ކޭޕް ވާޑްގެ އަމާޒުހުރީ ވޯލްޑް ކަޕްގައި "ނުވާނެއޭ ބުނި ކަންތައް" ހާސިލްކުރަން

Jun 22, 2026, 8:03 AM
ކޭޕް ވާޑުގެ ކޯޗު ބުބިސްޓާ

ކޭޕް ވާޑުގެ ކޯޗު ބުބިސްޓާ

އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 22) - މުޅިން އަލަށް މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކޮށް ފުރަތަމަ ދެ މެޗުން ދެ ޕޮއިންޓް ހޯދުމަށް ފަހު، މިހާރު ކޭޕް ވާޑްގެ އަމާޒުހުރީ މި މުބާރާތުގައި އެ ޓީމަށް، "ނުވާނެއޭ ބުނި ކަންތައް" ހާސިލްކުރުމަށް ކަމަށް ކޭޕް ވާޑްގެ ކޯޗު، ބުބިސްޓާ ބުނެފި އެވެ. 

ކޭޕް ވާޑް އަކީ ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު މި ފަހަރު މުޅިން އަލަށް ހޯދި ހަތަރު ގައުމުގެ ތެރެއިން އެއް ގައުމެވެ. އެ ގޮތުން، ކޭޕް ވާޑް ކުޅުނު އެންމެ ފުރަަތަމަ މެޗުގައި، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން އަދި އެންމެ ފަހުން ބޭއްވި ޔޫރޯގެ ތަށި އުފުލާލި ސްޕެއިނާ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި، ރޭ ކޭޕް ވާޑް އިން ވަނީ 2-2 އިން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި އުުރުގުއޭއާ އެއްވަރުކޮށްފަ އެވެ. 

ކޭޕް ވާޑުން ހިތްވަރު ދައްކައި އުރުގުއޭއާ ވެސް އެއްވަރުކޮށްފި

ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑުން، ވަރުގަދަ އުރުގުއޭއާ 2-2 އިން އެއްވަރުކޮށްފި. މިއީ ކޭޕް ވާޑުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިނާ އެއްވަރުކުރުމަށްފަހު، ހޯދި ދެ ވަނަ ނަތީޖާ. އުރުގުއޭ ކައިރީގައި ފުރަތަމަ ލީޑުނަގައި، މެޗުގެ ނަތީޖާ އެ ޓީމުން އަނބުރާލުމުން، ދެ ވަނަ ހާފުގައި އަރައި ލަނޑު ޖަހައި، ކޭޕް ވާޑުން އެއްވަރުކުރި،

ބުބިސްޓާ ބުނީ، ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ގޯލެއް ޖަހައި، މުޅި މެޗުގައި ހިތްވަރު އެލުވައިނުލައި ޓީމު އެކުވެގެން ކުރި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ. 

Advertisement

"ވަރަށް އުނދަގޫކޮށް ތިބެގެން އަހަރެމެން  މި މެޗު ނިންމާލަން ޖެހުނީ. ވަރަށް ގިނަ ކުޅުންތެރިން އަކުނިވަޔަށް ދެމުމާއި މަސްގުޅަ ކެއުމުގެ ކަންކަން ދިމާވެފައި އޮތީ. އެކަމަކު މި ކަންކަމަށް ނުވިސްނައި ވަރަށް ކެތްތެރިކަމާ އެކު ހިތްވަރު މަސައްކަތްކޮށް އެތައް ބަޔަކަށް ހިނިތުންވުން ލިބޭނެ ނަތީޖާއެއް މި ހޯދީ،" ބުބިސްޓާ ބުންޏެވެ. 

ގްރޫޕް އެޗްގައި، ސްޕެއިނަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އުރުގުއޭ އާއި ތިން ވަނައިގައި އޮތް ކޭޕް ވާޑަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ސައުދީ އަރަބިއްޔާ އަށް ދެ މެޗުން ލިބުނީ އެއް ޕޮއިންޓެވެ. ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، އުރުގުއޭ އިން ސްޕެއިނާ ކުޅޭއިރު، ކޭޕް ވާޑުން ކުޅޭނީ ސައުދީއާ އެވެ. ސައުދީ އަތުން މޮޅުވެގެން، ކޭޕް ވާޑަށް ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދޭނެ އެވެ. 

ބުބިސްޓާ ބުނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަކީ ކޭޕް ވާޑަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނި ކަމަށެވެ. 

"އަހަރެމެން މިހާރު މި ތިބީ ނުކުރެވޭނެއޭ ބުނި ކަންތައް ކުރެވޭނެ ހިސާބުގައި. އުންމީދަކީ ދެން އޮތް މެޗުގައި ނަތީޖާ ނެރެގެން، ގްރޫޕް ސްޓޭޖުން ދެން އޮތް ބުރަށް ދަތުރުކުރުން،" ބުބިސްޓާ ބުންޏެވެ.

އުރުގުއޭ ކޮޅަށް ކޭޕް ވާޑުން ފުރަތަމަ ލަނޑު ޖެހި 21 ވަނަ މިނިޓަކީ އަބަދުވެސް ކޭޕް ވާޑްގެ ސަޕޯޓަރުން ހަނދާން ހުންނާނެ މިނިޓެއް ކަމަށް ބުބިސްޓާ ބުންޏެވެ. އެއީ، އެ ގައުމުގެ ފުޓްބޯޅައިގައި ހާއްސަ ވަގުތެއްކަން ވެސް އޭނާ ފާހަގަކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox