ސީބީއެލް ބަލިކޮށް މާލޭ ސްޕޯޓްސް އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފި

Aug 9, 2025, 1:10 AM
ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި މާލެ ސްޕޯޓްސް އިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި މާލެ ސްޕޯޓްސް އިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ، ޓީ20 ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން މާލޭ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

އިއްޔެ ކުޅުނު ފައިނަލުގައި، މާލޭ ސްޕޯޓްސް އިން ތަށި އުފުލާލީ، މިދިޔަ އަހަރުގެ ޗެމްޕިއަން ސީބީއެލްއާ ބައްދަލުކޮށް 4 ވިކެޓުން މޮޅުވެގެންނެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުޅުނު މެޗުގައި، ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅުމަށެވެ.

ސީބީއެލް އިން ކުޅެންއަރައި، 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދީ 127 ލަނޑެވެ. އެ ގޮތުން، ސީބީއެލްގެ އަސާން ޔަޕާ 39 ބޯޅައިން 52 ލަނޑު ހެދިއިރު، ސަވިންދަ ވަނީ 13 ބޯޅައިން 17 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި، މާލޭ ސްޕޯޓްސް ކުލަބްގެ މުހައްމަދު މަހަފޫޒު ވަނީ 27 ލަނޑަށް ތިން ވިކެޓް ނަގައިފަ އެވެ. އަދި، އިރުފާން އާއި ސިޔާމް ކޮންމެ ކުޅުންތެރިއަކު، ދެ ވިކެޓް ނެގި އެވެ.

ޖަވާބުގައި މާލޭ ސްޕޯޓްސް ކަލްބް ކުޅެންއަރައި ހަ ކުޅުންތެރިން ނުބައިވެގެން 18 ވަނަ އޯވަރުގައި 130 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. މާލެ ސްޕޯޓްސް ކްލަބަށް މި މެޗުގައި، މޮޅު ކުޅުމެއް ދެއްކި، މުހަންމަދު ރިސްވާން 46 ބޯޅައިން 61 ލަނޑު ހެދިއިރު، އަބްދުލް ހަލީގް ވަނީ 21 ބޯޅައިން 29 ލަނޑު ހަދައިފަ އެވެ.

މި އިނިންސްގައި، ސީބީއެލް އަށް ހަރުޝަ އާއި ޕްރަގީތް ކޮންމެ އުކުންތެރިއެއް ދެ ވިކެޓް ނެގި އެވެ.

މުބާރާތުގެ ވަނަތަކަށް ބަލާއިރު، ޕްރިމިއާ ލީގްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސް ކްލަބް އިސްމާއިލް އަލީ، އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ޕަންޑުކާ ހޮވުނުއިރު، އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވުނީ އެމްއެސް އެކަޑަމީގެ ދިލްޝާން އެވެ. އަދި، އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ މިލާން ކްރިކެޓް އެކަޑަމީގެ މުހަންމަދު ރަޔާން ތޮލާލް އެވެ. މީގެ އިތުުރުން، މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ރުވާން ތާރަކައެވެ.

ޓީ20 ޕްރެޒިޑެންޓްސް ކަޕަކީ، ޓީ20 ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ކުޅޭ މުބާރާތެކެވެ. ސީބީއެލް އިން ފައިނަލަށް ދަތުރުކުރީ، ޕްރިމިއާ ލީގުގެ ޗެމްޕިއަން، މިލާން ކްރިކެޓް އެކަޑަމީ ބަލިކޮށްފަ އެވެ. އަދި، މާލެ ސްޕޯޓްސް އިން ވަނީ ފައިނަލުގެ ޖާގައެއް ހޯދަން ފުރަތަމަ މެޗުގައި، ނިއު ސްޓާ ބަލިކޮށްފަ އެވެ. އަދި، މިލާންގެ މައްޗަށް ވެސް ކުރިހޯދި އެވެ.

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox