ހިމަބިއްސާއި އާސަންދައާ ގުޅޭ ސުވާލުތަކަށް މިނިސްޓަރު ޖަވާބެއް ނުދެއްވި

ހެލްތު މިނިސްޓަރު، ގީލާ އަލީ މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހެލްތު މިނިސްޓަރު، ގީލާ އަލީ މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި މި ދުވަސްވަރު އާދަޔާއިހިލާފަށް ހިމަބިހި ފެތުރެމުންދާ ދިޔުމާއި އާސަންދަ ހިދުމަތާ ގުޅޭގޮތުން މަޖިލީހުން ކުރި ސުވާލުތަކުގެ ޖަވާބު އަތުގައި ނެތް ކަމަށް ވިދާޅުވެ އެ ސުވާލުތަކަށް ޖަވާބުދޭން ހެލްތު މިނިސްޓަރު ގީލާ އަލީ ދެކޮޅު ހައްދަވައިފި އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ސުވާލުކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ މި ފަހުން އާދަޔާއި ހިލާފަށް ހިމަބިހި ފެތުރެން މެދުވެރިވީ އެ ބައްޔަށް ޓެސްޓު ކުރާ ކިޓު ހުސްވެފައި ހުރުމުން ކަމަށް އަޑުތައް ފެތުރިފައިވާ ކަމަށެވެ. އޭނާ ސުވާލު ކުރެއްވީ އެކަމުގެ ހަގީގަތް ހޯދުމަށެވެ.

ރާއްޖެއިން ބޭރުން އާސަންދަ ހިދުމަތް ދޭ ހޮސްޕިޓަލްތަކަށް ދޭންޖެހޭ ފައިސާ ދައުލަތުން ނުދީ ހުރުމުގެ ސަބަބުން ހިދުމަތްތައް ބުރޫ އަރާ ކަމަށް ވިދާޅުވެ، މިހައިތަނަށް ކިހައި ފައިސާއެއް އެ ހޮސްޕިޓަލްތަކަށް ނުދީ ހުރިތޯ ވެސް ފިއްޓޭ ސުވާލުކުރެއްވި އެވެ. އަދި، އާސަންދައިގެ ދަށުން ޑުބާއީ އާއި ބެންކޮކަށް ކިހައި މީހުންނެއް ބޭސްފަރުވާއަށް ފޮނުވިއްޖެތޯ ވެސް ފިއްޓޭ ސުވާލުކުރެއްވި އެވެ.

Advertisement

އޭގެ އިތުރުން، އައިޖީއެމް ހޮސްޕިޓަލުގައި ހުންނަ ހިތުގެ ބަލީގެ ޑިޕާޓުމެންޓުގެ އެގްރީމެންޓު ބާތިލުކޮށްފައި އޮތް ކަމަށް ބުނެ ފެތުރެމުންދާ ވާހަކަ އާއި ސަރުކާރުން އަލަށް އުފެއްދި ބޭސް ކުންފުނި، ސްޓޭޓް ފާމާ ކުންފުންޏަށް ރާއްޖޭގެ ބަޖެޓުން ކިހައި ފައިސާއެއް ހަރަދުކޮށްފައި ވޭތޯ ވެސް ފިއްޓޭ ސުވާލުކުރެއްވި އެވެ.

ނަމަވެސް، ގީލާ ވިދާޅުވީ އެ ސުވާލުތަކާ ބެހޭ މައުލޫމާތު އޭނާގެ އަތުގައި ނެތް ކަމަށެވެ.

"އިއްޒަތްތެރި މެންބަރު ވަރަށް ގިނަ ސުވާލުތަކެއް ތިޔަ ކުރެއްވީ، ދެން މިއަދު އަޅުގަނޑު މިކޮޅަށް މިއައީ ހަމަ ވަކި ސުވާލުތަކަކަށް ތިޔަ ބޭފުޅުންނަށް ޖަވާބު އެރުވުމަށްޓަކައި، އެހެންކަމުން، ވަރަށް ބޮޑަށް ޝުކުރިއްޔާ އިއްޒަތްތެރި ރައީސް،" ގީލާ ވިދާޅުވި އެވެ.

ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު ދެ ގުނަ އިތުރުވެ 121 އަށް އަރައިފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު 121 އަށް އަރާފައިވާއިރު، މިއީ ކުރީ ހަފުތާއާ އަޅާބަލާއިރު ދެގުނަ އިތުރުވުމެއް. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ ވެކްސިން ކެމްޕޭނެއް ފަށައި، ބަލީގެ އަލާމާތްތައް ފެންނަ ނަމަ އެކަހެރިވުމަށާއި ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފަ.

ފިއްޓޭގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތް ކަމަށް ގީލާ ވިދާޅުވުމުން، މަޖިލީހުގެ ތަޅުން ކޮންމެވެސް ވަރަކަށް ހޫނު ވެސް ވެގެންދިޔަ އެވެ. އެގޮތުން އެ ސުވާލުކުރެއްވި ފިއްޓޭ އާއި ޕީއެންސީގެ ބައެއް މެންބަރުންނާ ދެމެދު ބަހުގެ ހަމަލާތައް ވެސް ބަދަލު ކުރެވުނެވެ.

ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ކޮންޓުރޯލް ކޮށްފަ އެވެ.

ނަމަވެސް، މި ފަހަަކަށް އައިސް ހިމަބިހީގެ ކޭސްތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެޗްޕީއޭއިން ރޭ އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި ހިމަބިހި މި އަހަރު ފެނުނު މިހާރު 122 މީހުންނަށް ެ ބަލި ވަނީ ޖެހިފަ އެވެ. މި ފާއިތުވި ދެ ހަފުތާގައި އެކަނި ވެސް 100 އަށް ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހިފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox