ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

Oct 24, 2026, 1:03 PM
އެންޓޯނިއޯ ކޮންޓޭ: މި ވަގުތު އެއްވެސް ކްލަބަކާ ވާހަކަ ނުދައްކާ ކަމަށް ވަނީ ބުނެފައި.

އެންޓޯނިއޯ ކޮންޓޭ: މި ވަގުތު އެއްވެސް ކްލަބަކާ ވާހަކަ ނުދައްކާ ކަމަށް ވަނީ ބުނެފައި.

މިލާން (އޮކްޓޫބަރު 24) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން އެންޓޯނިއޯ ކޮންޓޭއާ މަޝްވަރާކުރާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ. 

އިޓަލީގެ ނޫހެއް ކަމަށްވާ، "ލަ ރިޕަބްލިކާ" އިން މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔުނައިޓެޑުން ވަނީ ކޮންޓޭއާ އެކު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފަ އެވެ. އަދި، ބީބީސީން ރިޕޯޓްކުރާގޮތުގައި، ޔުނައިޓެޑާ ހަވާލުވާން ކުރިން ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކޯޗުކޮށްދިން ކޮންޓޭ ބޭނުންވެ އެވެ. 

އެކަމަކު، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ކޮންޓޭ ބުނެފައިވަނީ، އެއްވެސް ކްލަބަކާ އެކު މަޝްވަރާތައް ކުރިއަށް ގޮސްފައިނުވާ ކަމަށެވެ. 

"އަހަރެންގެ ނަން ވަރަށް ގިނަ ކްލަބްތަކާ ގުޅުވައިގެން ވާހަަކަ އެބަދެކެވޭ. އެކަަމަކު، މި ވަގުތާ ހަމަ އަށް ބުނަންޏާ މަޝްވަރާއެއް ނުކުރަން. އެކަން ކުރިއަށް ވެސް ގޮސްފައި ނެތް،" ކޮންޓޭ ބުންޏެވެ. 

ކޮންޓޭ ބުނީ، މީޑިއާގައި ލިޔެފައިވާ ހަބަރުތަކުގައި އޭނާ ކޮށްފައިވާ ފައިނޭންޝިއަލް ޑިމާންޑްތަކާއި އެހެނިހެން ކަންކަމުގެ ވާހަކަ ހިމަނާފައިވީ ނަމަވެސް އެއީ ވެސް އެއްވެސް ހަގީގަތެއް ނެތް ވާހަަކަތަކެއް ކަމަށެވެ. އެއްވެސް ކްލަބަކުން އޭނާ އަށް ގަބޫލުކުރެވޭ އަދި މަޝްވަރާ ކުރަން ޖެހޭ ވަރުގެ އޮފާއެއް އައިސްފިނަމަ ވާހަކަ ދައްކާނެ ކަމަށާއި ބޭނުންވަނީ، ހުރިހާ ފަރާތެއްގެ އިހުތިރާމާ އެކު ކުރިއަށްދެވޭ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ކަމަށް ކޮންޓޭ ބުނެފައިވެ އެވެ. 

މިދިޔަ ސީޒަނަށް ފަހު، ނަޕޯލީގެ ކޯޗުކަމުން ވަކިވި ކޮންޓޭ މި ވަގުުތުު ހުރީ ހުސްކޮށެވެ. ނަޕޯލީ އަށް ފުރަަތަމަ ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބު ކޮށްދިން ކޮންޓޭ ވަނީ އިނގިރޭސި ޕްރިމިއާ ލީގު ޗެލްސީ އަށް ހޯދައިދީފަ އެވެ. އަދި، ޗެލްސީގައި ހުރެ، ޔުނައިޓެޑް ބަލިކޮށް އެފްއޭ ކަޕް ވެސް ކާމިޔާބުކުރި އެވެ. 

ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ދެމިހުންނަށް މައިކަލް ކެރިކަށް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ. ޔުނައިޓެޑުން ފާރަލަމުން އަންނަ ކޯޗުންގެ ތެރޭގައި ކޮންޓޭގެ އިތުރުން، ޖަރުމަނު ގައުމީ ޓީމުން މިދިޔަ ޖުލައި މަހު ވަކިކުރި ހޫލިއަން ނާގަލްސްމަން އަދި ނިއުކާސަލް ޔުނައިޓެޑާއި ބޯންމައުތަށް ކުރިން އިރުޝާދުދިން އެޑީ ހޯވް ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ސަކާގެ އަނިޔާ ސީރިއަސްވެ އާސެނަަލަށް ކަންބޮޑުވުން

ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ބުކާޔޯ ސަކާގެ ފަޔަށް ލިބުނު އަނިޔާ ސީރިއަސްވުމާ ގުޅިގެން، އޭނާ މަދުވެގެން ހަ ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަން ވަނީ ކަށަވަރުވެފައި. ކުރިން ވެސް މިފަދަ އަނިޔާތަކެއް ކުރިމަތިވެފައިވާތީ، އޭނާ އެނބުރި އައުމަށް ދެ މަހަށް ވުރެ ގިނަ ދުވަސް ނެގުން އެކަށީގެންވާތީ އާސެނަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

Newsletter

Get the latest news delivered straight to your inbox