ސަލާމަތީ ސަބަބުތަކަށްޓަކައި ސައުދީގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކޮށްފި

Nov 3, 2026, 3:29 PM
2024 ވަނަ އަހަރުގެ އޭޝިއަން ކަޕް ކާމިޔާބު ކުރުމަށް ފަހު ގަތަރު ކުޅުންތެރިން އުފާފާޅުކުރަނީ.

2024 ވަނަ އަހަރުގެ އޭޝިއަން ކަޕް ކާމިޔާބު ކުރުމަށް ފަހު ގަތަރު ކުޅުންތެރިން އުފާފާޅުކުރަނީ.

ކުއަލަ ލަމްޕޫރު، މެލޭޝިއާ (ނޮވެމްބަރު 3) - ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ކަަންކަމާހެދި ސަލާމަތީ ސަބަބުތަކަށް ބެލުމަށް ފަހު، ސައުދީ އަރަބިއްޔާގައި އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން އޮތް އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ފަސްކުރަން އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ނިންމައިފި އެވެ. 

ސައުދީ އަރަބިއްޔާގައި އޭޝިއަން ކަޕް ހޯސްޓްކުރަން ތާވަލުކޮށްފައި އޮތީ އަންނަ ޖެނުއަރީ މަހު 7 އިން ފެބްރުއަރީ މަހު ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު، އޭއެފްސީން މިއަދު ނިންމާފައިވަނީ، އޭޝިއަން ކަޕް ފަސްކޮށްފައިވަނީ، އަންނަ އަހަރުގެ ޑިސެމްބަރު 23 އިން 2028 ވަނަ އަހަރު ޖެނުއަރީ 21 ގެ ނިޔަލަށް ކަމަށެވެ 

ހޫތީން މިދިޔަ މަހު ރިޔާދުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގައި 12 މީހުން މަރުވެ، 300 އަށް ވުރެން ގިނަ މީހުން ޒަހަމްވި އެވެ. އިތުރު ހަމަލާތަކެއްގެ އިންޒާރު ދިނުމާ އެކު، އޭއެފްސީން ވަނީ އޭޝިއަން ކަޕް ފަސް ކުރަން މަޝްވަރާތައް ފަށައިފަ އެވެ. 

އޭގެ ފަހުން، ހޫތީން މިދިޔަ ހޯމަ ދުވަހު ވަނީ، ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ސައުދީ އަރަބިއްޔާގެ ދައްމާމަށް ޑްރޯން ހަމަލާދޭން ފަށާފައިވާކަން އިއުލާނުކޮށްފަ އެވެ. އެއާ އެކު، އޭއެފްސީން އަވަސް ބައްދަލުވުންތަކެއް ބާއްވައި، އޭޝިއަން ކަޕް ފަސްކުރަން ނިންމީ އެވެ. 

"މުބާރާތް ބާއްވަން ކަނޑައެޅި އާ ތާރީހުތައް ފީފާ އަށް އަންގައި، ހުއްދަތައް ހޯދުމުގެ މަސައްކަތް ފަށައިފިން،" އޭއެފްސީން ބުނެފައިވެ އެވެ. 

ސައުދީގަައި ބާއްވާ އޭޝިއަން ކަޕްގެ އޮގަނައިޒިން ކޮމިޓީގެ އެންމެ އިސް ފަރާތް، ޔާސިރު އަލް މިޝާލް ވިދާޅުވީ. އޭއެފްސީއާ އެކު ވަރަށް ގާތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި، މިހާރު ކަނޑައަޅާފައި އޮތް ތާރީހުގައި އޭޝިއާގެ އެންމެ ވަރުގަދަ 24 ގައުމު ކުޅޭ ފުޓްބޯޅައިގެ ބޮުޑު މުބާެރާތް ހޯސްޓްކުރަން ސައުދީން ފުރިހަމަ އަށް ތައްޔާރު ކަމަށް ޔާސިރު ވަނީ ވިދާޅުވެފަ އެވެ. 

ސައުދީން 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވަން ކުރާ މަސައްކަތުގެ ތެެރެއިން، ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް މި ފަހަރުގެ އޭޝިއަން ކަޕް މުހިންމު ރޯލެއް އަދާކުރާނެ ކަމަށް ސައުދީ ސަރުކާރުން ވަނީ މީގެ ކުރިން ބުނެފަ އެވެ. 

މީގެ ދެ އަހަރު ކުރިން، އެންމެ ފަހުން ބޭއްވި އޭޝިއަން ކަޕް ހޯސްޓްކުރީ، 2024 ވަނަ އަހަރު ގަތަރުގަ އެވެ. ގަތަރުން ވަނީ 3-1 އިން ޖޯޑަން ބަަލިކޮށް، ޖެހިޖެހިގެން ދެ ވަނަ އޭޝިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. ގަތަރުން ފުރަތަމަ އޭޝިއަން ކަޕް ކާމިޔާބުކުރީ، 2019 ވަަނަ އަހަރު ޔޫއޭއީގައި ބޭއްވި މުބާރާތުގައި ފައިނަލުގައި 3-1 އިން ޖަޕާން ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބަންގްލަދޭޝްގެ ތަރިން އައިސް ލަންކާ ކަޓުވާލިއިރު، ބޫޓާން ސެމީއަށް

ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ 4-0 އިން ބަލިކޮށް ބަންގްލަދޭޝް ގްރޫޕްގެ އެއްވަނަ ހޯދިއިރު، 18 އަހަރަށްފަހު ބޫޓާން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައި. ސެމީގައި ބަންގްލަދޭޝް ޕާކިސްތާނާ ބައްދަލުކުރާއިރު، ބޫޓާން ނުކުންނާނީ އިންޑިއާއާ ދެކޮޅަށް.

މުހިންމު ސުވާލަކަށް އުރްބާނީ: "ޖަވާބު ދޭނީ ރާއްޖެ ގޮސްފައި"

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެއްވެސް ލަނޑެއް ނުޖެހި، ކުޅުނު ދެ މެޗުން ބަލިވެ ރާއްޖެ ކެޓުމާ އުރްބާނީ މަގާމުން ވަކިވުމާ ގުޅޭގޮތުން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދީ އުރްބާނީ ބުނީ އެކަމަށް ޖަވާބެއް ދޭނީ މާލެ ގޮސްފައި ކަމަށް.. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއިން އެންމެ ދަށް ނަތީޖާއެއް ހޯދި ފަހަރު.

އުރްބާނީގެ ދަށް ރެކޯޑާ އެކު ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭގެ ގައުމީ ޓީމު، އެއްވެސް ލަނޑެއް ނުޖެހި އަދި މޮޅެއް ނުލިބި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފި. މިއީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާ ނެރުނު ފަހަރު.

ބަލިވެ އުޅުމަށް ފަހު 18 ދުވަސް ފަހުން ކޮމްޕެނީ މަސައްކަތަށް

ބަލިހާލަތު ގޯސްވެގެން 18 ދުވަހު ފަރުވާ ހޯދުމަށްފަހު، ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަލުން މަސައްކަތަށް ނުކުމެއްޖެއެވެ. މެނިންޖިއަލް އިރިޓޭޝަނަކަށް ފަރުވާ ހޯދުމަށްފަހު އޭނާ އެނބުރި އައި ނަމަވެސް، ފުރަތަމަ މަސައްކަތް ކުރާނީ އޮފީހުގައި ހުރެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީ ސްޓާފުން ފެންޓަސީ ޕްރިމިއާ ލީގު ކުޅޭތީ އިންޒާރެއް

ޗެލްސީގެ ފޯވާޑް ޖޮއާއޯ ޕެޑްރޯއަށް އަނިޔާވި ޚަބަރު، އެ ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންގެ ފެންޓަސީ ޕްރިމިއާ ލީގު ޓީމުތަކުން ހާމަވުމާ ގުޅިގެން ކްލަބުން އެކަމުގެ އިންޒާރު ދީފި. މި މައުލޫމާތު ލީކުވީ މެޗުގެ ކުރިން ޕެޑްރޯ ފެންޓަސީ ޓީމުން ބާކީކުރުމުން ކަމަށްވާތީ، ކްލަބުގެ މުހިންމު މައުލޫމާތު ރައްކާތެރިކުރުމަށް ސްޓާފުންނަށް މިހާރު ވަނީ އަންގާފައި

ސްރީ ލަންކާ-ބަންގްލަދޭޝް: ސާފްގެ އާ ސަގާފަތެއް ފެންނާނެ މެޗެއް

މިރޭ ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރާއިރު، ދެ ގައުމުން ވެސް އަމާޒު ހިފާފައިވަނީ ގިނަ އަހަރުތަކަކަށް ފަހު އަލުން ތަށި ހޯދުމަށް. މި ދެ ޓީމުން ވެސް ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބޭރު ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދޭ އަދަދު ދަނީ އިތުރުވަމުން

ސާފްގައި އަބަދުވެސް ދަގަނޑޭ އާއި ޗެތުރީގެ ލެގަސީ ދެމިއޮންނާނެ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުތައް ކުރިން ހާއްސަވި އެއް ކަމަކީ ދަގަނޑޭ އާއި ޗެތުރީގެ ވާދަވެރިކަމާ ގުޅިފައިވާ، ތާރީޚީ ގޮތުން މުހިންމު މެޗަކަށް ވާތީ. މި ދެ ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕްގައި ކޮންމެ ކުޅުންތެރިއަކު 23 ގޯލު ޖަހައިގެން، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ރެކޯޑް ހިއްސާކުރާ ދެ ލެޖެންޑުން.

Newsletter

Get the latest news delivered straight to your inbox