ 18.4ރ. އަށް ބޮޑުކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި މާކެޓު އަގު (4.67ރ) ލޯ ލާރިއެއް ވެސް ބޮޑު ނުވެ އެވެ. 

މި ބްލޭންކް ޑީވީޑީތަކުން އެކަނި އެއް މިލިއަން ރުފިޔާ ވަނީ ދައުލަތަށް ގެއްލުންވެފަ އެވެ. އަދި އޮޑިޓުން ބެލި ސާމްޕަލްގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް އައިޓަމަކަށް އޮތީ ވެސް މި އައިޓަމެވެ. 

މީގެ އިތުރުން، ވަކި ފަރާތަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ ހެކިތަކެއް ވެސް ވަނީ ފެނިފަ އެވެ. އެ ގޮތުން، ކިއު ސިސްޓަމަށް ބޭނުންވާ ޕްރިންޓާ ރޯލް ހޯދުމުގައި، އެހެން ސަޕްލަޔަރަކު ހުށަހެޅި އަގަށް ވުރެ ބޮޑު އަގުގައި ކުރިން ވެސް ތަކެތި ފޯރުކޮށްދިން ފަރާތަކުން ތަކެތި ގަނެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

މި މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ވަނީ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނިޒާމު އިސްލާހުކޮށް، ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ހާމަކަން ބޮޑު އަދި ޒިންމާދާރު އުސޫލުތަކަށް އަމަލުކުރުމަށް އިރުޝާދު ދީފަ އެވެ. އަދި ބީލަންތައް އިވެލުއޭޓް ކުރުމުގައި ހޮސްޕިޓަލަށް އެންމެ ފައިދާހުރި ގޮތްތައް އިހުތިޔާރު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox