މާލޭގައި ތިބެގެން ހޯދޭނެ ތަރައްގީއެއް ނެތް، ވިޔަފާރީގެ ފުރުސަތުތައް އޮތީ ރަށްރަށުގައި: ނަޝީދު

އޮކްޓޯބަރު 2، 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގައި ކުރިއަށްގެންދާ "ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓު ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދު ވާހަކަ ދައްކަވަނީ --- ފޮޓޯ: މުހައްމަދު ޝާބިން

އޮކްޓޯބަރު 2، 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގައި ކުރިއަށްގެންދާ "ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓު ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދު ވާހަކަ ދައްކަވަނީ --- ފޮޓޯ: މުހައްމަދު ޝާބިން

ރާއްޖޭގެ ތަރައްގީ ހޯދެން އޮތީ މާލޭގައި ތިބެގެން ނޫން ކަމަށާއި އެހެން އެއްވެސް ތަނެއްގައި ނެތް މިންވަރަށް ރަށްރަށުގައި ވިޔަފާރީގެ ފުރުސަތުތައް ހުޅުވިފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީިޕީ) ގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

"ރަށްވެހި ތަރައްގީ" ގެ ނަމުގައި ބާއްވާ އިންވެސްޓްމަންޓު ފޯރަމަކީ ނަޝީޑު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ އަލުން ހަވާލުވެވަޑައިގަތުމަށްފަހު އުފެއްދެވި ޕްރޮޖެކްޓްސް އޮފީހުގެ ބެލުމުގެ ދަށުން ބާއްވާ ފޯރަމެކެވެ. އެ އޮފީހުން ވަނީ އެމްޑީޕީ މެޖޯރިޓީ އޮތް ކައުންސިލްތަކާއެކު މަސައްކަތްކޮށް ރަށްރަށުގައި އިންވެސްޓުކުރެވިދާނެ ޕްރޮޖެކްޓުތައް ދެނެގަނެ އެ ޕްރޮޖެކްޓުތަކާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށްފަ އެވެ. 

މިއަދުގެ ފޯރަމްގައި 40 އަށްވުރެ ގިނަ ޕްރެޒެންޓޭޝަން ހުށަހަޅާއިރު ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ކައުންސިލްތަކަށް އިތުރު ބާރުތައް ދޫކޮށްލުމަށް ގޮވާލައްވާފަ އެވެ. 

Advertisement

"ރާއްޖޭގެ ތަރައްގީ ދެން ހޯދެން އޮތީ މާލޭގައި ތިބެގެންނެއް ނޫނޭ، އަޅުގަނޑު އުންމީދުކުރަން އެމްޑީޕީގެ ސަރުކާރެއްގައި އެއްވެސް ޕްރޮޖެކްޓެއް ނުހިންގާނެ ކަމަށް މާލޭގައި. ހުރިހާ ކަމެއް ހިންގަން ކައުންސިލްތަކަށް ދޭންވީ،" ނަޝީދު ވިދާޅުވި އެވެ. 

އެމްޑީޕީއަށް 2028 ގައި ރައްޔިތުން ވޯޓެއް ދޭނީ އެ ޕާޓީއާ އިދިކޮޅު ފަރާތްތަކާ ޒުވާބުކޮށްގެން ނޫނީ ބަދުބަސް ބުނެގެން ނޫން ކަމަށާއި އޭގެ ބަދަލުގައި އެމްޑީޕީން ކަންކަން ޑެލިވާ ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ސަރުކާރުން ހުރަސް އެޅިޔަސް ކައުންސިލްތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެބަޖެހޭ ޑެލިވާ ކުރަން. އަޅުގަނޑުމެން އެބަ ޖެހޭ ކަމެއް ކުރަން. މި ރާއްޖޭގެ ހަތަރު ސިޓީ ކައުންސިލް އޮތީ އެމްޑީޕީގައި. އެ މީހުންނަކަށް ނެތް މިއަދު ތިބެވޭކަށް، ސަރުކާރުން އެހެން ހެދީއޭ މިހެން ހެދީއޭ، ސަރުކާރުން ހަދާނެ އެހެންމިހެން،" ނަޝީދު ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ ފުރަތަމަ އިންވެސްޓްމަންޓު ފޯރަމެވެ. އެމްޑީޕީގެ ކޮންގްރެސްގައި މިއަދު މައިގަނޑު ކަމެއްގެ ގޮތުގައި އެ ފޯރަމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox