ކޭޕް ވާޑުން ހިތްވަރު ދައްކައި އުރުގުއޭއާ ވެސް އެއްވަރުކޮށްފި

Jun 22, 2026, 5:08 AM
އުރުގުއޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ކޭޕް ވާޑްގެ ޕީނާ އުފާފާޅުކުރަނީ.

އުރުގުއޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ކޭޕް ވާޑްގެ ޕީނާ އުފާފާޅުކުރަނީ.

މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 22) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާާރާތުގައި މުޅިން އަލަށް ވާދަކުރާ ކޭޕް ވާޑުން ކުޅުނު ދެ ވަނަ މެޗުގައި މުބާާރާތުގެ ޗެމްޕިއަންކަން ދެ ފަަހަރު ހޯދާފައިވާއިވާ އުރުގުއޭއާ 2-2 އިން އެއްވަރުކޮށްފި އެވެ. 

ވޯލްޑް ކަޕްގައި މުޅިން އަލަށް ކުޅުނު މެޗުގައި ކޭޕް ވާޑުން ވަނީ 0-0 އިން ޔޫރަޕްގެ ޗެމްޕިއަން، ސްޕެއިނާ ވެސް އެއްވަރުކޮށްފި އެވެ. އެ މެޗުގައި ކޭޕް ވާޑަށް ލަނޑެއް ޖެހޭގޮތް ނުވި ނަމަވެސް، އުރުގުއޭ ކައިރިން ފުރަތަަމަ ލީޑުނެގި އެވެ. އެކަމަކު، އުރުގުއޭ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލުމުން އަލުން ލަނޑު ޖަހައި އެ ޓީމާ އެއްވަރުކުރި އެވެ. 

އުރުގުއޭ އިން ކުޅުނު ފުރަަތަމަ މެޗުން ސައުދީ އަރަބިއްޔާއާ ވީ 1-1 އިން އެއްވަަރެވެ. އެހެންވެ، ކޭޕް ވާޑްއާ ދެކޮޅަށް ނުކުތީ މޮޅެއް ހޯދުމުގެ އަޒުމުގަ އެވެ. އެކަމަކު، މި މެޗު ފަށައިގެން، 21 ވަަނަ މިނިޓްގައި ކޭޕް ވާޑުގެ، ކެވިން ޕީނާ ވަނީ، ހިލޭ ޖެހުމަކުން ލަނޑު ޖަހައި އެ ޓީމަށް ލީޑުނަގައިދީ އުރުގުއޭ އަށް ސިހުމެއް ގެނެސްފަ އެވެ. މިއީ، ވޯލްޑް ކަޕެއްގައި ކޭޕް ވާޑްގެ ފުރަތަމަ ލަނޑެވެ. 

މަތީ ފަންތީގައި ގިނަ މުބާރާތްތަކެއްގައި ކުޅުމުގެ ތަޖުރިބާ އާއި ފުޓްބޯޅައިގައި ނަން މަޝްހޫރު ކޯޗެއްގެ ކަމަށްވާ މާސެލޯ ބިއެލްސާގެ އިރުޝާދުގެ ދަށުން ކުޅޭ އުރުގުއޭ އިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ގޮތުން، މެޗުގެ 44 ވަނަ މިނިޓްގައި މެކްސިިމިލިއާނޯ އަރައުހޯ ވަނީ ބޮލުން ފޮނުވާލި ބޯޅައަކުން އުރުގުއޭގެ ފުރަތަމަ ލަނޑު ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އޭނާ އަކީ ސައުދީ އަރަަބިއްޔާ ކޮޅަށް ވެސް އުރުގުއޭގެ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. 

ކޭޕް ވާޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުރުގުއޭ ކުޅުންތެރިން އުފާފާޅުކުރަނީ.
ކޭޕް ވާޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުރުގުއޭ ކުޅުންތެރިން އުފާފާޅުކުރަނީ.

ނަތީޖާ ހަމަހަމަކޮށް އޮވެގެން ފުރަތަމަ ހާފު ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް، އުރުގުއޭ އިން ވަނީ އިތުރު ވަގުތުގެ ތެރޭގައި ލަނޑެއް ޖަހައި، ލީޑުގައި އޮވެގެން މި ހާފު ނިންމާލައިފަ އެެވެ. އެ ގޮތުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ ވަނަ މިނިޓްގައި، އަރައުހޯ ދިން ބޯޅަ އަކުން އޮގަސްޓިން ކަނޯބިއޯ ވަނީ ލަނޑު ޖަހައި، އުރުގުއޭ އަށް ކުރިހޯދައިދީފަ އެވެ. 

ލީޑެއްގައި އޮވެގެން ދެ ވަނަ ހާފު ފެށި ނަަމަވެސް، އުރުގުއޭ އަށް އިތުރު ލަނޑެއް ޖަހައި، ކޮންޓްރޯލް ނެގޭގޮތެއްނުވި އެވެ. އެ ގޮތުން، މެޗުގެ 61 ވަނަ މިނިޓްގައި ހެލިއޯ ވަރޭލާ ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ކޭޕް ވާޑަށް އެއްވަރުކޮށްދީފަ އެެވެ. އަދި، މެޗުގެ ފަހު ބައިގަނޑިއިރު، އުރުގުއޭގެ އެޓޭކްތައް ހުއްޓުވައި، މި ފަހަރުގެ ވޯލްޑް ކަޕްގައި ދެ ވަނަ ޕޮއިންޓް ހޯދައިފަ އެވެ. 

މި ގްރޫޕްގައި ސްޕެއިނުން ކުޅުނު ދެ ވަނަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން 4-0 އިން މޮޅުވެ، އޮތީ އެއް ވަނައިގަ އެވެ. ސްޕެއިނަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އުރުގުއޭ އާއި ތިން ވަނައިގައި އޮތް ކޭޕް ވާޑަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ސައުދީ އަރަބިއްޔާ އަށް ދެ މެޗުން ލިބުނީ އެއް ޕޮއިންޓެވެ. 

ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، އުރުގުއޭ އިން ސްޕެއިނާ ކުޅޭއިރު، ކޭޕް ވާޑުން ކުޅޭނީ ސައުދީއާ އެވެ. ސައުދީ އަތުން މޮޅުވެގެން، ކޭޕް ވާޑަށް ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox