ހުލާސާކޮށް އިއްޔެ: ނޮވެމްބަރު 17 ގައި މުއިއްޒުއާ ދެކޮޅަށް ބޮޑު މުޒާހަރާއެއް

Oct 5, 2025, 12:59 AM
އޮކްޓޯބަރު 3 ގައި ބޭއްވި ބޮޑު މުޒާހަރާ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އޮކްޓޯބަރު 3 ގައި ބޭއްވި ބޮޑު މުޒާހަރާ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އޮކްޓޯބަރު 3 ގައި އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި އިއްވި ޑިމާންޑުތައް ރައީސް މުހައްމަދު މުއިއްޒު ނުފުއްދަވައިފި ނަމަ، ނޮވެމްބަރު 17، ގައި ބޮޑު މުޒާހަރާއެއް ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކުރި އެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި ގައުމީ މަޖިލީސް ޖަލްސާއަށް ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ހުށަހެޅުއްވި އެ ގަރާރަށް ތާއީދު ކުރެއްވީ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ހަސަން އެވެ.

އެމްޑީޕީގެ ޑިމާންޑުތައް:

  • ދައުލަތުގެ ބާރުތައް ހިސޯރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އަނބުރާ އިޔާދަކުރުން.
  • ދިވެހިރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލާ އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި، ޕްރައިވެޓް ސެކްޓާ ކުރިއެރުވުމަށް ހުރަސްއެޅުން ހުއްޓާލާ، ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާދީ ނިންމުން.
  • ފައްކާވަމުން އައި ލާމަރުކަޒީ ނިޒާމު އިހު އޮތް ގޮތަށް އިޔާދަކޮށް، ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓުވާލުން.
  • ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލްކުރާ ގާނޫނު އުވާލުން.
  • އާސަންދަ އާއި ބޭސްފަރުވާ، ރައްކަތެރި ބޭސް 17 ނޮވެމްބަރު 2023 ގައި ހަމައަށް ދިވެހިންނަށް ލިބެން އައި މިންވަރަށް މިހިނދުން މިހިނދަށް ލިބިދިނުން.

މީގެ އިތުރުން، އޮކްޓޯބަރު 3 ގެ މުޒަހަރާގެ ބައިވެރިންނަށް މުއިއްޒުގެ ސީދާ އެންގެވުމަށް ދިން އަނިޔާތައް ކުށްވެރިކޮށް، އަދި ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ހަ މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ. މުޒާހަރާގެ ތެރެއިން ޖުމުލަ އަށް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ރޭ އިގުރާރުވީ ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްގެންދިޔުމަށެވެ.

އޮކްޓޯބަރު 3 ގެ މުޒާހަރާގައި މި ސަރުކާރުން ގާނޫނުއަސާސީ ބަދަލުކޮށް، މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވާލައި، ރައްޔިތުންގެ ފައިސާ އަށް ހަދާ ނުހަދާއެއް ނޭނގޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން އަންނައިރު، އެކަންކަމާ ދެކޮޅަށް އަޑު އުފުލަން ނުކުތް އެތައް ހާސް ބަޔަކު މުއިއްޒުގެ އިސްތިއުފާ އަށް ގޮވި އެވެ.

އާޓިފިޝަލް ބީޗުން ފެށި މުޒާހަރާ ހޫނުވީ މަޖީދީ މަގުން ކުރިއަށްދާން އުޅުމުން އެކަމަށް ފުލުހުން ހުރަސް އެޅުމުންނެވެ. އެގޮތުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ގަޔަށް ޕެޕާ ސްޕްރޭ ޖަހައި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" ބޭނުންކޮށްފަ އެވެ.

އޮކްޓޯބަރު 3 ގެ މުޒާހަރާ އަކީ މުއިއްޒުގެ ވެރިކަމާ ދެކޮޅަށް މި ދެ އަހަރުގެ ތެރޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.

މުހިއްމު ބައެއް ހަަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox