ސަލާހުގެ ލަނޑާ އެކު މިސްރުން ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި

Jun 22, 2026, 8:00 AM
ނިއު ޒީލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު މިސްރުން އުފާފާޅުކުރަނީ.

ނިއު ޒީލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު މިސްރުން އުފާފާޅުކުރަނީ.

ވެންކޫވާ، ކެނަޑާ (ޖޫން 22) - މުހައްމަދު ސަލާހު ޖެހި ގޯލާ އެކު، މިސްރުން ފަހަތުން އަރައި 3-1 އިން ނިއު ޒީލެންޑް ބަލިކޮށް، ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ. 

ނިއު ޒީލެންޑާއި މިސްރުން ބައްދަލުކުރި މި މެޗަށް ނުކުތްއިރު، ގްރޫޕް ޖީގައި ފުރަތަމަ ކުޅުނު ތިން މެޗު ވެސް ވަނީ އެއްވަރުވެފަ އެވެ. އަނެއްކޮޅުން، މިސްރާއި ނިއު ޒީލެންޑުން ވެސް މި މެޗުގައި އަމާޒުހިފާފައި ވަނީ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވުމަށެވެ.

މިސްރުން ފުރަތަަމަ މޮޅު ހޯދައި، ގްރޫޕްގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިރާނާއި ތިން ވަނައިގައި އޮތް ބެލްޖިއަމަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ނިއު ޒީލެންޑަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. 

Advertisement

ބީސީ ޕްލޭސް ވެންކޫވާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން، ނިއު ޒީލެންޑުން ފުރަތަމަ މިނިޓުން ފެށިގެން އެޓޭކަށް ދެވޭތޯ މަސައްކަތް ފެށި އެވެ. 

މިސްރުން ފުރަތަމަ ދިހަ މިނިޓަށް ފަހު، އެޓޭކަށް ޖެހިގެން ރަނގަޅު ކުޅުމަކުން ފެށި މި މެޗުގައި ލީޑުނެގީ ނިއު ޒީލެންޑުންނެވެ. އެ ގޮތުން، ނިއު ޒީލެންޑުން ވަނީ މެޗުގެ 15 ވަނަ މިނިޓްގައި ފިން ސާމަންގެ ލަނޑުން ކުރި ހޯދައިފަ އެވެ. މިއީ، ޓިމް ޕޭން ނެގި ކޯނަރަކުން މިސްރުގެ ކުޅުންތެރިންނަށް ވުރެން ރަނގަޅަށް ބޯޅަ އަށް އަރައި ސާމަން ބޮލުން ޖެހި ގޯލެކެވެ. 

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިސްރާއި ނިއު ޒީލެންޑު ކުޅުނު މެޗުގެ ތެރެއިން.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިސްރާއި ނިއު ޒީލެންޑު ކުޅުނު މެޗުގެ ތެރެއިން.

ފުރަތަމަ ހާފުގައި މިސްރުން އެއްވަރުކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން، ހިލޭ ޖެހުމަކުން އެ ޓީމުގެ ކެޕްޓަން، ސަލާހު ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި، ނިއު ޒީލެންޑުން ދެ ވަނަ ލަނޑެއް ޖެހުމަށްޓަކައި، އޭރިއާތެރެއިން، ކަލުމް މެކްކޮވަޓް ބޮލުން ފޮނުވާލި ބޯޅަ މިސްރުގެ ކީޕަރު، މުސްތަފާ ޝޫބޭރު ވަނީ މަތަކޮށްފަ އެވެ. 

މި މެޗުން މޮޅުވުމަށް މިސްރުން އެންމެ ބޮޑު ތަފާތެއް ދެއްކީ ދެ ވަނަ ހާފުގަ އެވެ. 

ނަތީޖާ ހަމަހަމަކުރަން މިސްރުން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ 58 ވަނަ މިނިޓްގަ އެވެ. އެ ގޮތުން، ފުލްބެކް، މުހައްމަދު ހާނީ ނެގި ހުރަހަކުން މުސްތަފާ ޒީކޯ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ނިއު ޒީލެންޑުގެ ކީޕަރު، މެކްސް ކްރޮކޮމްބޭ އަތުގައި ޖެހިފަ އެވެ.

ފުލުފުލުގައި މިސްރުގެ އެޓޭކްތައް ފެންނަމުންދިޔައިރު، އެއްވަރުކުރިތާ 10 މިނިޓް ފަހުން، ލީޑުނެގި ލަނޑު ޖެހި އެވެ. މިއީ، ޒީކޯ ދިން ބޯޅައެއް ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިގެން ސަލާހު ޖެހި ގޯލެކެވެ. މިއީ، މިސްރު ގައުމީ ޓީމަށް ސަލާހު ޖަހައިދިން 68 ވަނަ ގޯލެވެ. 

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިސްރާއި ނިއު ޒީލެންޑު ކުޅުނު މެޗުގެ ތެރެއިން: ސަލާހު ބޯޅަ ހިފައިގެންދަނީ.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިސްރާއި ނިއު ޒީލެންޑު ކުޅުނު މެޗުގެ ތެރެއިން: ސަލާހު ބޯޅަ ހިފައިގެންދަނީ.

މިސްރުން މެޗުގައި ތިން ވަނަ ލަނޑު ޖެހީ، 83 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ބަދަލަަކަށް ކުޅެން އެރި މަހުމޫދު ޓްރެޒެގޭ އެވެ. މިއީ ސަލާހު ނެގި ކޯނަރަކުން ޓްރެޒެގޭ ބޮލުން ޖެހި ގޯލެކެވެ. 

މިސްރުން މީގެ ކުރިން ތިން ފަހަރު (1934، 1990 އަދި 2018) ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނުއިރު މުބާރާތް ނިންމާލީ މޮޅެއް ނުލިބި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އަލަތު މޮޅު ހޯދިއިރު، ދެން އެ ޓީމަށް ގްރޫޕް ސްޓޭޖުގައި ބާކީ އޮތް މެޗުން، އިރާން އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ގްރޫޕް ސްޓޭޖުން ކުރިއަށްދެވޭނެ އެވެ. އަދި، މިހާރު އޮތް  ޕޮއިންޓުގެ ޖުމްލައާ އެކު ވެސް، އެންމެ ރަނގަޅު ނަތީޖާ އެއް ހޯދާ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ވެސް މިސްރަށް ނޮކައުޓް ބުރަށް ދެވޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox