ޓީ20 ޕްރެޒިޑެންްޓްސް ކަޕްގެ ޗެމްޕިއަންކަން ސީބީއެލް ސްޕޯޓްސް އަށް

Sep 20, 2026, 11:29 AM
ސީބީއެލް ސްޕޯޓްސް ޕްރެޒިޑެންޓަލް ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު.---- ފޮޓޯ: ކުޅިވަރާބެހޭ ވުޒާރާ

ސީބީއެލް ސްޕޯޓްސް ޕްރެޒިޑެންޓަލް ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު.---- ފޮޓޯ: ކުޅިވަރާބެހޭ ވުޒާރާ

ފައިނަލުގައި މާލެ ސްޕޯޓްސް ކްލަބް ބަލިކޮށް ސީބީއެލް ސްޕޯޓްސް އިން ޓީ20 ޕްރެޒިޑެންޓްސް ޗެލެންޖު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

އިއްޔެ ކުޅުނު ފައިނަލުގައި ސީބީއެލް އިން މާލެ ސްޕޯޓްސް ކްލަބް ބަލިކޮށްފައިވަނީ، 56 ލަނޑުންނެވެ. 

ފައިނަލް މެޗުގެ ޓޮސް ދިމާވުމުން، ސީބީއެލް އިން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، ސީބީއެލް އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި، ތިން ކުޅުންތެރިން ނުބައިވެގެން 185 ލަނޑު ހަދައިފަ އެވެ. ސީބީއެލް އިން އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވަނީ، 50 ބޯޅައިން 80 ލަނޑު ހެދި ތަރަކަ ރުވާން އާއި 17 ބޯޅައިން 27 ލަނޑު ހެދި އާދަމް ނާސިފް އުމަރު އެވެ. އަދި، އެ ޓީމުގެ ކެޕްޓަން، އަޝާން ޔަޕަން ވަނީ 36 ބޯޅައިން 49 ލަނޑު ހަދައިފަ އެވެ. 

ޖަވާބުގައި ކުޅެން އަރައި، މާލެ ސްޕޯޓްސް ކްލަބަށް 20 އޯވަރުގެ ތެރޭގައި، ހަތް ކުުޅުންތެރިން ނުބައިވެގެން 127 ލަނޑު ހަދައިފަ އެވެ. މާލެ ސްޕޯޓްސް ކްލަބަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 23 ބޯޅައިން 34 ލަނޑު ހެދި އިސްމާއިލް އަލީ އެވެ. އެ ޓީމުގެ މުހައްމަދު ރިޝްވާން ވަނީ 20 ބޯޅައިން 25 ލަނޑު ހަދައިފަ އެެވެ. 

ޓީ20 ޕްރެޒިޑެންޓްސް ޗެލެންޖު ކަޕްގައި ކުޅެފައިވަނީ، މޯލްޑިވްސް ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމެކެވެ. އެއީ، ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާލެ ސްޕޯޓްސް ކްލަބްގެ އިތުރުން، ސީބީއެލް ސްޕޯޓްސް، އަނަކީ ސްޕޯޓްސް ކްލަބް އަދި ނިއު ސްޓާ އެވެ. 

ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަަމަ މެޗުގައި، ސީބީއެލް އަތުން މޮޅުވެ، މާލެ ސްޕޯޓްސް ކްލަބުން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ. ސީބީއެލް އިން ފައިނަލަށް ދަތުރުކުރީ ދެ ވަނަ ސެމީ ފައިނަލުގައި މޮޅުވި އަނަކީ އަތުން ތިން ވަނަ ސެމީގައި ކުރިހޯދައިގެންނެވެ. 

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox