ޕެލަސް އަށް ތާރީހީ ތަށްޓެއް، ސިޓީ ނިންމާލަން ޖެހުނީ ކާމިޔާބެއް ނުލިބި

May 17, 2025, 7:35 PM
ޕެލަސް އަށް ތާރީހީ ތަށްޓެއް، ސިޓީ ނިންމާލަން ޖެހުނީ ކާމިޔާބެއް ނުލިބި

ލަންޑަން (މެއި 17) - އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި މިރޭ މެންޗެސްޓާ ސިޓީ އަތުން 1-0 އިން މޮޅުވެ، ކްރިސްޓަލް ޕެލަސް އިން އެ ކްލަބްގެ 120 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ތަށި ހޯދައިފި އެވެ.

މިއީ، އެފްއޭ ކަޕް ފައިނަލުގައި ޕެލަސްގެ ތިން ވަނަ ފެނިލުމެވެ. މީގެ ކުރިން ދެ ފަހަރު ވެސް ޕެލަސް އިން ފައިނަލުގައި ކުޅެން ޖެހުނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. އެ ގޮތުން، ޔުނައިޓެޑް އަތުން ޕެލަސް ވަނީ 1990 އާއި 2016 ގެ ފައިނަލުން ބަލިވެފަ އެވެ.

މިއީ، 2016/2017 ވަނަ އަހަރުގެ ސީޒަނަށް ފަހު، ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅޭ ޓީމެއް، މުބާރާތެއްގެ ތަށްޓެއް ނުލިބި ސީޒަނެއް ނިންމާލި ފުރަތަމަ ފަހަރެވެ. އެ ފަހަރަކީ، ގާޑިއޯލާ ސިޓީއާ ހަވާލުވި ފުރަަތަމަ އަހަރެވެ.

Advertisement

މި ސީޒަނުގައި ސިޓީން އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ނަމަވެސް، އެއީ އިނގިރޭސި ފުޓްބޯޅައިގައި ޓްރޮފީއެެއްގެ ގޮތުގައި ފާހަގަކުރާ މުބާާރާތެއް ނޫނެވެ. އެހެން ކަމުން، މިއީ އަށް އަހަރު ތެރޭ ސިޓީން ބޮޑު ކާމިޔާބެއްނުލިބި ސީޒަން ނިންމާލާ ފުރަތަަމަ ފަހަރެެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޕެލަސް އަށް ޖަހައިދިނީ އިނގިރޭސި މިޑްފީލްޑަރު، އެބްރެޗީ އެޒޭ އެވެ. މިއީ މެޗުގެ 16 ވަނަ މިނިޓްގައި ޑެނިއަލް މުނޯޒް ދިން ބޯޅައަކުން އެޒޭ ޖެހި ގޯލެކެވެ. އެޒޭ ވަނީ، ސެމީ ފައިނަލުގައި އެސްޓަން ވިލާ އަތުން މޮޅުވި މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.

މި މެޗުގައި، ސިޓީ އަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ، ފުރަތަމަ ހާުފުގަ އެވެ. އެ ގޮތުން، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މިސްރުގެ ފޯވާޑް އޮމަރު މާމޫޝަށް ކާމިޔާބެއް ނުކުރެވުނެވެ. މާމޫޝްގެ ޕެނަލްޓީ ޕެލަސްގެ ކީޕަރު، ޑީން ހެންޑަސަން މަތަކުރީ އެވެ.

ޕެލަސް އިން ވަނީ މި މެޗުގައި އިތުރު ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އެ ޓީމުގެ މުނޯޒް ޖެހި ގޯލު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ކަމަށް ނިންމީ އެވެ. އެއީ، އޮފްސައިޑްގައި ހުރި ޕެލަސްގެ އިސްމާއިލާ ސާ ގައިގައި ބޯޅަ ޖެހުމުންނެވެ.

ފަހު ވަގުތާ ޖެހެންދެން ވެސް ސިޓީން އެޓޭކްކުރަމުން ދިޔައިރު، ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ޕެލަސްގެ ކީޕަރު، ހެންޑަސަން ވަނީ ހުއްޓުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox