ބްރެޒިލުން އަންޗެލޮޓީގެ ކޮންޓްރެކްޓް 2030 ގެ ނިޔަލަށް އާ ކޮށްފި

May 15, 2026, 5:29 AM
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ.

ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ.

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މެއި 15) - ބްރެޒިލްގެ ކޯޗަކަށް ހުރި އިޓަލީގެ ތަަޖުރިބާކާރު ކޯޗު، ކާލޯ އަންޗެލޮޓީއާ އެކު، ހަދާފަައިވާ ކޮންޓްރެކްޓް 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް އާ ކޮށްފި އެވެ.

އަންޗެލޮޓީ އަކީ ފާއިތުވި 100 އަހަރު ތެރޭ ބްރެޒިލް ގައުމީ ޓީމަށް ކޯޗުކޮށްދޭ އެ ގައުމަށް ނިސްބަތްނުވާ ފުރަތަމަ ފުލްޓައިމް ކޯޗެވެ. އޭނާ އެ މަގާމާ ހަވާލުވީ މިދިޔަަ އަހަރުގެ މެއި މަހު އެވެ. އެއީ، ރެއާލްގެ ކޯޗުކަން ދޫކޮށްލުމަށް ފަހު އެވެ. އަންނަ މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ބްރެޒިލް ގެންގޮސްދިން އަންޗެލޮޓީގެ ކޮންޓްރެކްޓް ކުރިން އޮތީ އެ މުބާރާތުގެ. ނިޔަލަށެވެ. 

އެކަމަކު، ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަން އިން ނިންމާފައިވަނީ އިތުރު ހަަތަރު އަހަރު އަންޗެލޮޓީއާ އެކު ކުރިއަށްދިއުމަށެވެ. 

Advertisement

"ފުރަތަމަ މިނިޓުން ފެށިގެން އަހަންނަށް ވިސްނުނު ފުޓްބޯޅަ އަކީ މި ގައުމަށް ކިހާ މުހިންމު ކަމެއް ކަން، މިދިޔަ އަހަރެއްހާ ދުވަަހު މި ގައުމުގައި، ބްރެިޒިލް ގައުމީ ޓީމާ އެކު ކުރެވުނު މަސައްކަތުން މި ބަލަނީ އަލުން ދުނިޔޭގެ އެއް ވަނަ އަށް ދާން،" އަންޗެލޮޓީ، 66، ބުންޏެވެ. 

އޭނާ ބުނީ، އިތުރު ހަތަރު އަަހަރު އެ މަގާމުގައި ހުންނަން ނިންމީ، ދުރު ވިސްނުމަށް ބަލައި ވެސް ކަންތައްތަކެއް ކުރަން ޖެހޭތީ ކަމަށާއި ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ އަށް އިތުބާރު ކުރަން ނިންމީތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. 

ބްރެޒިލާ ހަވާލުވެ، އަންޗެލޮޓީ ވަނީ މިހާތަނަށް އެ ޓީމަށް 10 މެޗުގައި ކޯޗުކޮށްދީފަ އެވެ. ފަސް މެޗުން މޮޅުވިއިރު، ދެ މެޗުން އެއްވަރުވެ، ތިން މެޗުން ވަނީ ބަލިވެފަ އެވެ. 

ފަސް ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލުން އެންމެ ފަހުން މުބާރާތް ކާމިޔާބުކުރީ 2002 ވަނަ އަހަރު އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލުން އެކުލަވާލާ ސްކޮޑު، ކުރިއަށް އޮތް ތިން ދުވަސް ތެރޭ އިއުލާނުކުރާން ނިންމާފައިވާއިރު، ބްރެޒިލުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗު އޮތީ އަންނަ މަހުގެ 13 ވަނަ ދުވަހު، މޮރޮކޯއާ ދެކޮޅަށެވެ. 

ދެން، އެ ގްރޫޕްގައި ބްރެޒިލް ކުޅެން ޖެހޭނީ ހައިޓީ އާއި ސްކޮޓްލެންޑާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox