ގައުމީ ފުޓްސަލް ޓީމާއި 17 އަހަރުން ދަށުގެ ޓީމަށް ކޯޗަކު ހޯދަން އިއުލާނުކޮށްފި

Aug 7, 2025, 12:38 AM
ގައުމީ ފުޓްސަލް ޓީމާއި 17 އަހަރުން ދަށުގެ ޓީމަށް ކޯޗަކު ހޯދަން އިއުލާނުކޮށްފި

ގައުމީ ފުޓްސަލް ޓީމާއި 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗަކު ހޯދުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާނުކޮށްފި އެވެ.

އެފްއޭއެމް އިން އިއްޔެ ކޮށްފައިވާ އިއުލާނުގައި، ގައުމީ ފުޓްސަލް ޓީމުގެ ކޯޗުކަމަށް ކުރިމަތިލާން ހުޅުވާލައިފައިވާއިރު، އެ މަގާމަށް އެޕްލިކޭޝަން ހުށަހެޅުމަށް، ޝަރުތުތަކެއް ވެސް ހިމަނައިފަ އެވެ. އެ ގޮތުން، މަދުވެގެން އޭއެފްސީ ފުޓްސަލް ލެވަލް 2 ކޯޗިން ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި ތަޖުރިބާގެ އަލީގައި ރާއްޖޭގެ ކްލަބް ލެވަލާއި ގައުމީ ލެވަލްގައި އެންމެ މަތީ ފަންތީގައި މަސައްކަތް ކުރުން ހިމެނެ އެވެ.

ޝައުގުވެރިވާ ފަރާތްތަކުން، މި މަހު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެޕްލިކޭޝަން ހުށަހެޅުމަށް، hr@famaldives.com މެއިލް ކުރަން އެފްއޭއެމް އިން އެެދިފައިވެ އެވެ.

މިދިޔަ އަހަރުތަކުގައި ގައުމީ ފުޓްސަލް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅެފައިވަނީ، ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ އިރުޝާދުގެ ދަށުންނެވެ. އެފްއޭއެމް އިން ފުޓްސަލް ކޯޗަކު ހޯދަން ކުރި އިއުލާނުގައި، ކޯޗަށް ދޭނެ ކޮންޓްރެކްޓްގެ މުއްދަތު ހިމަނައިފައިނުވެ އެވެ.

މި ފަހަރު ގައުމީ ފުޓްސަލް ޓީމު ކޯޗަކު ނެގުމަށް އިއުލާނުކޮށްފައި މި ވަނީ އަންނަ މަހު، އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިން އޮތުމުންނެވެ. މިޔަންމާގައި ކުޅޭ ކޮލިފައިންގައި، ރާއްޖެ ހިމެނެނީ، މިޔަންމާ އާއި އަފްގާނިސްތާނާ އެއް ގްރޫޕެއްގަ އެވެ.

ސަތާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ކުރިމަތިލުމުގެ ކޮލިފިކޭޝަނުގެ ޝަރުތުތަކަށް ބަލާއިރު، އޭއެފްސީ އޭ ކޯޗިން ސެޓްފިކެޓް ހާސިލްކޮށްފައިވުމާއި، 5-10 އަހަރުގެ ކޯޗިން ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. އަދި، ކޯޗިން ތަޖުރިބާ ތެރޭގައި، ޔޫތު ލެވަލް އާއި ކްލަބް ލެވަލް ކޯޗިން ވެސް ހިމެނޭއިރު، 17 އަހަރުން ދަށުގެ ކުޅުންތެރިންގެ ހުނަރު ދެނެގަތުމަށް، ސްކައުޓިންގެ ކަންކަމަށް އަހުލުވެރި ކޯޗަކަށް ވުން ވެސް ހިމެނެ އެވެ.

ގިނަ ޒިންމާތަކެއް ހިމެނޭ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމަށް، ޝައުގުވެރިވާ ފަރާތްތަކުން، މި މަހު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެޕްލިކޭޝަން ހުށަހެޅުމަށް، hr@famaldives.com މެއިލް ކުރަން އެފްއޭއެމް އިން އެެދިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox