ފަރު މަރާލުމުން ގެއްލުންވޭ، ތަރައްގީ ހޯދަންވީ ގުދުރަތީ ވަސީލަތްތައް ބަހައްޓައިގެން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެން ދަމަން ދުރަށް ދާންޖެހޭ ކަމަށް މަސްވެރިން ޝަކުވާކުރާކަން އެމަނިކުފާނު ފާހަގަކުރެއްވި -- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެން ދަމަން ދުރަށް ދާންޖެހޭ ކަމަށް މަސްވެރިން ޝަކުވާކުރާކަން އެމަނިކުފާނު ފާހަގަކުރެއްވި -- ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ ފަރުތައް މަރާލުމުން ގެއްލުންވާ ކަމަށާއި ތަރައްގީ ހޯދަންވީ ގުދުރަތީ ވަސީލަތްތައް ބަހައްޓައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ހިއްކައިދޭން ބައެއް މީހުން އެދެމުންދާއިރު، ފަރުތައް ހިއްކުމުގެ ސަބަބުން މަސްވެރިން އެންދަމަން ދުރަށް ދާންޖެހޭ ކަމުގެ ޝަކުވާވެސް ބޮޑުވަމުން އަންނަ ކަމަށެވެ. 

"އަޅުގަނޑުމެން ރާއްޖޭގެ ރަށްތަކުން އެއްބަޔަކު ވަރަށް ބޮޑަށް އެބަ އެދޭ ރަށް ހިއްކައިދޭން. އޭރުން ފަރު މަރުވޭ. އެކަމަކު މަސްވެރިން ވަރަށް ކަންބޮޑުވޭ މިހާރު އެން ދަމަން ދާންޖެހޭ ދުރުކަމާއި އޭގެ ހިސާބާ އެކީގައި. ފަރު މަރާލައިގެންތޯ އަޅުގަނޑުމެންނަށް ތަރައްގީ ހޯދޭން އޮތީ ނުވަތަ ފަރު ބާއްވައިގެންތޯ ތަރައްގީ ހޯދެން އޮތީ،" ނަޝީދު ވިދާޅުވި އެވެ. 

Advertisement

"ގުދުރަތީ ވަސީލަތްތައް ބަހައްޓައިގެން އަޅުގަނޑުމެންނަށް ތަނަވަސްކަން ހޯދެން އެބައޮތްތޯ. މިރޭގެ މި ޕެނަލްގައި އަޅުގަނޑުމެން ހަގީގަތުގައި އެ ވާހަކަ. އަޅުގަނޑުމެންނަށް ގުދުރަތީގޮތުން ލިބިފައި މިހުރި ވަސީލަތްތައް ބަހައްޓައިގެން އަޅުގަނޑުމެންނަށް ތަރައްގީ ހޯދިދާނެ ކަމަށް އަދި ކުރެވެން އޮތް ކަމެއް ގޮތުގައި ވަރަށް ބޮޑަށް ފާހަގަވޭ."

ނަޝީދު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުން މުޅި ދުނިޔެއަށް ހިދުމަތްތައް ދެވޭ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގައި ވެސް ހަތަރު ވަނައަށް އޮތް އެންމެ ބޮޑު ފަރު އޮތްއިރު، ރާއްޖޭގެ ފަރުން ދުނިޔޭގެ ހުރިހާ ކަނޑުތަކަށް ހިދުމަތް ދެވޭ ކަމަށެވެ. 

"ބެލެވެމުން މިދަނީ ކޮބައިތޯ މި ޕްލެނެޓަށް މި ދުނިޔެއަށް ދެވޭ ހިދުމަތްތަކަކީ ދިވެހިރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުން. ރާއްޖޭގެ މިހުރި ގުދުރަތީ ވަސީލަތްތަކުން މި ދުނިޔެއަށް ދެވޭ ހިދުމަތްތަކީ ކޮބައިތޯ. ރާއްޖޭގައި މިއޮތީ ދުނިޔޭގައި ހަތަރުވަނައަށް އޮތް އެންމެ ބޮޑު ފަރު. މި ފަރުގައި ހުރި މަސްމަހާ މެއްސާއި ގަސްގަހާ ގެއްސާއި ހުރި އެހެން ދިރުންތައް އެބަ ދޭ މި މުޅި ދުނިޔެއަށް އެހެން ހުރިހާ ކަނޑުތަކަށް ހިދުމަތެއް،"  ނަޝީދު ވިދާޅުވި އެވެ. 

"ޗައިނާ މީހުން ދާ އަޅައިގެން ނުވަތަ ކޮރެއާ މީހުން ދާ އަޅައިގެން ނުވަތަ ފްރާންސް މީހުން ދާ އަޅައިގެން ބާނާނެ މަހެއް އިންޑިއާ ކަނޑުގައި ނޯންނާނެ ސަތޯރަހަ ނެތީއަކާއެއް. ނުވަތަ މި މަސް ވިހާ ހާތައް މި އަޅުގަނޑުމެންގެ ކަނޑުގައި ނެތިއްޔާ،" 

ރާއްޖޭގެ ތާރީހުގައި ހިއްކާ އެންމެ ބޮޑު ފަޅު ކަމަށްވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ ނަޝީދު ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. 

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އެންމެ ބޮޑަށް ގެއްލުންވާ ކުޑަ ގައުމުތަކުގެ ހައްގުތަކަށް ވަކާލާތުކުރާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ނަޝީދު ފުރުއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox