އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ޔޫސުފް ކަޔާން އާއި ޔަސީން ހިތްވަރުގަދަ

Aug 9, 2025, 7:34 AM
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ޔޫސުފް ކަޔާން އާއި ޔަސީން ހިތްވަރުގަދަ

އިންޑިއާގެ ޓަމިލް ނާޑޫގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސާފިން މުބާރާތުގެ ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުގައި، ރާއްޖޭގެ ގައުމީ ސާފިން ޓީމުގެ ޔޫސުފް ކަޔާން އާއި ޔަސީން ނާޝިދު ވާދަކޮށް ހިތްވަރު ދައްކައިފި އެވެ.

އެ ގޮތުން، 18 އަހަރުން ދަށުގެ ޖޫނިއާ ކެޓަގަރީގައި، 28 އެތުލީޓުން ވާދަކުރިިއިރު، ޔޫސުފް ކަޔާން އާއި ޔަސީން ވަނީ ގަދަ 12 ސާފަރުންގެ ތެރޭގައި ހިމެނި، ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. ކުއާޓާ ފައިނަލުގެ ތިން ހީޓުގެ ސްކޯތަކަށް ބަލާއިރު، ޔޫސުފް ކަޔާން އާއި ޔަސީން ވަނީ ހިތްވަރުކޮށްފަ އެވެ.

ކުއާޓާ ފައިނަލުގެ ހީޓު އެކެއްގައި ވާދަކޮށް، ޔޫސުފް ކަޔާން ދިޔައީ ހަތަރު ވަނަ އެެވެ. ސްކޯ އަކީ، 8.23 ޕޮއިންޓެވެ. މި ހީޓުގެ އެއް ވަނަ ހޯދި، ޗައިނީސް ޓައިޕޭގެ ޝިއާ ޝީ ޔޫ 13.40 ޕޮއިންޓް ސްކޯކުރިއިރު، ދެ ވަނަ ހޯދި ޗައިނާގެ ޝިޑޮން ވޫ ވަނީ 13.27 ޕޮއިންޓް ސްކޯކޮށްފަ އެވެ. އަދި، ތިން ވަނައިގައި ނިންމި، ޗައިނީސް ޓައިޕޭގެ މިން ޖެން ލިއޫ ވަނީ 8.90 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ތިން ވަނަ ބުރުގެ ހީޓުގެ އެއް ވަނަ ހޯދައި، ކުއާޓާ އަށް ދަތުރުކުރި ޔަސީން، ކުއާޓާގެ ހީޓު ތިނެއްގައި ވާދަކޮށް ދިޔައީ ތިން ވަނަ އެވެ. މި ހީޓުގެ އެއް ވަނަ ހޯދި ކަނޯއާ ހީޖާއޭ އަށް 14.33 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ހޯދި ޗައިނާގެ ލައިހާއޯ ޒޭން އަށް 10.07 ޕޮއިންޓް ލިބުނެވެ. ޔަސީން ތިން ވަނަ އަށް ދިޔައީ، 7.43 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ނިންމި އިންޑިއާގެ ހަރިޝް ޕީ އަށް ސްކޯކުރެވުނީ، 6.80 ޕޮއިންޓެވެ.

ޖޫނިއާ ބައިގައި ދެކުނު އޭޝިއާގެ އެތުލީޓުންނަށް ބަލާއިރު، އެންމެ ސްކޯ ރަނގަޅީ، ޔޫސުފް ކަޔާން އާއި ޔަސީން އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ތިން ވަނަ ބުރުން ރާއްޖޭގެ ސީިނިއާ ފިރިހެން އެތުލީޓުންނަށް ވަނީ މުބާރާތް ނިމިފަ އެވެ. ރާއްޖޭގެ އަންހެން ސާފަރުންނަށް މުބާރާތް ނިމުނީ ދެ ވަނަ ބުރާ ހަމައިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox